ޚަރްތޫމް (އެޕްރީލް 21) - ސޫދާންގެ ވެރިކަމުން ދުރުކުރި އުމަރު ބަޝީރުގެ ގެކޮޅުން 130 މިލިއަން ޑޮލަރު ހޯދާފައިވާ ކަމަށާއި އުމަރު ބަޝީރުގެ މައްޗަށް މަނީ ލޯންޑަރިންގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށް ޕްރޮސެކިއުޓަރުން ބުނެފި އެވެ.
21 އެޕްރީލް 2019
ޚަރްތޫމް (އެޕްރީލް 21) - ސޫދާންގެ ވެރިކަމުން ދުރުކުރި އުމަރު ބަޝީރުގެ ގެކޮޅުން 130 މިލިއަން ޑޮލަރު ހޯދާފައިވާ ކަމަށާއި އުމަރު ބަޝީރުގެ މައްޗަށް މަނީ ލޯންޑަރިންގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށް ޕްރޮސެކިއުޓަރުން ބުނެފި އެވެ.
އުމަރު ބަޝީރުގެ ގެއިން ސަލާމަތީ ފަރާތްތަކުން ހޯދި ތަކެތީގެ ތެރޭގައި ޑޮލަރާއި ޔޫރޯ އަދި ސޫދާންގެ ފައިސާ ހިމެނެ އެވެ.
އަސްކަރީ ބަޣާވާތެއްގައި އުމަރު ބަޝީރުގެ 30 އަހަރުގެ ވެރިކަން މިދިޔަ ހަފުތާގައި ވައްޓާލުމަށް ފަހު އޭނާ ފުރަތަމަ ބެހެއްޓީ ރިޔާސީ ގަނޑުވަރުގައި ބަންދުކޮށްފަ އެވެ. ނަމަވެސް ފަހުން ވަނީ ސޫދާނުގައި ސަލާމަތީ ކަންކަން އެންމެ ވަރުގަދަ ޖަލުކަމަށްވާ ކޮބާރަށް ބަދަލުކޮށްފަ އެވެ.
#Sudan authorities seize Al #Bashir cash stash #bashirhasfallen #SudanNews #SudanProtests #SudanUprising #Sudan_Revolts #Sudan_UpRising https://t.co/sup6OnZ9TP pic.twitter.com/oPID9FZNhI
— Radio Dabanga (@Radiodabanga) April 19, 2019
ޕްރޮސެކިއުޓަރުން ބުނި ގޮތުގައި އުމަރު ބަޝީރުގެ ގެކޮޅުން ވަނީ 351،000 ޑޮލަރާއި ހަ މިލިއަން ޔޫރޯ އާއި 5.2 މިލިއަން ޕައުންޑް އަދި ފަސް ބިލިއަން ސޫދާން ޕައުންޑް (105 މިލިއަން ޑޮލަރު) ފެނިފަ އެވެ. މި ފައިސާ ހުރީ ފޮށިފޮއްޓަށް އަޅައި ފޮރުވައިފަ އެވެ.
ޕްރޮސެކިއުޓަރުން ބުނީ މިހާ ގިނަ އަދަދެއްގެ ފައިސާ އުމަރު ބަޝީރުގެ ގެކޮޅުން ފެނުނު މައްސަލަ މިހާރު ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ޖަލުގައި ހުންނެވި އުމަރު ބަޝީރާ ސުވާލު ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
ސޫދާންގެ އެޓާނީ ޖެނެރަލް ވިދާޅުވީ ކޮރަޕްޝަނުގެ ތަހުގީގުތައް ބެލުމަށް އާ ކޮމިޓީއެއް އުފައްދާނެ ކަމަށެވެ.
އުމަރު ބަޝީރުގެ ގެކޮޅުން ފެނުނު ފައިސާތައް ގޯނި ގޯންޏަށް އެޅުމަށް ފަހު ނޫސްވެރިންނަށް ވަނީ ދައްކާލައިފަ އެވެ.
ސޫދާންގެ ވެރިކަމުން ދުރުކުރި އުމަރު ބަޝީރު. --ފޮޓޯ:އޭއެފްޕީ
ސޫދާންގައި ގާތްގަނޑަކަށް 30 އަހަރު ވެރިކަން ކުރެއްވި އުމަރު ބަޝީރަކީ ދެކުނު ސޫދާނުގެ ދާފޫރުގައި ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ ގުޅިގެން އައިސީސީން ހޯދަން ބޭނުންވެފައިވާ މީހެކެވެ.
ޔޫގެންޑާގެ ޚާރިޖީ ވަޒީރު އޮންރީ އޮރިޔެމް އޮކެއްލާ ވިދާޅުވީ އުމަރު ބަޝީރު ހުށަހަޅުއްވައިފި ނަމަ އެ ގައުމުން އޭނާ ސިޔާސީ ހިމާޔަތް ދޭނެ ކަމަށެވެ. އެކަމަކު އުމަރު ބަޝީރު ހައްޔަރު ކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ވަނީ އަމުރެއް ނެރެފަ އެވެ. ޔުގެންޑާ އަކީ އައިސީސީގެ މެންބަރަކަށްވާ އިރު އެ ގައުމަށް އުމަރު ބަޝީރު ވަޑައިގެންފި ނަމަ އައިސީސީއާ ހަވާލު ކުރަން ޖެހޭނެ އެވެ.
ސޫދާނުގެ ކުރީގެ ރައީސް އައިސީސީއާ ހަވާލުކުރަނީ
ސޫދާންގެ ވެރިކަމުން ދުރުކުރި ރައީސް ޖަލަށް ބަދަލުކޮށްފި
ޓްރަމްޕް ސަމިޓުގައި ސޫދާންގެ ރައީސް ބައިވެރިއެއް ނުވާނެ
ޓްރަމްޕް ސަމިޓުގެ ދައުވަތު އައިސީސީ އިން ހޯދާ ބަޝީރަށް
ފެނަކައިގެ ކޮރަޕްޝަނާ ހެދި ދެ މީހަކަށް ދައުވާކޮށްފި
ސީޕީ ނަވީނާއި އިތުރު އޮފިސަރުންތަކެއް ސަސްޕެންޑުކުރަނީ!
ފެނަކަ ހަމައަކަށް ނޭޅެނީ ކުރީގެ އިހުމާލާހެދި: ނަޖާހު
ފައިސަލަށް ތުހުމަތުވާ މައްސަލަތަކެއް އޭސީސީން ބަލަނީ
ކެމެރާ ހޯދައިދިނުމުގައި އޮޅުވާލުމެއް ނޯންނާނެ: ޒެޓާ
ބޮޑީ ވޯން ކެމެރާ ހޯދަން ހަވާލުކުރުމުގައި އޮޅުވާލުން!