Roadha Mihaaru
ވިލިމާލޭގައި ހެދި މިސްކިތް ރައީސް ހުޅުއްވައި ދެއްވައިފި

ވިލިމާލޭގައި އަލަށް ހެދި މިސްކިތް ރައީސް ހުޅުއްވައި ދެއްވައިފި

17 އެޕްރީލް 2019

ވިލިމާލޭގައި ހެދި "މަސްޖިދުލް ބިއްރި" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުޅުއްވައި ދެއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވިލިމާލޭގައި ހެދި "މަސްޖިދުލް ބިއްރި" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުޅުއްވައި ދެއްވައިފި އެވެ.

މަސްޖިދުލް ބިއްރިއަކީ ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ ޖާގައިގެ ގޮތުން 1000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭވަރުގެ މިސްކިތެކެވެ. ރައީސް ވަނީ މިސްކިތް ހުޅުއްވައި ދެއްވުމަށް މިސްކިތުގައި ކުރި އަސްރު ނަމާދުގެ ޖަމާއަތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ މަހަށް މާލޭގެ ސަރަހައްދުގައި ތިން މިސްކިތް ހުޅުވާނެ ކަމަށް މިނިސްޓަރު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ވިދާޅުވެފަ އެވެ. އަދި ރޯދަ މަހާ ދިމާކޮށް މުޅި ރާއްޖޭގައި އަލަށް އަށް މިސްކިތެއް ހުޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރޭގައި މާލޭގެ މާވެޔޮ މަގުގައި ހުންނަ ބަހާއުއްދީން މިސްކިތާއި، ސަލްސާ ރޯޔަލް ކައިރީގައި ހަދާ މުހައްމަދު ޖަމީލް މިސްކިތް، މަޝްހޫރު ނަމުން ނަމަ ފައިފުހޭ މިސްކިތް ހިމެނެ އެވެ.