Roadha Mihaaru
ބާރަށް ދުއްވި 41 މީހަކު މިދިޔަހަފުތާގައި ހިފެހެއްޓި

ބާރަށް ދުއްވައިގެން މިދިޔަ ހަފުތާގައި 41 މީހަކު ހިފެހެއްޓި

05 މެއި 2019

ބާރަށް ދުއްވައިގެން މިދިޔަ ހަފްތާ 41 މީހަކު ހިފެހެއްޓި ކަމަށް ފުލުހުން އިއްޔެ ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ބާރަށް ދުއްވައިގެން މިދިޔަ ހަފްތާ 41 މީހަކު ހިފެހެއްޓި ކަމަށް ފުލުހުން އިއްޔެ ބުނެފި އެވެ.

ޓްރެފިކް މައްސަލަތަކުގައި މީހުން ބަލައި ފާސްކުރާ އަދަދު ފުލުހުން އަންނަނީ ކޮންމެ ހަފްތާއަކު ޓްވިޓާ މެދުވެރިކޮށް އާންމުކުރަމުންނެވެ. އެގޮތުން މިދިޔަ މަހުގެ 27 އިން ހުކުރު ދުވަހާ ހަމައަށް ބާރަށް ދުއްވައިގެން ހިފަހައްޓާފައި ވަނީ 41 މީހުން ކަމަށް އެތަނުން ބުނެފައި ވެ އެވެ. މިއީ އޭގެ ކުރީ ހަފްތާއާ ބަލާއިރު 23 މީހުން އުތުރުވުމެކެވެ.

ފުލުހުން އިއްޔެ ކުރި ޓްވީޓެއް

ޓްރެފިކްގެ އެކި މައްސަލަތަކުގައި މީހުން ހިފެހެއްޓިވަރު މި ހަފްތާގައި ވަނީ އިތުރުވެފަ އެވެ. އޭގެ ތެރޭގައި ޓްރެފިކް ނިޝާނަށް ކިޔަމަން ނުވުމާއި، ލައިސަންސް ނެތި ދުއްވުމާއި، ލައިސަންސް ކާޑު ނެތި ދުއްވުމާއި، އިންޝުއަރެންސްގެ އިތުރުން އަހަރީ ފީ އާއި ރޯޑްވާދިިނަސް ނެތް މީހުން ހިމެނެ އެވެ. އެންމެ ބޮޑު ބޮޑަށް ފާހަގަކުރެވިފައި ވަނީ ރޯޑްވާދިނަސް ނެތި ދުއްވާފައިވާ މީހުންގެ އަދަދު އިތުރުވުމެވެ.

މާދަމާ ފެށޭ ރޯދަމަހުގެ ޓްރެފިކް ބެލެހެއްޓުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގަން ފުލުހުން ވަނީ ނިންމާފަ އެވެ. އެތަނުން އިއްޔެ ބުނި ގޮތުގައި ޓްރެފިކް އެންމެ ބާރުބޮޑުވާ ހިސާބުތަކުގައި ޓްރެފިކް ބަލަން ފުލުހުން ތިބޭނެ އެވެ. އަދި މިސްކިތްތަކާއި މާރުކޭޓުތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އެތަނުން ބުނެފައި ވެ އެވެ.