Roadha Mihaaru
"ޗުޕްކޭ ޗުޕްކޭ" ގެ ރިމޭކެއް ވެސް ހަދަނީ

ކުރީގެ ކްލެސިކް "ޗުޕްކޭ ޗުޕްކޭ" ގެ ރިމޭކެއް ވެސް ހަދަނީ

21 އެޕްރީލް 2019

ކުރީގެ ކްލެސިކެއް ކަމަށްވާ "ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމޭކެއް ހަދަމުން އަންނަ ޓީ ސީރީޒުން އަނެއްކާ ވެސް ކުރީގެ ކާމިޔާބު ފިލްމެއްގެ ރިމޭކެއް ހަދަން ނިންމައި އޭގެ ރައިޓްސް ހޯދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރީގެ ކްލެސިކެއް ކަމަށްވާ "ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމޭކެއް ހަދަމުން އަންނަ ޓީ ސީރީޒުން އަނެއްކާ ވެސް ކުރީގެ ކާމިޔާބު ފިލްމެއްގެ ރިމޭކެއް ހަދަން ނިންމައި އޭގެ ރައިޓްސް ހޯދައިފި އެވެ.

މުމްބާ އިން މިރާ އިން ބުނި ގޮތުގައި ޕްރޮޑިއުސަރު ބުޝަން ކުމާރު މި ފަހަރު ރައިޓްސް ހޯދީ މީގެ 44 އަހަރު ކުރިން ރިލީޒް ކުރި "ޗުޕްކޭ ޗުޕްކޭ" އެވެ. ރިޝިކޭޝް މުކަރްޖީ ޑައިރެކްޓްކޮށް 1975 ގައި ރިލީޒްކުރި އެ ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ ދަރުމެންދުރާ، އަމީތާބް ބައްޗަން، ޝަރުމީލާ ޓެގޯރް އަދި ޖަޔާ ބައްޗަން އެވެ.

މި ކޮމެޑީގެ ރިމެކިން ރައިޓްސް ހޯދުމަށް ފަހު، ދަރޭ ކުޅުނު ރޯލް، ރާޖްކުމާރު ރާއޯ އަށް ހުށަހަޅާފައިވާ ކަމަށާއި ފިލްމުގެ އިތުރު ކާސްޓުންނާއި ޑައިރެކްޓަރު ވަރަށް އަވަހަށް ޓީ ސީރީޒުން އިއުލާން ކުރާނެ ކަމަށް މުމްބާއީ މިރާ އިން ބުންޏެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު ޒުވާން އެކްޓަރުންގެ ތެރޭގައި މިހާރު ހިމެނޭ އަދި ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ރާޖްގެ ކުރިއަށް އޮތް ފިލްމަކީ ޖޫން 21 ގައި ރިލީޒް ކުރާ "މެންޓަލް ހޭ ކިޔާ" އެވެ. އަދި އޭނާގެ "މޭޑް އިން ޗައިނާ" އޮގަސްޓް 30 ގައި ރިލީޒް ކުރާނެ އެވެ. މި އަހަރު ރިލީޒް ކުރި ރާޖްގެ ފުރަތަމަ ފިލްމަކީ ފެބްރުއަރީ މަހު ރިލީޒް ކުރި "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" އެވެ.

މުދައްސަަރު އަޒީޒް ޑައިރެކްޓް ކުރާ "ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމެކް ރިލީޒް ކުރަން ތާވަލުކޮށްފައި ވަނީ މި އަހަރުގެ ޑިސެމްބަރު 6 ގަ އެވެ. އެ ފިލްމުގެ ތަރިންނަކީ ކާތިކް އާރިޔަން، އަނަންޔާ ޕާންޑޭ އަދި ބޫމީ ޕެޑްނޭކަރެވެ.