Roadha Mihaaru

ޓްރަމްޕް ސަމިޓުގެ ދައުވަތު ހައްޔަރުކުރަން އައިސީސީ އިން އަމުރު ނެރެފައިވާ ސޫދާންގެ ރައީސް އަށް

ރިޔާޒް (މެއި 18) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ބާއްވާ ސަމިޓަށް، ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމުގެ ކުށުގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ ސޫދާންގެ ރައީސް އުމަރު އަލް ބަޝީރަށް ސައުދީ އަރަބިއާ އިން ދައުވަތު ދީފި އެވެ.

ޓްރަމްޕް ސަމިޓުގެ ދައުވަތު އައިސީސީ އިން ހޯދާ ބަޝީރަށް
ހަސަން އާމިރު
ހަސަން އާމިރު

18 މެއި 2017

ރިޔާޒް (މެއި 18) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ބާއްވާ ސަމިޓަށް، ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމުގެ ކުށުގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ ސޫދާންގެ ރައީސް އުމަރު އަލް ބަޝީރަށް ސައުދީ އަރަބިއާ އިން ދައުވަތު ދީފި އެވެ.

ސޫދާންގެ ފޮރިން މިނިސްޓަރު އިބްރާހިމް ގަންދޫރު ވިދާޅުވީ އުމަރު ބަޝީރު މާދަމާ ސައުދީ އަށް ވަޑައިގަންނަވާނެ ކަމަށެވެ.

ފޮރިން މިނިސްޓަރު ވިދާޅުވީ ސޫދާނާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ޖުލައި މަހު އުވާލާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ސޫދާނާ ގުޅުން ރަނގަޅު ކުރަން އެމެރިކާ އިން ބޭނުންވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސޫދާނާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް 1997 ވަނަ އަހަރު އެޅީ އެ ގައުމުން ޓެރަރިޒަމަށް ވާގިވެރިވާތީ އެވެ. ދަތި ކުރުމުގެ ފިޔަވަޅުތަކަށް ރައީސް ބަރަކް އޮބާމާ ވަނީ ޖެނުއަރީ މަހު ބައެއް ލުއިތައް ދެއްވައިފަ އެވެ.

އެމެރިކާ އަށް އެތެރެވުން މަނާކުރަން ޓަރްމްޕް ނިންމެވި ހަތް ގައުމުގެ މީހުންގެ ތެރޭގައި ސޫދާން ހިމެނެ އެވެ. ބަޝީރު ސައުދީ އަށް ވަޑައިގެންނެވި ނަމަވެސް އޭނާއާ ޓްރަމްޕް ބައްދަލު ކުރައްވާނެކަން އަދި ކަށަވަރެއް ނުވެ އެވެ.

ބައިނަލްއަގުވާމީ ޖިނާއީ ކޯޓް (އައިސީސީ) އިން 2009 އަދި 2010 ވަނަ އަހަރު ވަނީ އުމަރު އަލް ބަޝީރު ހައްޔަރު ކުރަން އަމުރު ނެރެފަ އެވެ. އެއީ ދާފޫރުގައި އިންސާނިއްޔަތާ ޚިލާފު އެތައް ޖަރީމާއެއް ހިންގާ 300،000 އަށް ވުރެ ގިނަ މީހުން މަރާފައިވާތީ އެވެ.