Roadha Mihaaru
ކަރަންގެ "ޑްރައިވް" ދެން ރިލީޒްނުކޮށްފާނެ

ކަރަން ޖޯހަރްގެ "ޑްރައިވް" ދެން ރިލީޒްނުކޮށްފާނެ

02 ޖޫން 2019

ފިލްމު "ޑްރައިވް" އަށް ދިމާވި ކަހަލަ މައްސަލައެއް ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަން ހަދަން ފެށި އެއްވެސް ފިލްމަކަށް މިހާތަނަށަށް ދިމައެއް ނުވެ އެވެ. މި ފިލްމަކީ ރިލީޒްކުރާ ތާރީހު އެކި ފަހަރު މަތިން ބަދަލުކޮށްގެން ވެސް ސްކްރީނާ ހަމައަށް ނުގެނެވި އޮތް ފިލްމެކެވެ. މިއީ ކުރިން މިދިޔަ އަހަރުގެ އެޕްރީލްގައި ރިލީޒް ކުރަން އުޅުނު ފިލްމެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިލްމު "ޑްރައިވް" އަށް ދިމާވި ކަހަލަ މައްސަލައެއް ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަން ހަދަން ފެށި އެއްވެސް ފިލްމަކަށް މިހާތަނަށަށް ދިމައެއް ނުވެ އެވެ. މި ފިލްމަކީ ރިލީޒްކުރާ ތާރީހު އެކި ފަހަރު މަތިން ބަދަލުކޮށްގެން ވެސް ސްކްރީނާ ހަމައަށް ނުގެނެވި އޮތް ފިލްމެކެވެ. މިއީ ކުރިން މިދިޔަ އަހަރުގެ އެޕްރީލްގައި ރިލީޒް ކުރަން އުޅުނު ފިލްމެކެވެ.

"ޑްރައިވް" ރިލީޒް ކުރާނެ ކަމަށް އެންމެ ފަހުން ކަރަން އިއުލާން ކުރި ތާރީހަކީ މި މަހުގެ 28 އެވެ. ނަމަވެސް އެ ތާރީހުގައި ވެސް ފިލްމު ރިލީޒެއް ނުކުރާނެ އެވެ. އެކަން ކަރަން ކަށަވަރުކޮށް ނުދިން ނަމަވެސް، މީޑިއާތަކުން ބުނީ ފިލްމުގެ މަސައްކަތް މި ވަގުތު އޮތީ ހުއްޓިފައި ކަމަށެވެ.

އެހެންވެ "ޑްރައިވް" އަކީ ދެން ކައިރި މުސްތަގުބަލެއްގައި ވެސް ރިލީޒްކޮށްފާނެ ކަމަށް ބެލެވޭ ފިލްމެއް ނޫން ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުންޏެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި 2008 ވަނަ އަހަރުގެ ކަރަންގެ ދަރުމާ އަށް "ދޯސްތާނާ" ޑައިރެކްޓް ކުރި ތަރުން މަންސުކާނީ ޑައިރެކްޓް ކުރާ "ޑްރައިވް" ގެ ސްކްރިޕްޓާއި ފިލްމަށްމިހާތަނަށް ކުރެވިފައި ހުރި މަސައްކަތްތަކާ ދޭތެރޭ ކަރަން ހިތްހަމައެއް ނުޖެހެ އެވެ. އަދި ފިލްމުގެ ބޮޑު ބައި އަލުން ޝޫޓްކޮށްގެން ނޫނީ ގެނެސް ދޭން ބޭނުން ނުވާ ކަމަށް ވެ އެވެ.

އެކަމަކު 2017 ގައި ޝޫޓިން ފެށި ފިލްމުގެ މަސައްކަތް ކަރަން ބޭނުންވާ ގޮތަށް ފިލްމުގެ މަސައްކަތްތައް ތަރުން އަށް މިހާތަނަށް ކުރެވިފައި ނުވާތީ އެ ފިލްމު މި ވަގުތަށް ހުއްޓާލައި، ދަރުމާގެ ކަލަންޑަރުން ވެސް ނަގާފައިވާ ކަމަށް ހަންގާމާ އިން ބުންޏެވެ.

އެހެންވެ ފަހަރުގައި "ޑްރައިވް" އަކީ ބެލުންތެރިންނަށް ފެނުމަށް ވުރެ ނުނެފުން ގާތް ފިލްމެއް ކަމަށް އެ ނޫހުން ބުންޏެވެ. މި ފިލްމަކީ 2011 ވަނަ އަހަރު ހަމަ އެ ނަމުގައި ރިލީޒް ކުރި ހޮލީވުޑް ފިލްމުގެ ރިމެކެވެ.

ކަރަންގެ "ޑްރައިވް" ގެ ލީޑް ތަރިންނަކީ ސުޝާންތު ރާޖްޕޫތާއި ޖެކްލިން ފެނަންޑޭޒެވެ.

ނިކޮލަސް ވިންޑިން ރެފިން ޑައިރެކްޓް ކުރި އެކްޝަން ޑްރާމާ "ޑްރައިވް" ގެ މައިގަނޑު ތަރިންނަކީ ރަޔަން ގޮސްލިން އާއި ކެރީ މުލިގަން އެވެ.