ބަދަލުގެ ގޮތުގައި ސަރުކާރުން ދައްކަންޖެހޭ ފައިސާ ދޫކުރުމުގެ ކުރިން އެއީ ދޭންޖެހޭ ފައިސާކަން ކަށަވަރުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
16 މެއި 2019
ބަދަލުގެ ގޮތުގައި ސަރުކާރުން ދައްކަންޖެހޭ ފައިސާ ދޫކުރުމުގެ ކުރިން އެއީ ދޭންޖެހޭ ފައިސާކަން ކަށަވަރުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް މި ވީ ހަ މަސް ދުވަހުގެ ތެރޭގައި އަމިއްލަ ފަރާތްތަކަށް އާދަޔާ ހިލާފަށް ގިނަ ފައިސާ ދޭން ކޯޓުތަކުން ހުކުމްކޮށްފައިވާ ކަމަށެވެ. އެހެންވެ ފައިސާތައް ދޫކުރުމުގެ ކުރިން އެކަން ބަލަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ދައުލަތަށް އެންމެ ރަނގަޅު ގޮތް ހެދުމަކީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ ވާޖިބެއްކަން ނަޝީދު ފާހަގަކުރެއްވި އެވެ. އޭގެ ކުރިން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވަނީ ރިފްއަތަކީ ނަޒާހަތްތެރި ބޭފުޅެއް ކަމަށާއި ކޮރަޕްޝަން ނުހިންގަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އާ ސަރުކާރާ އެކުު ކުންފުނިތަކަކަށް ބޮޑެތި ބަދަލުތަކެއް ދޭން ކޯޓުތަކުން ހުކުމްކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމްގެ ހިއްސާ އޮންނަ ކުންފުންޏަކަށް 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ކަސްޓަމްސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރިއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާގެ ހިއްސާ އޮންނަ ޑަބްލިއުއެލްޓީ އަށް 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ސުޕްރީމް ކޯޓުން ހުކުމްކުރި އެވެ.
އެ މައްސަލަތަކުގެ ތެރެއިން ބޮޑު ތުހުމަތުތައް އަދި ފާޑުކިއުންތައް އަމާޒުވެފައިވަނީ ދީބާޖާގެ މައްސަލައިގަ އެވެ. ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެމްޑީޕީ ސަރުކާރުގައި ދީބާޖާއަށް ދިން އެއްބަސްވުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ބާތިލްކުރުމުން، އޭގެ ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމްކޮށްފައި ވެ އެވެ. ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ދަމަހައްޓައިފަ އެވެ.
ދައުލަތަށް ބުރަ ބޮޑުވާ ގޮތަށް ނިންމާ މާލީ މައްސަލަތަކުގައި ރިފްއަތަށް ފާޑުކިއުން އަމާޒުކުރުމުން އޭނާ ވެސް ވަނީ އެކަމަށް ޖަވާބުދާރީ ވެވަޑައިގެންފަ އެވެ. ރިފްއަތު ވިދާޅުވަނީ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގަވާނެ ބޭފުޅެއް ނޫން ކަމަށެވެ.
ސަރުކާރުން ނަޝީދަށް ރައްދު ދީފި
ގާނޫނު އަސާސީ ބަދަލުކުރަން އީދު ބަންދުގައި ޖަލްސާތަކެއް
ދީބާޖާގެ މައްސަލަ މުރާޖައާ ކުރަން މަޖިލީހުން ފާސްކޮށްފި
ދީބާޖާގެ މައްސަލަ މުރާޖައާ ކުރަން މަޖިލީހުން އެދެނީ
ބަންޑާރަ ނައިބުގެ ރާގު ބަދަލުވުމުން މެމްބަރުން ރަތަށް!
ދީބާޖާގެ ބަދަލާ މެދު ޔައުގޫބުގެ ތުހުމަތު!
ސަރުކާރުން ދީބާޖާއާ އެކު މަޝްވަރާ ފަށައިފި
ހައްގު ނޫން ބަދަލަކަށް ލަފައެއް ނުދޭނަން: އޭޖީ
އޭޖީ ދެއްކެވީ ގޯސްތަކެއް، 348 މިލިއަން ދޭން ދެކޮޅު
ރިފްއަތަކީ ނަޒާހަތްތެރިއެއް، ކޮރަޕްޝަން ނުހިންގަވާނެ:ނަޝީދު