ޚަރުތޫމް (މެއި 20) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ސައުދީގައި ބާއްވާ ސަމިޓުގައި، ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމުގެ ކުށުގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ ސޫދާންގެ ރައީސް އުމަރު އަލް ބަޝީރު ބައިވެރިވެވަޑައި ނުގަތުމަށް ނިންމަވައިފި އެވެ.
20 މެއި 2017
ޚަރުތޫމް (މެއި 20) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ސައުދީގައި ބާއްވާ ސަމިޓުގައި، ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމުގެ ކުށުގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ ސޫދާންގެ ރައީސް އުމަރު އަލް ބަޝީރު ބައިވެރިވެވަޑައި ނުގަތުމަށް ނިންމަވައިފި އެވެ.
އުމަރު ބަޝީރަށް ސައުދީން ދައުވަތު ދިން ނަމަވެސް އެމެރިކާގެ އޮފިޝަލުން އެންބީސީ އަށް ބުނެފައި ވަނީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހޯދަމުންދާ ވެރިއަކު ޓްރަމްޕާ ބައްދަލު ކުރުމަކީ ވައިޓްހައުސް އިން ދެކޮޅު ހަދާ ކަމެއް ކަމަށެވެ.
އުމަރު ބަޝީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސައުދީގެ ދައުވަތު ގަބޫލް ނުކުރީ "އަމިއްލަ ސަބަބުތަކަކަށްޓަކައި" ކަމަށެވެ. އަދި ސަމިޓުގައި ބައިވެރި ނުވެވޭތީ ސައުދީ ރަސްގެފާން ސަލްމާންގެ ކިބައިން ވަނީ މައާފަށް އެދިފަ އެވެ. އިތުރު ވާހަކައެއް ބަޔާނުގައި ހިމަނައިފައެއް ނުވެ އެވެ. އުމަރު ބަޝީރުގެ ބަދަލުގައި އިސްލާމީ ވެރިންނާ އެކު ޓްރަމްޕް ބާއްވާ ސަމިޓުގައި ސޫދާން ތަމްސީލް ކުރާނީ ސްޓޭޓް މިނިސްޓަރު ތާހާ އަލް ހުސައިން އެވެ.
ބައިނަލްއަގުވާމީ ޖިނާއީ ކޯޓް (އައިސީސީ) އިން 2009 އަދި 2010 ވަނަ އަހަރު ވަނީ އުމަރު އަލް ބަޝީރު ހައްޔަރު ކުރަން އަމުރު ނެރެފަ އެވެ. އެއީ ދާފޫރުގައި އިންސާނިއްޔަތާ ޚިލާފު އެތައް ޖަރީމާއެއް ހިންގާ 300،000 އަށް ވުރެ ގިނަ މީހުން މަރާފައިވާތީ އެވެ.
ސައުދީ އަރަބިއާ އާއި އެމެރިކާ އަދި ސޫދާނަކީ ވެސް އައިސީސީގެ މެންބަރުންނެއް ނޫނެވެ.
ސޫދާންގެ ފޮރިން މިނިސްޓަރު ވިދާޅުވީ އެ ގައުމާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ޖުލައި މަހު އުވާލާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ސޫދާނާ ގުޅުން ރަނގަޅު ކުރަން އެމެރިކާ އިން ބޭނުންވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސޫދާނާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް 1997 ވަނަ އަހަރު އެމެރިކާ އިން އެޅީ އެ ގައުމުން ޓެރަރިޒަމަށް ވާގިވެރިވާތީ އެވެ. ދަތި ކުރުމުގެ ފިޔަވަޅުތަކަށް ރައީސް ބަރަކް އޮބާމާ ވަނީ ޖެނުއަރީ މަހު ބައެއް ލުއިތައް ދެއްވައިފަ އެވެ.
އެމެރިކާ އަށް އެތެރެވުން މަނާކުރަން ޓަރްމްޕް ނިންމެވި ހަތް ގައުމުގެ މީހުންގެ ތެރޭގައި ސޫދާން ހިމެނެ އެވެ.
ޓްރަމްޕް ސަމިޓުގެ ދައުވަތު އައިސީސީ އިން ހޯދާ ބަޝީރަށް
މުހައްމަދަކީ އިންސާނީ ހައްގުގައި ނަމޫނާއެއް: ޓަރްމްޕު
ސައޫދީން އިޒްރޭލާ ގުޅުން ގާއިމުކުރަން ޓްރަމްޕު އެދޭނެ!
ސައޫދީ ވަލީ އަހުދު އެމެރިކާގެ ރައީސާ ބައްދަލުކުރައްވަނީ
ސޫދާން ހަނގުރާމަ ހުއްޓުމުގެ ވިސްނުމެއް ނެތް
ހަމަލާތައް މެދުކަނޑާލަން އެއްބަސްވެ ހަނގުރާމަ ކުރިއަށް
ހަމަލާތައް މެދުކަނޑައިލިޔަސް އުންމީދެއް ނެތް
ކުރު މުއްދަތަކަށް ހަނގުރާމަ ހުއްޓަން އެއްބަސްވެއްޖެ
މަޝްވަރާގެ މުއްދަތުގައި ހަނގުރާމައެއް ނޯންނާނެ
ސައޫދީ އަންހެން ސިފައިންގެ މީހާއަށް ތައުރީފާއި ޝުކުރު