ނިއު ދިއްލީ (މެއި 19) - މިދިޔަ މަހު 11 ވަނަ ދުވަހު ފެށި އިންޑިއާގެ އާއްމު އިންތިޚާބުގެ ވޯޓުލުން މިއަދު ނިންމާލާނެ އެވެ.
19 މެއި 2019
ނިއު ދިއްލީ (މެއި 19) - މިދިޔަ މަހު 11 ވަނަ ދުވަހު ފެށި އިންޑިއާގެ އާއްމު އިންތިޚާބުގެ ވޯޓުލުން މިއަދު ނިންމާލާނެ އެވެ.
އިންތިޚާބުގެ ހަތް ވަނަ އަދި ފަހު ބުރުގެ ވޯޓުލުން މިއަދު އެ ގައުމުގެ ގަޑިން ހަވީރު ހައެއް ޖަހާއިރު ނިމޭނެ އެވެ. ޕާލަމެންޓުގެ ދަށު ގޭގެ 543 މެންބަރުންގެ ތެރޭން 59 މެންބަރުން އިންތިޚާބު ކުރުމަށް އުތުރުގެ އަށް ސްޓޭޓްގައި ވޯޓުލާން ދިގު ކިޔޫތައް ހަދާފައިވާ އިރު ސަލާމަތީ ފިޔަވަޅުތައް ވެސް މިއަދު ވަނީ ވަރުގަދަކޮށްފަ އެވެ. ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވާދަކުރައްވާ އުއްތަރަ ޕްރަދޭޝް ސްޓޭޓުގެ ވަރަނަސިގައި ވެސް މިއަދު ވޯޓުލާނެ އެވެ.
އުއްތަރަ ޕްރަދޭޝްގެ ވަރަނަސި ސިޓީގައި ވޯޓުލާން މިއަދު މީހުން ކިޔޫ ހަދާފައި. --ފޮޓޯ:އޭއެފްޕީ
ވެރިކަން ކުރާ ބީޖޭޕީގެ މޯދީ އާއ އިދިކޮޅު ކޮންގްރެސް ޕާޓީގެ ރާހުލް ގާނދީ ވަނީ އިންތިޚާބަށް ވަރަށް ވަރުގަދަ ކެމްޕޭނެއް ކުރައްވައިފަ އެވެ. އުމުރުފުޅުން 68 އަހަރުގެ މޯދީ ވަނީ ކެމްޕޭނާ ގުޅޭ 142 އެއްވުން ބާއްވަވައިފަ އެވެ. ބައެއް ފަހަރު ދުވާލަކު ފަސް އެއްވުން ވެސް ބާއްވާފައިވެ އެވެ. ހަތަރު ރޯޑްޝޯ ބާއްވާފައިވެ އެވެ. މި އެއްވުންތަކުގައި ސީދާ ގޮތުން 15 މިލިއަން މީހުންނާ މުޚާތަބް ކުރައްވާފައިވެ އެވެ.
އުމުރުފުޅުން 48 އަހަރުގެ ރާހުލް ވަނީ މޯދީގެ ސަރުކާރުގައި ކޮރްޕަޝަން އޮތް ކަމަށް ބުނެ އެ މައްސަލަތައް ރައްޔިތުންނާ ހަމައަށް ގެނެސް ދެއްވައިފަ އެވެ.
އުއްތަރަ ޕްރަދޭޝްގެ ވަރަނަސި ސިޓީގައި ވޯޓުލާން މިއަދު މީހުން ކިޔޫ ހަދާފައި. --ފޮޓޯ:އޭއެފްޕީ
އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 900 މިލިއން މީހުންނަށް ލިބިގެންނެ އެވެ. ހަތް ބުރުގެ ހުރިހާ ވޯޓެއް ގުނާނީ ބުރާސްފަތި ދުވަހު އެވެ. ހަމަ އެ ދުވަހު ނަތީޖާ ވެސް އިއުލާން ކުރާނެ އެވެ. އެންމެ ފަހުން 2014 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ބީޖޭޕީން ވަނީ 282 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯދަން ބޭނުން ވަނީ 272 ގޮނޑި އެވެ.
ރެކޯޑް އަދަދުން ޕޮޒިޓިވްވިޔަސް އިންތިޚާބު ބާއްވައިފި
"ބީޖޭޕީ މޮޅުވާނެ ކަމަށް ބުނާ އެގްޒިޓް ޕޯލަކީ ފޭކެއް"
ނިމިގެންދިޔަ އިންތިޚާބަކީ އަޅުކަމެއް ފަދަ ކަމެއް: މޯދީ
އީ-ވޯޓިން މައްސަލައިގައި އިދިކޮޅު ޕާޓީތައް އިލެކްޝަނަށް
އެގްޒިޓް ޕޯލްތަކުން ދައްކަނީ މޯދީ ކުރި ހޯދާނެ ކަމަށް
ރާހުލްއާ ދެކޮޅަށް ހުށަހެޅި ޕެޓިޝަން ބޭރުކޮށްލައިފި
ވޯޓުލެއްވުމުގެ ކުރިން މޯދީ މަންމަގެ އަރިހަށް
ޓަމިލް ނާޑޫން ވަނީ 1.3 ބިލިއަން ރުޕީސް އަތުލާފައި
ވޯޓު ގަންނާތީ އިންޑިއާގެ ސިޓީއެއްގެ ވޯޓު ހުއްޓުވައިފި
ގޮނޑިތައް ބަހާނެ ގޮތާ މެދު އެއްބަހެއް ނުވެވުނު