ރާއްޖޭގެ ޓޫރިޒަމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރަން ހާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
05 ސެޕްޓެމްބަރ 2016
ރާއްޖޭގެ ޓޫރިޒަމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރަން ހާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ބާއްވާ ވިޔަފާރީގެ އެންމެ ބޮޑު މައުރަޒު، ހޮޓެލް އޭޝިއާ އެގްޒިބިޝަން ހުޅުވުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް މާކެޓްގެ ހާލަތު ދެނެގަތުމަށް ކޮންފަރެންސެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖެއާ ބެހޭ ގޮތުން ދޮގު މައުލޫމާތުތައް ފަތުރަމުންދާތީ އެކަމާ ދެކޮޅަށް ހާއްސަ މަސައްކަތްތަކެއް ކުރަން އެކި ސަރަހައްދުތަކުގައި ޕީއާރު ކުންފުނިތަކެއް ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކޮންފަރެންސް ބޭއްވުމުގެ އެއް ބޭނުމަކީ އަންނަ އަހަރަށް މާކެޓިން ޕްލޭން ހެދުމަށް ބޭނުންވާ މައުލޫމާތު އެއްކުރުން. އެއީ ވަރަށް މުހިންމު ކަމެއް. އިންޑަސްޓްރީގެ އެކި ފަރާތްތަކާއި މުހިންމު މާކެޓްތަކާ ވާހަކަ ދައްކައިގެން މައުލޫމާތު އެއްކުރުން،" ޒަމީރު ވިދާޅުވި އެވެ.
"އޭގެ އިތުރުން ރާއްޖެއާ ބެހޭ ދޮގު މައުލޫމާތު ފަތުރަމުން އަންނަ މުހިންމު މާކެޓްތަކަށް ވަރަށް ބޮޑު އިސްކަމެއްދީގެން ޕީއާރު ފާމްތަކެއް ވަނީ ހަމަޖައްސާފައި. އެކަމަށް އަޅުގަނޑުމެން ބޭނުންވޭ ނަތީޖާ ނެރެވޭނެ މާކެޓިން ޕްލޭނެއް ހަދަން."
މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ބައިނަލްއަގުވާމީ ޓޫރިޒަމް ދުވަހާއި ރާއްޖެ ޒިޔާރަތްކުރުމުގެ އަހަރު ފާހަގަކުރުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތައް ރާވާފައިވާފައިވާ ކަމަށެވެ. އެގޮތުން އެ ދުވަހާ ގުޅުވައިގެން އިންޑަސްޓްރީގެ އެކި ފަރާތްތަކަށް ހާއްސަ ކޮންފަރެންސެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި ޓޫރިޒަމް ފުޅާކުރުމަށް ތަފާތު އެކިއެކި މަޝްރޫއުތައް އަންނަނީ ހިންގަމުންނެވެ. އެގޮތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީކޮށް ނިމުމުން އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
"އޭގެ އިތުރުން މިދަނީ އާ ރިސޯޓްތަކާއެކު ޑޮމެސްޓިކް އެއާޕޯޓްތައް ވެސް ތަރައްގީކުރަމުން. އޭގެ ސަބަބުން މާލޭ އެއާޕޯޓަށް ދަތުރުކުރަން ފަސޭހަވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ދަރަނީގެ ތަސައްވުރު ވަނީ ރަނގަޅުވެފައި: ޒަމީރު
ފަސް އެއާޕޯޓެއް އަޅަން ބަޔަކާ ހަވާލުކުރަނީ
ޓޫރިޒަމް އިޝްތިހާރު ކުރާނީ ހަރަދު ކުޑަކޮށްގެން: ޒަމީރު
ސްޓާ ވޯޒް އިން އިޝްތިހާރުކޮށް، ސްޓޫޑިއޯ އައިލެންޑެއް
ޓޫރިޒަމް އިޝްތިހާރު ކުރަން މުއްސަނދިންގެ ނެޓްވޯކެއް
ޓޫރިޒަމް އިޝްތިހާރު ކުރުން ޑޭޓާއާ ދިމާލަށް
ވިޔަފާރީގެ އެންމެ ބޮޑު މައުރަޒު ފަށައިފި
ދެ ލައްކަ ޓޫރިސްޓުން، 12 ޕަސެންޓުގެ ކުރިއެރުމެއް
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި
ގޮންޖެހުންތަކާއެކު ވެސް ޝިއުރީގެ ޔަގީންކަން ބޮޑު