Roadha Mihaaru
"ތިން އަހަރު ތެރޭ އެއް މިލިއަން ވަޒީފާ އުފައްދާނަން"

އަމާޒަކީ ތިން އަހަރު ތެރޭ އެއް މިލިއަން ވަޒީފާ އުފެއްދުން: ރަނިލް

05 ސެޕްޓެމްބަރ 2016

ކޮލަމްބޯ (ސެޕްޓެމްބަރު 5) - ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތިން އަހަރު ދުވަހު ތެރޭ ޒުވާނުންނަށް އެއް މިލިއަން ވަޒީފާގެ ފުރުސަތު ތަނަވަސްކޮށް ދިނުން ކަމަށް ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ސެޕްޓެމްބަރު 5) - ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތިން އަހަރު ދުވަހު ތެރޭ ޒުވާނުންނަށް އެއް މިލިއަން ވަޒީފާގެ ފުރުސަތު ތަނަވަސްކޮށް ދިނުން ކަމަށް ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އަށް މެންބަރުން އިތުރު ކުރުމަށް ވެސްޓަން ޕްރޮވިންސްގެ ބިޔަގަމާގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރަނިލް ވިދާޅުވީ އަލަށް އުފައްދާ ވަޒީފާތަކާ އެކު އާ އިންޑަސްޓީތައް ވެސް އަންނާނެ ކަމަށާއި ނަތީޖާއަކަށް ވެގެންދާނީ ލަންކާގެ އިގްތިސާދީ ދުވެލި ބާރުވުން ކަމަށެވެ.

ބޮޑު ވަޒީރު ވިދާޅުވީ ސަރުކާރުގެ ޒިންމާ އަކީ ޒުވާނުންނަށް ރަނގަޅު މުސްތަގްބަލެއް ހޯދައިދިނުން ކަމަށާއި ވަޒީފާ ނެތް ޒުވާނުންގެ މައްސަލައަކީ ލަންކާގައި ބޮޑު މައްސަލައެއް ކަމަށެވެ.

ސްރީ ލަންކާގެ ބިޔަގަމާގައި ބޭއްވި ޕާޓީ އަށް މެންބަރުން އިތުރު ކުރުމުގެ ހަރަކާތެއްގައި މެމްބާޝިޕް ކާޑު ބޮޑު ވަޒީރު ރަނިލް ހަވާލުކޮށްދެއްވަނީ.

ސްރީ ލަންކާގެ ބިޔަގަމާގައި ބޭއްވި ޕާޓީ އަށް މެންބަރުން އިތުރު ކުރުމުގެ ހަރަކާތެއްގައި މެމްބާޝިޕް ކާޑު ބޮޑު ވަޒީރު ރަނިލް ހަވާލުކޮށްދެއްވަނީ.

"ވަޒީފާ ނެތް މީހުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަކީ ސަރުކާރުން އެންމެ އިސްކަން ދޭ އެއް ކަންތައް. މި މައްސަލަ ހައްލު ކުރުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅާނެ،" ރަނިލް ވިދާޅުވި އެވެ.

ރަނިލް އިތުރަށް ވިދާޅުވީ ވަޒީފާ ނެތް ޒުވާނުންގެ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ ކޭންޑީން ހަމްބަންޓޯޓާ އަދި ވެއްލަވަޔާއާ ހަމައަށް 50 ވިޔަފާރި ސަރަހައްދު ގާއިމް ކުރަން ނިންމާފައި ކަމަށެވެ.

ޔޫއެންޕީ އަށް މެންބަރުން އިތުރު ކުރުމުގެ ޕްރޮގްރާމުގެ ބޭނުމަކީ އެ ޕާޓީ އަށް އަލަށް ތިން މިލިއަން މެންބަރުން ހަމަކުރުމެވެ. ރަނިލް ވިދާޅުވީ މި ޕްރޮގްރާމް ވެސް ވަރަށް ކާމިޔާބުކަމާ އެކު ކުރިއަށްދާ ކަމަށެވެ.