Roadha Mihaaru
މަޖިލިހުގެ ރައީސް ކަނޑައެޅުމުގައި ނަޝީދުގެ ނުފޫޒު!

މަޖިލިހުގެ ރައީސް ކަނޑައެޅުމުގައި ނަޝީދުގެ ނުފޫޒު!

18 އެޕްރީލް 2019

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދުމަށް ފަހު، އެ ޕާޓީގެ ތެރޭގައި އޮތް އެންމެ ބޮޑު ބަހުސަކީ މަޖިލިހުގެ ރައީސާއި ނައިބު ރައީސް ކަމަށް ކަނޑައަޅާނެ ބޭފުޅަކާ މެދު އޮތް ބަހުސެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ މެދުގައި ނަގާ އެ ވޯޓުން ކާމިޔާބު ހޯއްދަވާ ބޭފުޅަކަށް ގާތްގަނޑަކަށް އެ މަގާމު ކަށަވަރުވީ އެވެ. އެއީ، މަޖިލިހުގައި އެމްޑީޕީ އަށް 65 ގޮނޑި ލިބިފައި، އެންމެ ފަހު ބަސް ބުނުމުގެ ބާރު ވެސް މެމްބަރުންނަށް އޮތީމަ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދުމަށް ފަހު، އެ ޕާޓީގެ ތެރޭގައި އޮތް އެންމެ ބޮޑު ބަހުސަކީ މަޖިލިހުގެ ރައީސާއި ނައިބު ރައީސް ކަމަށް ކަނޑައަޅާނެ ބޭފުޅަކާ މެދު އޮތް ބަހުސެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ މެދުގައި ނަގާ އެ ވޯޓުން ކާމިޔާބު ހޯއްދަވާ ބޭފުޅަކަށް ގާތްގަނޑަކަށް އެ މަގާމު ކަށަވަރުވީ އެވެ. އެއީ، މަޖިލިހުގައި އެމްޑީޕީ އަށް 65 ގޮނޑި ލިބިފައި، އެންމެ ފަހު ބަސް ބުނުމުގެ ބާރު ވެސް މެމްބަރުންނަށް އޮތީމަ އެވެ.

މަޖިލިހުގެ ރައީސާއި ނައިބު ރައީސް ކަމަށް އެމްޑީޕީގެ ތެރެއިން ހަމަޖައްސާނެ ބޭފުޅަކާ މެދު އެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ހިޔާލު ތަފާތުވެފައި އޮތް އިރު، އެމްޑީޕީގެ އިންތިޚާބީ މެމްބަރުންގެ ތެރެއިން މަޖިލިހުގެ ރައީސް ކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަސް ބޭފުޅަކު ހިމެނެ އެވެ.

އެއީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ. ގިނަ ބަޔަކު މަގާމަށް ވާދަކުރުމަކީ އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ޑިމޮކްރަސީގެ ރީތި އުސޫލެވެ.

އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިހާރު ޕާޓީގެ ތެރޭގައި ކަންކަން މި ދަނީ ވަރަށް ހުދުމުހުތާރު ގޮތަކަށް. މަޖިލިހުގެ ރައީސް ކަމަށް ބޭފުޅަކު އަންނަން ވާނީ ރައީސްގެ ތާއީދާއެކު. އަދި އަޅުގަނޑުމެންގެ އަތުގައި އެބަހުރި ރައީސްގެ ތާއީދާއެކު ބޭފުޅަކު އެ މަގާމަށް ގެނެވޭނެ ވަރަށް މެމްބަރުން، --- މެމްބަރެއް

މަޖިލިހުގެ ނައިބު ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރެއްވީ ނަޝީދާ އާއިލީ ގޮތުން ގުޅުން އޮންނަ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި އާޒިމެވެ. އާޒިމް މީގެކުރިން ވަނީ މަޖިލިހުގެ ރައީސް ކަން ނުވަތަ ނައިބު ރައީސް ކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.

އެމްޑީޕީގެ ތެރޭގައި އެންމެ ބޮޑަށް ހިޔާލުތަފާތުވުން އުފެދިފައި އޮތް އެއް ކަމަކީ، މަޖިލީހުގެ ރައީސް ކަމަށް އަސްލަމް ގެނައުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރެއްވި ހިސާބުންނެވެ. އެއީ، އެމްޑީޕީގައި ތިއްބެވި ބައެއް މެމްބަރުންނަށް ގަބޫލު ކުރެއްވުނު ކަމެއް ނޫނެވެ. ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުން ނަމަ، ނަޝީދާއި އަސްލަމަކީ ސިޔާސީ މައިދާނުގައި ވަރަށް ގާތް ދެ ބޭފުޅުންނެވެ.

ދެ ވަނަ ކަމެއްގެ ގޮތުގައި ބައެއް މީހުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދުނީ މަޖިލިހުގެ ރައީސާއި ނައިބު ރައީސަކު ކަނޑައެޅުމުގެ ވޯޓު ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި ނަގާނެ ގޮތަކާ މެދުގަ އެވެ. އެއް ބަޔަކު ބުނާ ގޮތުގައި މި ވޯޓަކީ ސިއްރު ވޯޓަކަށް ވާން ޖެހެ އެވެ. އެކަމަކު، އެހެން މީހުންގެ ވިސްނުމަކީ އެ ވޯޓަކީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ނެގުމެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ދިފާއު ކުރެއްވި މުހައްމަދު އަސްލަމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަލާމް ކުރައްވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ދިފާއު ކުރެއްވި މުހައްމަދު އަސްލަމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަލާމް ކުރައްވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އަސްލަމަށް ތާއީދު ކުރައްވަން ނަޝީދު ނިންމެވި މައްސަލައިގައި "މިހާރު" އާ ވާހަކަ ދައްކަވަމުން 19 ވަނަ މަޖިލިހަށް އިންތިޚާބުވެވަޑައިގެންނެވި މެމްބަރަކު ވިދާޅުވީ މިހާރު ފެނިގެން ދަނީ ނަޝީދު ބޭނުންފުޅުވާ ގޮތަކަށް ކަންކަން ކުރަން މަސައްކަތް ކުރައްވާ މަންޒަރު ކަމަށެވެ. އަދި ނަޝީދު މަސައްކަތް ކުރައްވަނީ މަޖިލިހުގެ ތެރެއިން ހުރިހާ ކަމެއް ކޮންޓްރޯލް ކުރައްވަން ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ސިއްރު ވޯޓަކަށް ނުދާން ވެގެން ދައްކަނީ ވެސް ބަހަނާ. މަޖިލިހަށް ރައީސަކާއި ނައިބު ރައީސެއް ކަނޑައަޅަން މަޖިލިހުގެ ތަޅުމުގައި ވެސް ނަގަނީ ސިއްރު ވޯޓެއް. އެމްޑީޕީގެ ޕީޖީ ލީޑަރާއި ޑެޕިއުޓީ ލީޑަރު ހޮވަން ނަގަނީ ސިއްރު ވޯޓެއް. ދެން ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ މެދުގައި ސިއްރު ވޯޓެއް ނުނެގެންވީ ކީއްވެ؟ ހަގީގަތަކީ ނަޝީދު ބޭނުންފުޅު ނުވަނީ ސިއްރު ވޯޓަކަށް ދާން،" މެމްބަރު ވިދާޅުވި އެވެ.

ރައީސް ވިދާޅުވާންވީ ކާކުކަން މަޖިލިހުގެ ރައީސް ކަމަށް ގެންނަންވީ. ރައީސްގެ ފަރާތުން އިޝާރާތެއް ވެލީމާ، އަޅުގަނޑު އެ ބޭފުޅަކަށް ވޯޓު ދޭން މިހުރީ ތައްޔާރަށް. އަޅުގަނޑު މިހުރީ ރައީސް އަށާއި އެމަނިކުފާނުގެ އެޖެންޑާ އަށް ތާއީދުކޮށް ސަރުކާރު ދަމަހައްޓަން -- މެމްބަރު އިބްރާހިމް ނަސީރު

"ކުރިމަތީގައި ނަޝީދު އިންނަވަނިކޮށް ނަޝީދު ބޭނުންފުޅު ނުވާ ގޮތަކަށް ވޯޓު ލުމަކީ މެމްބަރުންނަށް ވަރަށް ދަތި ކަމަކަށް ވާނެ. ސަބަބަކީ ނަޝީދަކީ ޕާޓީގެ ރައީސަކަށް ވެފައި، އަދި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަން ވެސް ބޭނުންވާ ވާހަކަ ވިދާޅުވެފައިވާ ބޭފުޅަކަށް ވާތީ. އެހެންވެ ނުފޫޒުން އެއްކިބާވެގެން ހާމަ ވޯޓެއްގެ ގޮތުގައި ލެވޭނެ ކަމީ ނާދިރު ކަމެއް."

މަޖިލިހުގެ އެ މެމްބަރު ވިދާޅުވި ގޮތުގައި އަސްލަމަކީ ނަޝީދު އަންގަވާ ގޮތަކަށް މަސައްކަތް ކުރައްވާނެ ބޭފުޅެކެވެ. އަދި މަޖިލިހުގެ ރައީސް ކަން ކުރެއްވުމުގެ ގާބިލް ކަން އަސްލަމްގެ ނުހުންނާނެ ކަމަށް ވިދާޅުވެ، އެ މެމްބަރު ވަނީ އަސްލަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ތަފާތު ބޮޑު ކާމިޔާބީއެއް ލިބުމުގެ އުފަލުގައި ރާޅުގަނޑު ސަރަހައްދުގައި އުފާ ފާޅުކުރުމުގެ ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު އަތް ޖައްސަވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ތަފާތު ބޮޑު ކާމިޔާބީއެއް ލިބުމުގެ އުފަލުގައި ރާޅުގަނޑު ސަރަހައްދުގައި އުފާ ފާޅުކުރުމުގެ ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު އަތް ޖައްސަވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

މެމްބަރު ތުހުމަތު ކުރެއްވި ގޮތުގައި، ނަޝީދު ބޭނުންފުޅު ވަނީ މަޖިލިހުގެ ތެރެއިން ސަރުކާރު ހިންގުމަށެވެ. އެގޮތުން މަޖިލިހުގެ ތެރެއިން ސަރުކާރުގެ ސިޔާސަތު ކަނޑައަޅަން ނަޝީދު ބޭނުންފުޅުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕާޓީގެ ރައީސަކަށް ނަޝީދު ހުންނަވައިގެން ހެސްކިއާފައި ވަކި މީހަކަށް ކެމްޕެއިން ކުރީމަ އެ ނޫން މީހަކަށް ދެން ވޯޓު ދޭނީ ކިހިނެއް؟ ސޯޝަލް މީޑިއާގައި ހިޔާލެއް ފާޅުކުރާ މެމްބަރަކު އެ ވަނީ ނަޝީދާ ދެކޮޅު ކަމަށް ޕާޓީގެ ސަޕޯޓަރުން ގަބޫލު ކުރަނީ. އެކަމަކު އެއީކީ ނޫން ހަގީގަތަކީ،" މެމްބަރު ވިދާޅުވި އެވެ.

މަޖިލިހުގެން އެހެން މެމްބަރަކު "މިހާރު" އަށް ވިދާޅުވީ މަޖިލިހުގެ ރައީސް ކަމަށް ގެންނާނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅުވާ ބޭފުޅެއް ކަމަށެވެ. އެއީ ކޮންމެހެން ނަޝީދު ބޭނުންވާ ބޭފުޅަކު ހަމަޖައްސަން ޖެހޭ މަގާމެއް ނޫން ކަމަށް ވެސް އެ މެމްބަރު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިހާރު ޕާޓީގެ ތެރޭގައި ކަންކަން މި ދަނީ ވަރަށް ހުދުމުހުތާރު ގޮތަކަށް. މަޖިލިހުގެ ރައީސް ކަމަށް ބޭފުޅަކު އަންނަން ވާނީ ރައީސްގެ ތާއީދާ އެކު. އަދި އަޅުގަނޑުމެންގެ އަތުގައި އެބަހުރި ރައީސްގެ ތާއީދާ އެކު ބޭފުޅަކު އެ މަގާމަށް ގެނެވޭނެ ވަރަށް މެމްބަރުން،" އެމްޑީޕީގެ 65 ގޮނޑީގެ ތެރެއިން ގޮނޑިއެއް ކާމިޔާބު ކުރެއްވި މެމްބަރު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

ނަަޝީދު ކުރިމަތީގައި އިންނަވަނިކޮށް ނަޝީދު ބޭނުން ނުވާ ގޮތަކަށް ވޯޓުލުމަކީ މެމްބަރުންނަށް ވަރަށް ދަތި ކަމަކަށް ވާނެ. އެއީ ނަޝީދަކީ ޕާޓީގެ ރައީސަކަށް ވެފައި، އަދި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަން ވެސް ބޭނުންވާ ވާހަކަ ވިދާޅުވެފައިވާ ބޭފުޅަކަށްވާތީ. އެހެންވެ ނުފޫޒުން އެއްކިބާވެގެން ހާމަ ވޯޓެއްގެ ގޮތުގައި ލެވޭނެ ކަމީ ނާދިރު ކަމެއް

މިހާރު ހިނގަމުން އަންނަ 18 ވަނަ މަޖިލިހުގެ ބޮޑެތި ކޮމިޓީތަކުގައި ވެސް މަސައްކަތް ކުރައްވާ މެމްބަރު ވިދާޅުވީ މަޖިލިހުގެ ރައީސަކު ކަނޑައެޅުމަށް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން ޖެހޭނެ ކަމަށެވެ. އަދި ހުދުމުހުތާރު ގޮތަކަށް އެކަން ނިމިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިޚާބުގައި މުލަކު ދާއިރާގެ ގޮނޑި އިތުރު ދައުރަކަށް ދިފާއު ކުރެއްވި މެމްބަރު އިބްރާހިމް ނަސީރު ވެސް ވިދާޅުވީ މަޖިލިހުގެ ރައީސް ކަމަށް ވަޑައިގަންނަވަން ޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރިހަމަ ތާއީދާއި އިތުބާރު އޮތް ބޭފުޅެއް ކަމަށެވެ.

"ރައީސް ވިދާޅުވާންވީ ކާކުކަން މަޖިލިހުގެ ރައީސް ކަމަށް ގެންނަންވީ. ރައީސްގެ ފަރާތުން އިޝާރާތެއް ވީމަ، އަޅުގަނޑު އެ ބޭފުޅަކަށް ވޯޓު ދޭން މިހުރީ ތައްޔާރަށް. އަޅުގަނޑު މިހުރީ ރައީސް އަށާއި އެމަނިކުފާނުގެ އެޖެންޑާ އަށް ތާއީދުކޮށް ސަރުކާރު ދަމަހައްޓަން،" އިބްރާހިމް ނަސީރު ވިދާޅުވި އެވެ.

މީގެ ކުރިން، މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީ އަށް ލިބިފައި ނުވާތީ، އެ ޕާޓީގެ ތެރެއިން މަޖިލިހުގެ ރައީސް ނުވަތަ ނައިބު ރައީސަކު ކަނޑައަޅަން މެމްބަރުންގެ މެދުގައި ވޯޓަކަށް ގޮސްފައެއް ނުވެ އެވެ. އެހެންކަމުން، މިފަހަރު ޕާޓީގެ ތެރެއިން މަޖިލިހުން ރައީސަކު ކަނޑައެޅުން މިވަނީ ވަރަށް ފޯރިގަދަވެފަ އެވެ.