ގާނާގެ ޖޭއީ ވިލްސަން އިންޓަނޭޝަން ސީރީޒްގައި ރާއްޖޭގެ ރިވައިވަލް ސްޕޯޓްސްގެ ޒަޔާން ޒަކީ އާއި އަހުމަދު ތޯއިފްގެ ޕެއާ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
21 ޖުލައި 2019
ގާނާގެ ޖޭއީ ވިލްސަން އިންޓަނޭޝަން ސީރީޒްގައި ރާއްޖޭގެ ރިވައިވަލް ސްޕޯޓްސްގެ ޒަޔާން ޒަކީ އާއި އަހުމަދު ތޯއިފްގެ ޕެއާ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) ފެންވަރުގެ މި މުބާރާތުގެ ސެމީ ފައިނަލުގައި މިއަދު ޒަޔާން އާއި ތޯއިފް ނުކުންނާނީ މުބާރާތުގެ ދެ ވަނަ އަށް ސީޑްކޮށްފައިވާ ނައިޖީރިއާގެ ޕެއާއެއް ކަމަށްވާ ގޮޑްވިން އަލޮފުއާ އާއި އޮނޫލޮވާޕޯ ޖުވޮން އޮޕެޔޯރީއާ އެވެ.
ޑަބަލްސް ބައިގެ ފުރަތަމަ ބުރުގައި ޒަޔާން އާއި ތޯއިފް ވަނީ ގާނާގެ ޑެނިއަލް ޑޯއި އާއި ޑެލާވޯ ނަޔާންޔޯގެ ޕެއާ އަތުން 21-07، 22-20 އިން މޮޅުވެފަ އެވެ. ކުއާޓާ ފައިނަލުގައި ގާނާގެ އަހުމަދު އަބްދުއްސަމަދު އާއި ކެލްވިން އެވާންސްގެ ޕެއާ އަތުން ޒަޔާން އާއި ތޯއިފް މޮޅުވީ 21-04، 21-14 އިންނެވެ.
މުބާރާތުގެ ފިރިހެން ސިންގްލަސް ބައިގެ ކޮލިފައިން ބުރުގައި ގާނާގެ ކުޅުންތެރިޔާ ޑެނިއަލް ޑޯއިއާ ވާދަކޮށް ތޯއިފް ބަލިވީ 24-22، 21-15 އިންނެވެ. މި މެޗުގައި ތޯއިފްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ. ފިރިހެން ސިންގަލްސްގައި ބައިގެ ފުރަތަމަ ބުރުގައި ޒަޔާން ކުޅުނު މެޗުން ބަލިވީ ދުނިޔޭގެ 195 ވަނަ އަށް ރޭންކް ކޮށްފައިވާ އިންޑިއާގެ ކޮރަން ޖޯޖް އަތުންނެވެ. ކިރަން ސެޓުތައް ގެންދިޔައީ 21-11، 21-12 އިންނެވެ.
ރާއްޖޭގެ މުބާރާތެއްގެ ތެރެއިން ޒަޔާން ކުޅެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި އަހަރުގެ ކުރީކޮޅު ގައުމީ ބެޑްމިންޓަން ޓީމަށް ކުޅުން ހުއްޓާލި ޒަޔާންގެ މުއައްސިސް ކަމުގައި އުފެއްދި ރިވައިވަލް ސްޕޯޓްސް އިން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރަމުން އަންނައިރު މި މުބާރާތްތަކަށް އެންޓްރީ ހަަދައިދެނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) މެދުވެރިކޮށެވެ.
ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ހޯދުމުގެ ވިސްނުމުގައި އުފެއްދި ރިވައިވަލް ސްޕޯޓްސް އިން އެއް ވަނަ ޑިވިޝަން ކުޅުންތެރިންގެ ގޮތުގައި ޕްރޮފެޝަނަލް ކޮންޓްރެކްޓް ދިނީ އަހުމަދު ތޯއިފާއި ރިޝްވާން ޝިޔާމަށެވެ. ދެ ވަނަ ޑިވިޝަން ކުޅުންތެރިންގެ ގޮތުގައި ސޮއިކުރީ މުހައްމަދު ސާރިމާއި އިބްރާހިމް ރާޝިހު އަދި އައްފާން އަލީ އެވެ. މީގެ ތެރެއިން ތޯއިފާއި ސާރިމް އަދި ރިޝްވާން ވަނީ މީގެ ކުރިން ގައުމީ ބެޑްމިންޓަން ޓީމަށް ކުޅެފަ އެވެ. ދާދި ފަހުން ސިންގަޕޫރުގެ ތަޖުރިބާކާރު ބެޑްމިންޓަން ކޯޗު އަބްދުލް ހާމިދު ހާން ވަނީ ރިވައިވަލް އަށް ތަމްރީނުގެ ސެޝަންތަކެއް ނަގައިދީފަ އެވެ.
ބޮޓްސްވާނާގައި ޒަޔާން އާއި ނަބާހާގެ ޕެއާ އަށް ރިހި
ބޮޓްސްވާނާގައި ދެކެޓަގަރީން ދިވެހި އެތުލީޓުން ފައިނަލަށް
ޒަޔާނަށް ގޮންޖެހުންތަކާއި ކާމިޔާބީގެ އަހަރެއް
ޒަޔާނާއި ތޯއިފަށް ގާނާ މުބާރާތުން ލޯ މެޑަލް
ކްލަބެއް އުފައްދައި ޒަޔާން ފުރުސަތުތައް ހޯދައިދެނީ
ބެޑްމިންޓަން ކުޅުންތެރިންގެ ކާމިޔާބަށް ރައީސްގެ މަރުހަބާ
ދައްތަ ބަލިކޮށް ނަބާހާ، ބޮޓްސްވާނާ މުބާރާތް ކާމިޔާބު
ޔޫގާންޑާ ސީރީޒުން ނަބާ އާއި ނަބީ އަށް ލޯ މެޑަލް
އިންޑިއާ ދެބެން އަތުން ރިވައިވަލް އަށް ނާކާމިޔާބު
ބީއޭއެމްގެ މައްސަލަ ރިވައިވަލުން އޭސީސީއަށް ހުށަހަޅައިފި