ލިޒްބަން، ޕޯޓޯ (އޭޕްރީލް 18) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުން ޕޯޓޯ 4-1 އިން ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ލިވަޕޫލުން ހޯދައިފި އެވެ. ސެމީ ފައިނަލުގައި ލިވަޕޫލުން ނުކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ.
18 އެޕްރީލް 2019
ލިޒްބަން، ޕޯޓޯ (އޭޕްރީލް 18) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުން ޕޯޓޯ 4-1 އިން ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ލިވަޕޫލުން ހޯދައިފި އެވެ. ސެމީ ފައިނަލުގައި ލިވަޕޫލުން ނުކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ.
ލިވަޕޫލް ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ދެ ވަނަ ބުރުގައި ޕޯޓޯ ބަލިކޮށްފަ އެވެ. މި ފަހަރުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ލިވަޕޫލް ދަނޑުގައި އެ ޓީމު މޮޅުވީ 2-0 އިންނެވެ. މިރޭގެ ނަތީޖާއާ އެކު ލިވަޕޫލް ވަނީ 6-1 ގެ އެގްރިގޭޓް ނަތީޖާ އަކުން ޕޯޓޯގެ މައްޗަށް ކުރިހޯދައިފަ އެވެ.
އަންނަ މަހު އެއް ވަނަ ދުވަހު ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ލިވަޕޫލް ކުޅޭނީ ބާސެލޯނާ ދަނޑުގަ އެވެ. އޭގެ ހަފްތާއެއް ފަހުން ލިވަޕޫލް ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އޮންނާނެ އެވެ. ތިން އަހަރު ފަހުން ސެމީން ފުރުސަތު ހޯދި ބާސެލޯނާ ޓީމުގައި ކުރިން ލިވަޕޫލަށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ ފިލިއްޕޭ ކުޓީނިއޯ އާއި ލުއިސް ސުއަރޭޒް ހިމެނެ އެވެ. މިއީ މި ދެ ކުޅުންތެރިން ކުރީގެ ޓީމާ ދެކޮޅަށް ކުޅޭނެ ފުރަތަމަ ފަހަރެވެ. ބާސެލޯނާ ސެމީގެ ޖާގަ ހޯދީ މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލުމަށް ފަހު އެވެ.
ޗެމްޕިއަންސް ލީގުގައި ލިވަޕޫލާއި ބާސެލޯނާ އެންމެ ފަހުން ބައްދަލުކުރީ 2007 ވަނަ އަހަރު އެވެ. އެ ފަަހަރުގެ މުބާރާތުގެ ދެ ވަނަ ބުރުގައި ބާސެލޯނާ ދަނޑުގައި ލިވަޕޫލް މޮޅުވީ 2-1 އިންނެވެ. އަމިއްލަ ދަނޑުގައި 1-0 އިން ބާސެލޯނާ އަތުން ބަލިވި ނަމަވެސް ލިވަޕޫލް ވަނީ އެ ފަހަރު ބާސެލޯނާ ކަޓުވާލައިފަ އެވެ.
ޕޯޓޯގެ އެސްޓަޑިއޯ ޑްރަގާއޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން ޕޯޓޯ އިން ދިޔައީ ލިވަޕޫލް ފަހަތަށް ބާރު ބޮޑުކުރަމުންނެވެ. އަދި ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކުރި އެވެ. އެ ގޮތުން ހެސަސް ކޮރޯނާ އާއި މޫސާ މަރޭގާ ވަނީ ރަނގަޅު ހަމަލާތަކެއް ފޮނުވާލައިފަ އެވެ.
ލިވަޕޫލުން ވަނީ ޕޯޓޯގެ ގޯލަށް ފޮނުވާލި ފުރަތަމަ ހަމަލާއިން ލަނޑު ޖަހައިފަ އެވެ. މެޗުގެ 26 ވަނަ މިނިޓްގައި މުހައްމަދު ސަލާހު ދިން ބޯޅައަކުން މި ލަނޑު ޖެހީ ސަޑިއޯ މާނޭ އެވެ. ރެފްރީ މި ލަނޑު ގަބޫލުކުރަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީހޯދުމަށް ފަހު އެވެ.
ދެ ވަނަ ހާފްގައި ލިވަޕޫލްގެ އަނެއް ގޯލުތައް ކާމިޔާބުކުރީ ސަލާހުގެ އިތުރުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން އެރި ރޮބާޓޯ ފިރްމީނޯ އަދި ވާޖިލް ވެން ޑައިކް އެވެ. މި މެޗުގައި ޕޯޓޯގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އަންނަ ސީޒަނުގައި ރެއާލް މެޑްރިޑަށް ކުޅެން ނިންމާފައިވާ ބްރެޒިލްގެ ފުލްބެކް އެޑާ މިލިޓާއޯ އެވެ.
މިދިޔަ އަހަރުގެ ފައިނަލުން ބަލިވި ލިވަޕޫލް މި ފަހަރުގެ ސެމީ ފައިނަލުން ފުރުސަތު ހޯދިއިރު، ޖެހިޖެހިގެން ދެ އަހަރު އެ ޓީމުން ސެމީގައި ކުޅުނީ މީގެ 10 އަހަރު ކުރިންނެވެ. މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގަށް ވެސް ވާދަކުރަމުން އަންނަ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ ޗެމްޕިއަންސް ލީގަކީ ވެސް އެ ޓީމުގެ އަމާޒެއް ކަމަށް ބުނެފަ އެވެ.
އުނދަގޫ ހާލަތެއްގައި އޮވެ ލިވަޕޫލާއި ބާސާ މޮޅުވެއްޖެ
ލިވަޕޫލާއި ބާސެލޯނާ ގަދަ 16 ޓީމުގެ ބުރަށް
ޕީއެސްޖީ އަތުން ބާސާ ކަޓައިފި، ލިވަޕޫލް ކުއާޓާ އަށް
ބާސާ އަނެއް ބުރަށް، ލިވަޕޫލާއި ޗެލްސީ އިންތިޒާރުގައި
ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެސީ އަށް ރެކޯޑެއް
ނަޕޯލީން ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފި
ބާސެލޯނާ ކަޓުވާލައި ލިވަޕޫލް ފައިނަލަށް!
"ބާސާ ބަލިކުރަން ހުރިހާ ގޮތަކުން މަސައްކަތްކުރާނަން"
މެސީގެ ޖާދޫން ލިވަޕޫލް ބަލިކޮށް ބާސާ ފައިނަލާ ގާތަށް
ތާރީހު ލިވަޕޫލް ކޮޅަށް، ބާސާގެ ހަތިޔާރަކީ މެސީ!