ޒުވާން އުމުރެއްގައި، މި އަހަރުގެ ކުރީކޮޅު ގައުމީ ބެޑްމިންޓަން ޓީމަށް ކުޅުން ހުއްޓާލި ހުނަރުވެރި ކުޅުންތެރިޔާ އަހުމަދު ޒަޔާން ޝަހީދު ޒަކީ، ރިވައިވަލް ސްޕޯޓްސްގެ ނަމުގައި ކުޅިވަރު ކްލަބެއް އުފައްދައި ޕްރޮފެޝަނަލް ކޮންޓްރެކްޓެއްގެ ދަށުން ބެޑްމިންޓަން ކުޅުންތެރިންގެ ސޮއި ހޯދައިފި އެވެ.
03 ޖޫން 2019
ޒުވާން އުމުރެއްގައި، މި އަހަރުގެ ކުރީކޮޅު ގައުމީ ބެޑްމިންޓަން ޓީމަށް ކުޅުން ހުއްޓާލި ހުނަރުވެރި ކުޅުންތެރިޔާ އަހުމަދު ޒަޔާން ޝަހީދު ޒަކީ، ރިވައިވަލް ސްޕޯޓްސްގެ ނަމުގައި ކުޅިވަރު ކްލަބެއް އުފައްދައި ޕްރޮފެޝަނަލް ކޮންޓްރެކްޓެއްގެ ދަށުން ބެޑްމިންޓަން ކުޅުންތެރިންގެ ސޮއި ހޯދައިފި އެވެ.
އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ގައުމީ ފިރިހެން ޓީމު ރިހި މެޑަލް ހޯދިއިރު ބޮޑު ހިއްސާއެއްވި އޭރުގެ ކެޕްޓަން މިދިޔަ ފެބްރުއަރީ ގައުމީ ޓީމާ ވަކިވީ، ހަމަހަމަ ފުރުސަތުތަކެއް ނުލިބޭ ކަމަށް އިޝާރާތްކޮށްފަ އެވެ.
ކްލަބުގެ މުއައްސިސް ޒަޔާން ބުނީ ކްލަބުގެ ވިސްނުމަކީ ކުޅިވަރުން ރާއްޖެ އަށް ގައުމީ ފެންވަރުގައި އަދި ބައިނަލްއަގްވާމީ ފެންވަރުގައި ކާމިޔާބީ ހޯދައިދިނުމާއި ކުޅިވަރުގެ ތެރޭގައި އިހުތިރާމާއި ސުލްހަ އަދި ތަހައްމަލުކުރުން އަށަގަންނުވައި ދެމެހެއްޓެނެވި ކުރިއެރުން ހޯދުން ކަމަށެވެ.
ކްލަބް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ ޒުވާން، ހުނަރުވެރި ކުޅުންތެރިން ޕްރޮފެޝަނަލް ކޮންޓްރެކްޓެއްގެ ދަށުން ގެނައުމަށް ރިވައިލް ސްޕޯޓްސް އިން ފެށި މަސައްކަތަށް ތައުރީފްކުރައްވައިފަ އެވެ. އަދި ރާއްޖޭގައި ބެޑްމިންޓަން ކުރިއެރުވުމަށް ސަރުކާރުން އިސްކަންދޭ ކަމަށާއި އެ ކުޅިވަރުގެ ކުރިއެރުވުމަށް މިނިސްޓްރީން ފުރިހަމަ ސަޕޯޓް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ބެޑްމިންޓަން ކުޅުންތެރިޔާ ތޯއިފް (ކ) ރިވައިވަލް ސްޕޯޓްސް އަށް ސޮއިކުރަނީ.
ރިވައިވަލް ސްޕޯޓްސް އިން ބުނި ގޮތުގައި އެހެން ކުޅިވަރުތަކުން ވެސް އެތުލީޓުން ތަމްރީންކްކުރާނެ ފުރުސަތުތަކަށް ބަލައި އެކަމަށް ޕްލެޓްފޯމެއް ހޯދައިދޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
އެ ކްލަބުން އެއް ވަނަ ޑިވިޝަން ކުޅުންތެރިންގެ ގޮތުގައި ޕްރޮފެޝަނަލް ކޮންޓްރެކްޓް ދިނީ އަހުމަދު ތޯއިފާއި ރިޝްވާން ޝިޔާމަށެވެ. ދެ ވަނަ ޑިވިޝަން ކުޅުންތެރިންގެ ގޮތުގައި ސޮއިކުރީ މުހައްމަދު ސާރިމާއި އިބްރާހިމް ރާޝިހު އަދި އައްފާން އަލީ އެވެ.
މީގެ ތެރެއިން ތޯއިފަކީ ވެސް ހަމަހަމަ ފުރުސަތުތަކާއި ހައްގުތައް ލިބޭ ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެ އަދި އަމިއްލަ ސަބަބުތަކެއް ވެސް ހުރުމާ އެކު ދާދި ފަހުން ގައުމީ ޓީމަށް ކުޅުން ހުއްޓާލި ކުޅުންތެރިޔެކެވެ.
މިދިޔަ އަހަރު މޮރިޝަސް އިންޓަނޭޝަނަލް ސީރިސްގެ ފިރިހެން ޑަބަލްސް އާއި މިކްސް ޑަބަލްސް ބައިން ލޯ މެޑަލް ހާސިލްކުރި އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ ބުނީ ރާއްޖޭން ބޭރަށް ކިޔަވަންދާތީ އާއި އަނިޔާގެ މައްސަލަތައް ހުރުމުގެ އިތުރުން ކުޅުން ހުއްޓާލީ ޓީމުގެ އެތެރޭގެ މައްސަލަތަކެއް ހުރުމުން ކަމަށެވެ. އެގޮތުން ތަމްރީން މާހައުލުގައި ހުރި މައްސަލަތައް އިތުރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި އެސޯސިއޭޝަނުގެ ހުރިހާ ލެވެލެއްގައި ވެސް، ތަފާތުކުރުންތަކާއި ވަކި އަތަކަށް ޖެހުން އޮތް އޮތުން ހިމެނޭ ކަމަށް ބުނެފައިވެ އެވެ.
"އެހެންކަމުން، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު އޮތް ސިސްޓަމުގައި، ކުޅުންތެރިންނަށް ހުރަސްތަކެއް އެބަހުރި. އަދި ކުޅުންތެރިންނަށް ހަމަހަމަ ފުރުސަތުތައް ނެތްއިރު، ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންނަށް ހަހަމަމަ ހައްގުތަކެއް ވެސް ނެތް،" ތޯއިފް ބުނެފައިވެ އެވެ.
ތޯއިފްގެ އިތުރުން ކްލަބުގެ މުއައްސިސް ޒަޔާން ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ އެކު މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.
ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް (މ) އާއި ރިވައިވަލް ސްޕޯޓްސްގެ މުއައްސިސް ޒަޔާން (ކ) އަދި އެ ކްލަބުގެ ކުޅުންތެރިން ގްރޫޕް ފޮޓޯއެއްގައި.
ޒަޔާން ބުނީ މިދިޔަ ފެބްރުއަރީ މަހު ގައުމީ ޓީމުން ރިޓަޔާކުރަން ނިންމި ނިންމުމަކީ އޭނާ ނިންމި އެންމެ އުނދަގޫ ނިންމުން ކަމަށާއި އެކަމަކު އެއީ ކޮންމެހެން ނިންމަން ޖެހޭ ނިންމުމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ގައުމީ ޓީމުން ވަކިވި ނަމަވެސް ބެޑްމިންޓަނާ ދުރަށް ނުދާނެ ކަމަށާއި ރާއްޖޭގެ މުބާރާތްތަކުގައި ވާދަކޮށް އަދި ރާއްޖޭން ބޭރުގެ މުބާރާތްތަކުގައި އަމިއްލަ ގޮތުން ވާދަކުރާނެ ކަމަށް ބުންޏެވެ.
މިދިޔަ އަހަރުގެ މޮރިޝަސް އިންޓަނޭޝަނަލް މުބާރާތުގެ ސްކޮޑުން ފުރުސަތު ނުދިން މައްސަލައިގައި ޒަޔާން އާއި އެސޯސިއޭޝަނާ މެދު މިދިޔަ އަހަރު މައްސަލަތަކެއް ޖެހުނެވެ. އޭނާ އަށް ފުރުސަތު އޭރު ނުދިނީ ރާއްޖޭގައި ބޭރުގައި ތަމްރީން ހަދަމުން އަންނާތީ މާލޭގައި އޮތް ޕްރެކްޓިސްތަކުގައި ބައިވެރިނުވެވުމުން ހާޒިރީ އަށް ބެލުމަށް ފަހު އެވެ. އެކަމަކު މެލޭޝިއާގައި 2016 ވަނަ އަހަރުން ފެށިގެން ތަމްރީން ހަދައި ދުނިޔޭގެ ރޭންކިންގައި ކުރިއެރުންތައް ވެސް ހޯދާފައިވެ އެވެ.
ޒަޔާން އޭރު ބުނީ ސްކޮޑުގައި ނުހިމެނުނަސް އިންޑިވިޖުއަލް ކުޅުންތެރިއެއްގެ ގޮތުގައި އަމިއްލަ ހަރަދުގައި ދިއުމަށް އެންޓްރީ ހަދައިދޭން އެސޯސިއޭޝަނުގައި ހަތަރު ފަހަރެއްގެ މަތިން އެދުނު ކަމަށާއި އެކަމަކު ޖަވާބެއް ނުލިބުނު ކަމަށެވެ.
ރިވައިލް ސްޕޯޓްސް ފެށިއިރު، މި ކުޅުންތެރިން އައީ އިންޑިވިޖުއަލީ ފަރިތަކުރަމުންނެވެ. އެހެންވެ ކުރިއަށް އޮތްތަނުގައި އެ ކްލަބާ އެކު ފަރިތަކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ މުބާރާތްތަކުގައި ވާދަކުރާނެ އެވެ. މުސާރަ ދީގެން އަހަރުން އަހަރަށް ކޮންޓްރެކްޓުގެ ހަދައިގެން ރާއްޖޭގައި ކުޅުންތެރިން އާއްމުކޮށް ގެންއުޅެނީ ފުޓްބޯޅަ، ވޮލީބޯޅަ އަދި ބާސްކެޓްބޯޅައިގަ އެވެ. އެހެން ކުޅިވަރުތަކުގައި އާއްމުކޮށް ކުޅުންތެރިން ހޯދަނީ ވަކިވަކި މުބާރާތްތަކަށެވެ.
ބޮޓްސްވާނާގައި ޒަޔާން އާއި ނަބާހާގެ ޕެއާ އަށް ރިހި
ބޮޓްސްވާނާގައި ދެކެޓަގަރީން ދިވެހި އެތުލީޓުން ފައިނަލަށް
ޒަޔާނަށް ގޮންޖެހުންތަކާއި ކާމިޔާބީގެ އަހަރެއް
ޒަޔާނާއި ތޯއިފަށް ގާނާ މުބާރާތުން ލޯ މެޑަލް
ޒަޔާން އާއި ތޯއިފްގެ ޕެއާ، ގާނާ މުބާރާތުގެ ސެމީ އަށް
ބެޑްމިންޓަން ކުޅުންތެރިންގެ ކާމިޔާބަށް ރައީސްގެ މަރުހަބާ
ދައްތަ ބަލިކޮށް ނަބާހާ، ބޮޓްސްވާނާ މުބާރާތް ކާމިޔާބު
ޔޫގާންޑާ ސީރީޒުން ނަބާ އާއި ނަބީ އަށް ލޯ މެޑަލް
އިންޑިއާ ދެބެން އަތުން ރިވައިވަލް އަށް ނާކާމިޔާބު
ބީއޭއެމްގެ މައްސަލަ ރިވައިވަލުން އޭސީސީއަށް ހުށަހަޅައިފި