ރިޔާޒް (ސެޕްޓެމްބަރު 2) - ޝައްކު ކުރެވޭ ބެކްގްރައުންޑް ހުރި އެކަކަށް ވެސް މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާ އަށް އެތެރެ ނުވެވޭނެ ކަމަށް އެ ގައުމުގެ އިމިގްރޭޝަން ކޮންޓްރޯލާ ވިދާޅުވެއްޖެ އެވެ.
02 ސެޕްޓެމްބަރ 2016
ރިޔާޒް (ސެޕްޓެމްބަރު 2) - ޝައްކު ކުރެވޭ ބެކްގްރައުންޑް ހުރި އެކަކަށް ވެސް މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާ އަށް އެތެރެ ނުވެވޭނެ ކަމަށް އެ ގައުމުގެ އިމިގްރޭޝަން ކޮންޓްރޯލާ ވިދާޅުވެއްޖެ އެވެ.
"ޑިޕްލޮމެޓިކް އަދި ކޮންސިއުލާ މިޝަންތަކުން ހައްޖު ވިސާ ދޫކުރި އިރު ވާނީ ވަރަށް ރަނގަޅަށް ޗެކްކޮށް ބަލާފައި. އަދި ހައްދުފަހަނަޅާފައިވާ ވިސްނުން ހުރި ކަމަށް ބެލެވޭ މީހަކު ވިއްޔާ ވާނީ އިތުރަށް ޗެކްކޮށްފައި،" ޑިރެކްޓާ އޮފް ޕާސްޕޯޓްސް މޭޖާ ޖެނެރަލް ސުލައިމާން އަލް ޔަހުޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސައުދީ އަށް އެތެރެވެވޭ ހުރިހާ ޕޮއިންޓުތަކުގައި ވެސް ހުންނާނީ ވަރަށް ރަނގަޅަށް މީހުން ފިލްޓާ ކުރެވޭނެ ނިޒާމް ގާއިމްކޮށްފައި ކަމަށާއި ޝައްކު ކުރެވޭ މީހަކު ވިއްޔާ ހުއްޓުވާނެ ކަމަށެވެ.
ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭރުގެ އެއާލައިންތަކަށް އާ ޑިޕާޗާ ލޯންޖެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޔަހުުޔާ ވިދާޅުވީ އެއްގަމާއި ކަނޑާއި ވައިގެ މަގުން އަންނަ ޕަސިންޖަރުންގެ ޕާސްޕޯޓް ބެލުމުގެ މަސައްކަތް ހަލުއި ކުރައްވާނެ ކަމަށެވެ.
އަލް ޔަހުޔާ ވިދާޅުވީ ސައުދީ އަށް އަންނަ ހައްޖާޖީންނާއި ހައްޖުވެރިން ފުރާއިރު ޚިދުމަތް އަވަސް ކުރުމަށް ޕާސްޕޯޓް ޑިޕާޓްމަންޓުން ޚާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވުމަށް ޚާއްސަ ޓީމުތައް ހަރަކާތްތެރިވާނެ ކަމަށެވެ.
"އިމިގްރޭޝަން ޚިދުމަތްތައް ވަރަށް އަވަހަށް 100 ޕަސެންޓް އޮޓޮމޭޓް ކުރާނަން. ހައްޖަށް އެތެރެވާ މީހުންނާއި ފުރާ މީހުންގެ މައުލޫމާތު ސްކޭނާ މެދުވެރިކޮށް ބަޔޯމެޓްރިކް ޑޭޓާ ވެރިފައި ކުރާނަން،" ޔަހުޔާ ވިދާޅުވި އެވެ.
އީރާނުގެ 63،000 މީހުންނަށް މި އަހަރުގެ ހައްޖަށް ނުދެވުނު ނަމަވެސް އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ އަދި ޔޫރަޕުން ވަނީ އީރާނުގެ ވަރަށް ގިނަ މީހުން ހައްޖަށް ސައުދީ އަށް އެތެރެވެފަ އެވެ. އީރާނު މީހުން ހައްޖަށް ނުފޮނުވުމަށް ނިންމީ މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި ދިމާވި މައްސަލަތަކާ ގުޅިގެން ސައުދީއާ އެކު އެއްބަސްވުމަކަށް ނާދެވިގެންނެވެ.
ސިޔާސީ ކަންކަމާއި ހައްޖާ ނުގުޅުވޭނެ: ސައުދީ ރަސްގެފާނު
ސަލްމާންގެ ޚަރަދުގައި 1،400 މީހުން ހައްޖަށް
ހައްޖުގެ ތައްޔާރީތަކާ ބެހޭ މައުލޫމާތު ސައުދީން ދީފި
ހުއްދަ ނެތި މައްކާ އަށް ވަންނަން އުޅުނު 70،000 މީހުން ބޭރުކޮށްފި
ކްރޭން ވެއްޓުމުން 14 މީހެއްގެ ޝަރީއަތް ފަށައިފި
މިއަހަރުގެ ހައްޖުގައި ސަލާމަތީ މައްސަލައެއް ނެތް
އެކި ގައުމުތަކުން 2 މިލިއަން މީހުން ހައްޖުވާނެ
ހޫނު މަޑުކުރާ ދަވާދެއް މައްކާ މަގުތަކުގައި ލަނީ
އިންޑިއާ މީހަކު އެއް އަހަރުން ހިނގާފައި ހައްޖަށް
މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ހައްޖަށް