Roadha Mihaaru
އަމީތާބް ކުޅުނު ރޯލެއް ވިކީ އަށް؟

އަމީތާބް ކުޅުނު ރޯލެއް ވިކީ ކޯޝަލް އަށް؟

16 ޑިސެމްބަރ 2020

ކުރީގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "ޗުޕްކޭ ޗުޕްކޭ" އަލުން ހަދާއިރު، އެ ފިލްމުގައި އަމީތާބް ބައްޗަން ކުޅުނު ރޯލު، އާ ފިލްމުގައި ކުޅެން ވިކީ ކޯޝަލް އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރީގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "ޗުޕްކޭ ޗުޕްކޭ" އަލުން ހަދާއިރު، އެ ފިލްމުގައި އަމީތާބް ބައްޗަން ކުޅުނު ރޯލު، އާ ފިލްމުގައި ކުޅެން ވިކީ ކޯޝަލް އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީގެ 45 އަހަރު ކުރިން ޑައިރެކްޓަރު ރިޝިކޭޝް މުކަރްޖީ ގެނެސްދިން ކޮމެޑީގެ ރިމޭކެއް ބުޝަން ކުމާރުގެ ޓީ ސީރީޒުން ހަދާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކުރީ މިދިޔަ އަހަރު އެވެ. އޭރު ބުނެފައި ވަނީ "ޗުޕްކޭ ޗުޕްކޭ" ގައި ދަރުމެންދުރާ ކުޅުނު ޑރ. ޕްރިމަލް ތުރިޕަތީ/ޕިޔާރޭ މޯގަން އައްލަބާދީގެ ރޯލު ކުޅޭނީ ރާޖްކުމާރު ރާއޯ ކަމަށެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި އަމީތާބް ކުޅުނު ޕްރޮފެސަރު ސުކްމާރު ސިންހާގެ ކެރެކްޓާ ކުޅެދޭން ވިކީ އަށް ހުށަހަޅާފައިވާތީ އޭނާ މިހާރު އަންނަނީ އެކަމާ ދޭތެރޭ ވިސްނަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން އަރަމުން އަންނަ ޒުވާން އެކްޓަރު މި ވަގުތު އަންނަނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް "ދޫމް 3" ގެ ޑައިރެކްޓަރު ހަދާ ކޮމެޑީ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.

"ޗުޕްޖޭ ޗުޕްކޭ" ގެ ރިމެކްގެ ޝޫޓިން ފަށާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އަދި މިހާރު ފިލްމުގެ ޓީމުން އަންނަނީ ސްކްރިޕްޓް ޕޮލިޝްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ވިކީ އަށް "ޗުޕްކޭ ޗުޕްކޭ" ހުށަހެޅި އިރު އޭނާ އަންނަނީ ވަރުގަދަ ސުޕަހީރޯ ޓްރޮލޮޖީއަކަށް ވެސް ތައްޔާރުވަމުންނެވެ. އެއީ 2018 ގައި "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެނެސްދިން އަދިތިޔާ ދާރްގެ ފިލްމެކެވެ.

ވިކީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝޫޖިތު ސިރްކާގެ "ސަރުދާރު އުދަމް ސިންގް" އާއި ކަރަން ޖޯހަރްގެ "ތަޚުތު" ހިމެނެ އެވެ. ޝޫޖިތުގެ ފިލްމަކީ ޝޫޓިން ނިންމާފައި އޮތް ފިލްމެކެވެ. ވިކީ އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި "ބޫތު: ޕާޓް ވަން-ހޯންޓެޑް ޝިޕް" އިންނެވެ.

"ޗުޕްކޭ ޗުޕްކޭ" ގެ ރިމެކްގެ ބަތަލުންގެ ވާހަކަ މީޑިއާތަކުގައި ވެސް ދެކެވުނަސް އަދި ފިލްމުގެ ބަތަލާއިންނާއި ޑައިރެކްޓަރަކީ ކާކު ކަމެއް ނޭނގެ އެވެ. ކުރީގެ ފިލްމުގެ ބަތަލާއިންނަކީ އަމީތާބްގެ އަންހެނުން ޖާޔާ ބައްޗަނާއި ސައިފް އަލީ ޚާންގެ މަންމަ ޝަރުމީލާ ޓެގޯރެވެ.