އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ މަހަށް މާލޭގެ ސަރަހައްދުގައި ތިން މިސްކިތް ހުޅުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
17 އެޕްރީލް 2019
އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ މަހަށް މާލޭގެ ސަރަހައްދުގައި ތިން މިސްކިތް ހުޅުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މި ރޯދަ މަހާ ދިމާކޮށް މުޅި ރާއްޖޭގައި އަލަށް އަށް މިސްކިތެއް ހުޅުވާނެ ކަމަށެވެ. އޭގެ ތެރޭގައި މާލޭގެ މާވެޔޮ މަގުގައި ހުންނަ ބަހާއުއްދީން މިސްކިތާއި، ސަލްސާ ރޯޔަލް ކައިރީގައި ހަދާ މުހައްމަދު ޖަމީލް މިސްކިތް، މަޝްހޫރު ނަމުން ނަމަ ފައިފުހޭ މިސްކިތް ހިމެނެ އެވެ.
ވިލިމާލޭގައި އަލަށް ހެދި މިސްކިތް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައިދެއްވާނެ އެވެ.
ޑރ. ޒާހިރު ވިދާޅުވި ގޮތުގައި މާވެޔޮ މިސްކިތް ހުޅުވޭވަރު ވާނީ ރޯދައިގެ ފުރަތަމަ ހަފުތާގެ ތެރޭގަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު، "މިހާރު" އަށް މިއަދު އިންޓަވިއުދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އަމިއްލަ ކުންފުންޏަކުން މީގެ ތިން އަހަރު ކުރިން ފަސް ބުރިއަށް ހަދަން ފެށި އެ މިސްކިތުގެ މަސައްކަތް ލަސްވީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އެތަނުގައި ހުރި ކަރަންޓު ބޯޑުތައް ނުނެގިގެންނެވެ. ނަމަވެސް މަސައްކަތް ފެށުމާ އެކު ހަލުއިކަމާ އެކު ކުރިޔަށް ދާ ކަމަށް ވިދާޅުވި އެވެ.
ދާ ޖަހައި ބަންދުކޮށްފައި ހުރުމުން ބޭރުން ބަލާއިރު މިސްކިތުގެ ސިފަ އަދި ނުފެނުނަސް، މިނިސްޓަރު ވިދާޅުވީ، އެތަނުގައި މިހާރު ކުރަަމުން އަންނަނީ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.
"ފިނިޝިން މަސައްކަތްތައް ނިންމައި ރޯދައިގެ ފުރަތަމަ ހަފުތާގައި މިސްކިތް ހުޅުވޭނެ ކަމަށް މި އުއްމީދުކުރަނީ،" މާވެޔޮ މިސްކިތާ ގުޅޭ ގޮތުން ޑރ. ޒާހިރު ވިދާޅުވި އެވެ.
މާވެޔޮ މިސްކިތް ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ: ރޯދަމަހުގެ ފުރަތަމަ ހަފުތާގައި ހުޅުވޭވަރުވާނެ ކަމަށް ލަފާކުރޭ .-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މާވެޔޮ މިސްކިތުގައި އެއްފަހަރާ ގާތްގަނޑަކަށް 1800 އެއްހާ މީހުންނަށް ނަމާދުކުރެވޭނެ އެވެ. އަދި މިސްކިތުގައި އަންހެނުންނަށް ހާއްސަ ބައެއް ވެސް ހިމެނެ އެވެ.
މިސްކިތުގެ ޓެރަސް މަތީގައި ދީނީ މައުލޫމާތު ދިނުން ފަދަ ހަރަކާތްތައް ބޭއްވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަމިއްލަ އެހެން ކުންފުންޏަކުން މީގެ 18 މަސް ކުރިން ހަތަރު ބުރިއަށް ހަދަން ފެށި ފައިފުހޭ މިސްކިތް، ރޯދައިގެ ކުރިން ހުޅުވޭނެ ކަމަށް ލަފާކުރެވެ އެވެ. މި މިސްކިތުގައި އެއްފަހަރާ 1100 އަށް ވުރެ މީހުންނަށް ނަމާދުކުރެވޭނެ އެވެ.
ވިލިމާލޭގައި ހެދި މިސްކިތް ރައީސް ހުޅުއްވައި ދެއްވައިފި
މާލޭގައި 18 މިސްކިތެއްގައި ދަމު ނަމާދު ކުރާނެ
ފައިސާ ބޭނުންކުރީ މިސްކިތްތަކުގެ މަރާމާތަށް: މުއިއްޒު
ސަލްމާން މިސްކިތް ހުކުރު ދުވަހު ހުޅުވަނީ
ދީނީ ކަންކަމަށް ކުރާ ހޭދަ ކުޑަ، ޝަކުވާ ރައީސަށް!
ކުޑަކުދިން އިމާމުވެ ނަމާދުކުރުމަކީ މައްސަލައެއް ނޫން
ކުޑަކުދިން އިމާމުވެ ނަމާދު ނުކުރަން އަންގައިފި
މާލެ ސަރަހައްދުގެ 37 މިސްކިތެއްގައި ނަމާދުކުރެވޭނެ
ގައިޑްލައިނަށް އަމަލުނުކުރާތީ މިސްކިތްތައް ބަންދުކޮށްފި
ތިން މަހަށް ފަހު އުފަލުން ހުކުރަށް