ޒިކްރާ މިސްކިތުގެ އެއްބަސްވުން ބާތިލްކުރި މައްސަލާގައި 141 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް އެސްޖޭ ކޮންސްޓްރަކްޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
28 މެއި 2019
ޒިކްރާ މިސްކިތުގެ އެއްބަސްވުން ބާތިލްކުރި މައްސަލާގައި 141 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް އެސްޖޭ ކޮންސްޓްރަކްޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ހެދި އެއްބަސްވުން ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅަން ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ މަހުގެ ފަހު ކޮޅުގަ އެވެ. އަދި ޑިސްޕިއުޓް މަރުހަލާ އިން މައްސަލަ ހައްލުނުވުމުން މިހާރު އޮތީ ޝަރީއަތުގެ މަރުހަލައިގަ އެވެ. އެ ކުންފުނިން މިސްިތް ހަދަން ހުށަހެޅި ޕްރޮޕޯޒަލް އިވެލުއޭޓް ކުރުމަށް ފަހު ފިނޭންސް މިނިސްޓްރީން ކުރިން ބުނެފައިވަނީ، އެ އިމާރާތުން އެސްޖޭ ކޮންސްޓްރަކްޝަނަށް އަހަރަކު 14 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. ކުންފުނިން ހޯދަން އެދުނު ބަދަލަކީ، 10 އަހަރުގެ ތެރޭގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ އެވެ.
"ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރި އަށް އެ މިސްކިތް އިމާރާތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާއެކު ސޮއިކުރީ ޖުލައި، 9، 2018، ގަ އެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ގާނޫނާ ހިލާފަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ކުރިން ވިދާޅުވެފަ އެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގާ މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާ އެވެ. އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދޭން ނިންމާފައިވަނީ ސަރުކާރުންނެވެ. ކުރީގެ ސަރުކާރުން ވަނީ އެ ފައިސާ ވެސް އެސްޖޭ ކޮންސްޓްރަކްޝަނަށް ދީފަ އެވެ.
މިއަހަރުގެ ރޯދަ މަހަށް އެ މިސްކިތުގެ ފުރަތަމަ ތިން ބުރި ނިންމައި ހުޅުވާނެ ކަމަށް އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވި އެވެ. ނަމަވެސް އަހަރެއްވާން ކައިރިވެފައިވާއިރު ވެސް މިސްކިތުގެ އެއްވެސް މަސައްކަތެއް ނުފެށެ އެވެ.
އެސްޖޭގެ ބަދަލު: މިސްކިތަކަށް 35 މިލިއަން ރުފިޔާ؟
ޒިކުރާ މިސްކިތުގެ މައްސަލަ އަނބުރާ ގެންގޮސްފި
ޒިކުރާގެ މައްސަލަ ހައްލުކޮށް ހުޅުމާލޭގައި މިސްކިތެއް
އެސްޖޭ އަތުން 30 މިލިއަން ރުފިޔާ ހޯދަން ކޯޓަށް
އެސްޖޭ އަށް ބަދަލު ދިނުން ކޯޓުން ބޭރުން ހައްލު ކުރަނީ
އެސްޖޭ މިސްކިތް ޑިސެމްބަރަށް ނިމޭނެ: މިނިސްޓްރީ
އެސްޖޭއިން 15 މިލިއަނަށް ބިމެއް ގަނެފި
ޒިކުރާ މިސްކިތް 3 ބުރިއަށް ހަދަން އެސްޖޭ ކުންފުންޏަށް
އާ މިސްކިތް ލަސްވަނީ ބެންޗު މާކްގެ މައްސަލަ ދިމާވުމުން
ސީއެސްސީން އަމާންދީ، މުސްއަބުގެ މައްސަލަ ގެންދަނީ