Roadha Mihaaru
"އެމެރިކާގެ ޕްރެޝަރާ ކުރިމަތިލުމަށް އެއްބައިވާން ޖެހޭ"

އެމެރިކާގެ ޕްރެޝަރާ ކުރިމަތިލުމަށް އެއްބައިވުމަށް ރޫހާނީ ގޮވާލައްވައިފި

12 މެއި 2019

ތެހެރާން (މެއި 12) - އެމެރިކާގެ ޕްރެޝަރާ ކުރިމަތިލުމަށް އީރާނުގެ ސިޔާސީ ހުރިހާ ފެކްޝަންތަކެއް އެކަތިގަނޑަކަށްވުމަށް ރައީސް ހަސަން ރޫހާނީ އެދިވަޑައިގެންފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (މެއި 12) - އެމެރިކާގެ ޕްރެޝަރާ ކުރިމަތިލުމަށް އީރާނުގެ ސިޔާސީ ހުރިހާ ފެކްޝަންތަކެއް އެކަތިގަނޑަކަށްވުމަށް ރައީސް ހަސަން ރޫހާނީ އެދިވަޑައިގެންފި އެވެ.

ރޫހާނީއާ ހަވާލާދީ އީރާނުގެ ރަސްމީ މީޑިއާ އިން ބުނެފައި ވަނީ ގައުމަށް މިހާރު ދިމާވެފައިވާ ހާލަތު 1980ގެ އަހަރުތަކުގައި އިރާގާ އެކު ކުރި ހަނގުރާމަ އަށް ވުރެ އުނދަގޫ ކަމަށެވެ.

އީރާނުގެ ފަރާތުން ބިރުތައް ކުރިމަތިވާ ކަމަށް ބުނެ އެމެރިކާ އިން ދަނީ މެދުއިރުމައްޗަށް ހަނގުރާމަ މަތީ މަނަވަރާއި ބޮން އަޅާ ބޯޓު ފަހަރު ޖަމާ ކުރަމުންނެވެ. އަދި އީރާނާ ދެކޮޅަށް ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމާ ގުޅޭ ގޮތުން އެމެރިކާއާ އެކު މަޝްވަރާ ކުރުމަށް ގޮވާލައްވައިފަ އެވެ.

"އީރާނަށް މިއަދު ދިމާވެފައިވާ ހާލަތު (1980-88) އަށް ކުރި ހަނގުރާމަ އަށް ވުރެ ގޯސް. އޭރު އީރާނުގެ ބޭންކްތަކާއި ތެލުގެ ވިޔަފާރި އާއި އިމްޕޯޓް/އެކްސްޕޯޓުގައި މައްސަލައެއް ދިމަލެއް ނުވޭ،" ރޫހާނީ ވިދާޅުވި އެވެ. "އެކަމަކު އީރާނުގެ ރައްޔިތުންގެ އެކަތިގަނޑަކަށް ވެއްޖެ ނަމަ މި ހުރިހާ ފިޔަވަޅަކުން އަރައިގަނެވޭނެ."

އީރާނުން ބުނެފައި ވަނީ އެމެރިކާ އިން މެދުއިރުމައްޗަށް ބަރު ހަތިޔާރު ޖަމާކުރަމުންދަނީ އެ ގައުމަށް ބިރު ދެއްކުމަށް ކަމަށެވެ.