ފުލުހުން ހިންގި ޓްރެފިކް އޮޕަރޭޝަނެއްގައި ޗެކްޕޮއިންޓަށް މަޑުކުރަން އެންގުމުން މަޑުނުކޮށް ފިލަން މަސައްކަތް ކުރަނިކޮށް ފުލުހެއްގެ ގައިގައި ސައިކަލުން ޖެހުމުން، ސައިކަލު ދުއްވި މީހާ ހައްޔަރު ކޮށްފި އެވެ.
12 ސެޕްޓެމްބަރ 2024
ފުލުހުން ހިންގި ޓްރެފިކް އޮޕަރޭޝަނެއްގައި ޗެކްޕޮއިންޓަށް މަޑުކުރަން އެންގުމުން މަޑުނުކޮށް ފިލަން މަސައްކަތް ކުރަނިކޮށް ފުލުހެއްގެ ގައިގައި ސައިކަލުން ޖެހުމުން، ސައިކަލު ދުއްވި މީހާ ހައްޔަރު ކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ މއ. ހިއްތަލަވިލާ، އާދަމް ޒިދާނެވެ.
ފުލުހުން ބުނީ ރޭ ދަންވަރު 01:20 ހާއިރު ރަސްފަންނު ކައިރިން ޒިދާން ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާފައި ދަނިކޮށް މަޑުކުރަން އެންގުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ދާން އުޅުމުގެ ތެރޭގައި ފުލުހެއްގެ ގައިގައި ސައިކަލުން ޖެހިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި އޭނާ ދުއްވި ސައިކަލު ވެސް ފުލުހުން ވަނީ ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކުރި ޒިދާން އަކީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނެކެވެ. ޑާކްރެއިންގެ ފިލްމު "ބީވީމާ" ގައި އޭނާ ކުޅުނު ރޯލުން އޭނާ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވެ އެވެ.
މިދިޔަ ހޯމަ ދުވަހު ޓްރެފިކް ފުލުހުން މާލޭ ސަރަހައްދުގެ މަގުތަކަށް ނުކުމެ ބޮޑު އޮޕަރޭޝަނެއް ފެށީ ގިނަ އެކްސިޑެންޓްތަކެއް މާލެ ސަރަހައްދުގައި ހިނގަން ފެށުމުންނެވެ. އެގޮތުން ނުރައްކާތެރިކޮށް ބާރަށް ސައިކަލު ދުއްވުމުގެ މައްސަލައަށް އިންތިހާއަށް އިތުރުވެފައިވާއިރު، އެކްސިޑެންޓުތައް ވެސް އިތުރުވެފަ އެވެ. އަދި މިދިޔަ ހަފުތާގައި ހިނގި އެކްސިޑެންޓުތަކުގައި ދެ ޒުވާނަކު ވަނީ މަަރުވެފަ އެވެ.
އޮއްތޮ އެކްސިޑެންޓްކޮށްލި މީހާގެ ޝަރީއަތް ކެންސަލްކޮށްފި
އެކްސިޑެންޓަށް އަހަރެއް؛ މެސެޖާއެކު އޮއްތޮ މަގުމައްޗަށް
ހުޅުމާލޭގައި ފުލުހުންގެ އަދަދު އިތުރުކޮށްފި
ހުޅުމާލޭ ގައި ފުލުހުންގެ އަދަދު އިތުރު ކުރަނީ
އެކްސިޑެންޓެއްގައި މީހަކު މަރުވުން: ދައުވާއަށް އިންކާރު
ސްޕޯޓްސް ކާރު އެކްސިޑެންޓާ ގުޅިގެން ގިނަ ދައުވާތަކެއް
މީހަކު މަރުވި އެކްސިޑެންޓުގެ މައްސަލަ ހައިކޯޓަށް
އެކްސިޑެންޓް ގިނަވެ ބިރުވެރިކަން، ހަމަ ގާނޫނު މަދީތަ؟
ސްޕޯޓްސް ކާރު އެކްސިޑެންޓް: ދައުވާކުރަން ފޮނުވައިފި
ބާރަށް ކާރު ދުއްވި މީހަކު ފިލަން އުޅުމުން ހައްޔަރު