Roadha Mihaaru
އިންތިހާބު ޕޯސްޓަރުތައް ނުނަގާނަމަ ފިޔަވަޅު އަޅަނީ

އިންތިހާބަށް ހަރުކުރި ޕޯސްޓަރުތައް ނުނަގާ ނަމަ ފިޔަވަޅު އަޅަނީ

21 އެޕްރީލް 2019

މަޖިލިސް އިންތިހާބަށް މާލޭގެ މަގުތަކުގައި ހިއްޕާފައި ހުރި ޕޯސްޓަރުތަކާއި ހަރުކޮށްފައި ހުރި ބެނާތައް ހަފްތާއެއްގެ ތެރޭގައި ނުނަގައިފި ނަމަ އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މަޖިލިސް އިންތިހާބަށް މާލޭގެ މަގުތަކުގައި ހިއްޕާފައި ހުރި ޕޯސްޓަރުތަކާއި ހަރުކޮށްފައި ހުރި ބެނާތައް ހަފްތާއެއްގެ ތެރޭގައި ނުނަގައިފި ނަމަ އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝިފާ އެހެން ވިދާޅުވީ މާލޭގެ މަގުތައް ސާފުކޮށް ބަހައްޓަން ސިޓީ ކައުންސިލާއި ސްޓެލްކޯ ގުޅިގެން ކުރިއަށް ގެންދާ ކަރަންޓް ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރުމުގެ ހަރަކާތް ހިފްތިތާހުކުރެއްވުމަށް ފަހު އެވެ. ސިޓީ ކައުންސިލުން ބުނި ގޮތުގައި ކެމްޕެއިނަށް ހިއްޕާފައި ހުރި ތަކެތި ނަގަން ދީފައިވާ މުއްދަތު ހަމަވީ އިއްޔެ އަށެވެ. އަދި އެ ތަކެތި އަވަހަށް ނަގަން ޝިފާ އިލްތިމާސްކުރެއްވި އެވެ.

"ހަމަ އެހެންމެ މިހާރު ދެވިފައިވާ މުއްދަތު ގާތްގަނޑަކަށް މި ހަމަވީ. ސަރުކާރުގެ އިމާރާތްތަކާއި ފާރުތަކުގައި ޕޯސްޓަރު ހިއްޕާފައި ހުރެއްޖެ ނަމަ އަންނަ ހަފްތާއިން ފެށިގެން ޖޫރިމަނާ ކުރުމުގެ މަސައްކަތްތައް ކުރަމުން ދާނެ،" ޝިފާ ވިދާޅުވި އެވެ.

ކަރަންޓް ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރުމުގެ އަމަލީ މަސައްކަތް އިއްޔެ ފެށި ނަމަވެސް، މި ހަރަކާތް ރަސްމީކޮށް އިފްތިތާހުކުރީ މިއަދެވެ. އެކަން ކޮށްދެއްވީ މޭޔަރު ޝިފާ އާއި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފެވެ.

ސްޓެލްކޯ އިން އިއްޔެ ކުރި ޓްވީޓެއް

މިއީ އެއް އަހަރު ދުވަހަށް ކުރިއަށް ދާނެ ކެމްޕެއިނެކެވެ. މި ކެމްޕެއިނުގެ ދަށުން މާލޭގައި ހުންނަ ޑިސްޓްރިބިއުޝަން ފޮށިތަކުގެ މަތީގައި ބަހައްޓާ ދަޅާއި އެހެން ކުނި ވެސް ނަގަމުން ދާނެ އެވެ.