ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ޒީބާ ޕްރިމިއަމް ބާސްމަތީ ހަނޑޫ ޕިރަމިޑުން ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.
29 މެއި 2019
ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ޒީބާ ޕްރިމިއަމް ބާސްމަތީ ހަނޑޫ ޕިރަމިޑުން ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.
މި ހަނޑުލުގެ އެންމެ ހާއްސަ ކަމަކީ 1121 ސްޓޭންޑާޑަށް އުފައްދާ ކޮލިޓީ ރަނގަޅު ބްރޭންޑަކަށްވުމެވެ. ހަނޑޫ ފުކުގައި 8.4 މިލިމީޓަރު ހުންނަ އިރު ކައްކާލުމުން އޭގެ ދިގުމިން 15 މިލިމީޓަރަށް އިތުރުވެގެންދެ އެވެ. އެހެންކަމުން މިއީ ބިރިޔާނީ ކައްކާލުމަށް އެންމެ އެކަށީގެންވާ އެއް ބާސްމަތީ ހަނޑުލެވެ. ހަނޑުލުގެ ހަރުކަމާއި އެރޯމާ ހާއްސަކޮށްފައި ވަނީ ވެސް މިފަދަ މުހިއްމު ހަނޑުލުގެ ޑިޝްތަކަށެވެ.
ފިތުރު އީދާ ދިމާކޮށް ޕިރަމިޑުން ތައާރަފްކުރި ޒީބާ ބްރޭންޑުން، ގޭގައި ކައްކާ ހަނޑުލުގެ ޑިޝްތަކަށް ވެސް ފުރިހަމަ ކަމެއް ގެނެސްދޭ ހާއްސަ ހަނޑުލަކަށް ވާނެ ކަމަސް އެ ކުންފުނިން ދެކެ އެވެ.
ޒީބާ ޕްރިމިއަމް ބާސްމަތީ ހަނޑުލުގެ ދެ ސައިޒެއްގެ ޕެކެއް ހިމެނެ އެވެ. އެގޮތުން އެއް ކިލޯގެ ޕެކަކާއި ފަސް ކިލޯގެއް ޕެކް ހިމެނެ އެވެ. ފަސް ކިލޯގެ ޕެކެއް 178ރ. އަށް ލިބޭ އިރު އެއް ކިލޯގެ ޕެކެއް 36ރ. އަށް ލިބެ އެވެ. ރީޓެއިލް ފިހާރަތަކާއި ޕިރަމިޑްގެ ފިހާރަތަކުން ވެސް މި ވިއްކާނެ އެވެ.
މި އުފެއްދުން އަލަށް ތައާރަފްކުރުމާ ދިމާކޮށް ފެށި ޕްރޮމޯޝަންގެ ދަށުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކުމަށް ހާއްސަ އަގުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން ފަސް ކިލޯގެ ހަތަރު ޕެކުން 117ރ. ޑިސްކައުންޓެއް ލިބޭ އިރު އެއް ކިލޯގެ 20 ޕެކުން 125ރ. ގެ ޑިސްކައުންޓެއް ލިބޭނެ އެވެ.
ޒީބާ ބާސްމަތީ ހަނޑޫ--ފޮޓޯ:ނިޝާން އަލީ/މިހާރު
ޒީބާ 1121 ބްރޭންޑަށް އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން ހާއްސަ ޕްރޮމޯޝަން ހަރަކާތްތަކެއް ހިންގަން ޕިރަމިޑުން ވަނީ ނިންމައިފަ އެވެ. އެގޮތުން ކޮންމެ 11 ވަނަ ކަސްޓަމަރަކާއި ކޮންމެ 21 ވަނަ ކަސްޓަމަރަކަށް ޒީބާ 1121 ޕްރިމިއަމް ބާސްމަތީ ހަނޑުލުގެ އެއް ކިލޯ ޕެކެޓެއް ލިބޭނެ އެވެ. މި ހަނޑޫ ފެކެޓުގެ ބޭރުގައި "1121" ޖަހާފައި އިންނާނެ އެވެ. މި އަދަދުން ދައްކުވައިދެނީ، ހަނޑުލުގެ ޕްރިމިއަމް ކޮލިޓީ އެވެ.
އިންޑިއާގެ ފޯ ސްޓާ އެކްސްޕޯޓަރު ސަޕުލް ޓެކް ކުންފުނީގެ ޒީބާ ބްރޭންޑުގެ ބާސްމަތީ ހަނޑޫ 40 އަށް ވުރެ ގިނަ ގައުމަށް އެކްސްޕޯޓު ކުރާ އިރު ކޮންމެ އަހަރަކު 500،000 މެޓްރިކް ޓަނު އަންނަނީ އުފައްދަމުންނެވެ. ދުނިޔޭގެ މަގުބޫލު މި ބްރޭންޑުގެ އުފެއްދުންތައް ވޮލްމާޓާއި މެޓްރޯގެ ސުޕަމާޓުތަކުން ވެސް ލިބެން ހުރެ އެވެ.
އޯވީއެސް: ވަރަށް ކޮލިޓީ، ނުވަދެ ވާކަށް ނެތް
ޕްލާޒާއިން އަހުމަދު އަލް މަގްރިބީ ބްރޭންޑް ރާއްޖެއަށް
އޭޑީކޭ: ދުންފަތުން ދުރުވުމަށް އެހީތެރިކަން ފޯރުކޮށްދެނީ
މެގަޗިޕް އިން މައިކްރޯސޮފްޓް ކޯޕައިލެޓް ރާއްޖެއަށް!
އިލެކްޓްރިފައި މޯލްޑިވްސް އަހަރީ ދުވަސް ކުލަގަދަކޮށް!
ގިބްލަ އުމްރާ ގްރޫޕުން ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
ރާއްޖޭގައި ދިވެހިން ތައްޔާރުކުރާ ކޮމްބޫޗާ
ވިލާގެ 37 އަހަރުގެ ކާމިޔާބީގެ އަސްލަކީ މުވައްޒަފުން
ރައްކާތެރިކަން ކަށަވަރުކޮށްދޭ ބިލްޑިން ވަޔަރު
ބޮލާއި ކަރުގެ ކެންސަރާ ގުޅޭ ސާޖަރީއެއް ކާމިޔާބުކޮށްފި