ދައުލަތުން ބަދަލު ދޭންޖެހޭ ގޮތަށް މި ފަހުން ނިންމި ބޮޑެތި މައްސަލަތަކުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތަށް އަމާޒުކުރާ ކޮރަޕްޝަންގެ ތުހުމަތުތައް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ދޮގުކުރައްވައިފި އެވެ.
15 މެއި 2019
ދައުލަތުން ބަދަލު ދޭންޖެހޭ ގޮތަށް މި ފަހުން ނިންމި ބޮޑެތި މައްސަލަތަކުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތަށް އަމާޒުކުރާ ކޮރަޕްޝަންގެ ތުހުމަތުތައް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ދޮގުކުރައްވައިފި އެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނަށް ތަޖުރިބާ ކުރެއްވިފައިވާ ތަނުގައި ރިފްއަތަކީ ވަރަށް ވެސް ނަޒާހަތްތެރި ބޭފުޅެއް ކަމަށެވެ. އެއްވެސް ބާވަތެއްގެ ކޮރަޕްޝަންގެ އަމަލެއް ރިފްއަތު ހިންގަވާފާނެ ކަމަކަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
Alhuganduge nazaruga adhi alhugandah thajribaa kurevifa huri thanuga Hon. AG @ibriffath akee varahves nazaahaiytheri beyfulheh. E manikfaanu evves baavathehge corruption ge amaleh hingavafaane kamah ehgothakahves qabool eh nukurevey
— Mohamed Nasheed (@MohamedNasheed) May 15, 2019
ނަޝީދުގެ ޓުވީޓް.
ރިފްއަތު ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ނަޝީދު ހައްޔަރުކުރުމާ ގުޅިގެން އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި މަސައްކަތް ކުރައްވައިފަ އެވެ. ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް، ކުރީ ސަރުކާރުގައި އިއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގަ އެވެ.
އެޓާނީ ޖެނެރަލް ރިފްއަތު: މިހާރު ވަކީލުކަމުގެ ހުއްދަ އޮތް އެއްވެސް ވަކީލެއްގެ ހުއްދަ ނުގެއްލޭ ގޮތަށް ބިލަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ވިދާޅުވި --ފޮޓޯ/މިހާރު
ރިފްއަތަށް އެންމެ ބޮޑަށް ތުހުމަތުކުރީ ދީބާޖާ މައްސަލައިގައި މާލީ މަންފާތަކެއް ހޯއްދަވަން އުޅުއްވި ކަމަށެވެ. އެމްޑީޕީ ސަރުކާރުގައި ދީބާޖާއަށް ދިން ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދިނުމުގެ އެއްބަސްވުން އުވާލުމުގެ ބަދަލެއްގެ ގޮތުން 348 މިލިއަން ރުފިޔާ ދައުލަތުން އެ ކުންފުންޏަށް ދޭން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.
ދައުލަތަށް ބުރަ ބޮޑުވާ ގޮތަށް ނިންމާ މާލީ މައްސަލަތަކުގައި ރިފްއަތަށް ފާޑުކިއުން އަމާޒުކުރުމުން އޭނާ ވެސް ވަނީ އެކަމަށް ޖަވާބުދާރީ ވެވަޑައިގެންފަ އެވެ.
ރިފްއަތު ވިދާޅުވެފައި ވަނީ، އޭނާގެ މައްޗަށް ކުރަނީ ދޮގު ތުހުމަތުތަކެކެވެ. އޭނާ އަކީ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގަވާނެ ބޭފުޅެއް ނޫން ކަމަށާއި ކޮރަޕްޝަނުގެ އެއްވެސް މުއާމަލާތެއް ކުރައްވައިގެން ފައިދާ ހޯއްދަވާފައި ވެސް ނުވާނެ ކަމަށް ވިދާޅުވެފައި ވެ އެވެ.
ކޮރަޕްޝަންގެ އަމަލުތަކުން ރައްޔިތުންގެ ހަޒާނާ ރައްކާތެރި ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. އޭޖީގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ކުރެއްވި ގާނޫނީ މަސައްކަތްތައް ދޫކޮށްލެެއްވީ ވެސް ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށް ވެސް ރިފްއަތު ވަނީ ވިދާޅުވެފަ އެވެ.
ދީބާޖާގެ މައްސަލަ މުރާޖައާ ކުރަން މަޖިލީހުން އެދެނީ
ސެޓްލްމެންޓް ކޮމިޓީގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅި
ދީބާޖާގެ މައްސަލަ މުރާޖައާ ކުރަން މަޖިލީހުން ފާސްކޮށްފި
ރައްޔިތުންގެ ހަޒާނާ ސަލާމަތް ކޮށްދޭނަން: ރިފްއަތު
"ދީބާޖާ މައްސަލާގައި ނުރަނގަޅު ކަންތައްތަކެއް ހިނގި"
ރަސްމީ ގެކޮޅު ހަމަޖައްސާ ބިލް ރައީސް އޮފީހަށް
އުއްމީދަކީ އިންތިގާލީ އިންސާފު ލިބުން: ރިފްއަތު
9 އެއްބަސްވުމަކުން ބަދަލު ދިން ގޮތް އެބަބަލަން:އޭސީސީ
މައްސަލަ ރިވިއުކޮށްގެން ކާމިޔާބެއް ނުވާނެ: ރިފްއަތު
ބަންޑާރަ ނައިބުގެ ރާގު ބަދަލުވުމުން މެމްބަރުން ރަތަށް!