Roadha Mihaaru
ހަމަލާތަކާ ދިވެއްސަކާ އަދި ގުޅުމެއް ނެތް: އެންސީޓީސީ

ބޮމުގެ ހަމަލާތަކާ ދިވެއްސަކާ މިވަގުތު އެއްވެސް ގުޅުމެއް ނެތް: އެންސީޓީސީ

22 އެޕްރީލް 2019

ސްރީލަންކާގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކުގަައި ދިވެއްސެއްގެ ބައިވެރިވުމެއް މިހާތަނަށް ނެތްކަން ބޭރުގެ ފަރާތްތަކުން ކަށަވަރު ކޮށްދޭ ކަމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސްރީލަންކާގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކުގަައި ދިވެއްސެއްގެ ބައިވެރިވުމެއް މިހާތަނަށް ނެތްކަން ބޭރުގެ ފަރާތްތަކުން ކަށަވަރު ކޮށްދޭ ކަމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން މިއަދު ބުނެފި އެވެ.

ސްރީލަންކާގެ އެކި ތަންތަނުގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކުގައި 290 މީހުން މަރުވެ، 400 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ. އެ ހަމަލާތަކާ ގުޅިގެން ރާއްޖޭގައި ވެސް ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފަ އެވެ.

އެންސީޓީސީ އިން މިއަދު ކުރި ޓްވީޓެއްގައިވަނީ ލަންކާއަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން، ދިވެއްސެއްގެ އެއްވެސް ބައިވެރިވުމެއް ނުފެންނަ ކަން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކުން އެ ސެންޓަރަށް ކަށަވަރުކޮށްދޭ ކަމަށެވެ. އެހެންވެ، ޔަގީންނުވާ މައުލޫމާތުތައް ފެތުރުމުގައި އިތުރަށް ސަމާލުވުމަށް އެދޭ ކަމަށް އެ ޓްވީޓްގައިވެ އެވެ.

އެންސީޓީސީގެ ޓްވީޓް

ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ލަންކާގެ އެކި ތަންތަނުގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެ ގައުމުން މިހާތަނަށް 24 މީހަކު ހައްޔަރު ކޮށްފައިވެ އެވެ. އެކަމަކު ހައްޔަރުކުރި މީހުންގެ އެއްވެސް މައުލޫމާތެއް ލަންކާ ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ލަންކާގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކަކީ އެ ގައުމުގައި 25 އަހަރު ވަންދެން ހިނގި ދާޚިލީ ހަނގުރާމަ ނިމުނުތާ 10 އަހަރު ފަހުން ދިން ޓެރަރިސްޓް ހަމަލާ އެވެ. އެ ހަމަލާއާ ގުޅިގެން މިރޭ މެންދަމުން ފެށިގެން މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވަން ސަލާމަތީ ބާރުތަކަށް ލިބޭ ހުރިހާ އިހްތިޔާރުތަކެއް ބޭނުން ކުރުމުގެ ހުއްދަ ދޭން ވަނީ ނިންމައިފަ އެވެ.