Roadha Mihaaru
އިންޑިއާ ސިފައިންގެ މަތިންދާބޯޓެއް ގެއްލިއްޖެ

އިންޑިއާ ސިފައިންގެ މަތިންދާބޯޓެއް 13 މީހުންނާ އެކު ގެއްލިއްޖެ

03 ޖޫން 2019

އިންޑިއާގެ ވައިގެ ސިފައިންގެ މަތިންދާބޯޓެއް ޗައިނާ އާއި އިންޑިއާ ގުޅޭ ސަރަހައްދީ ރޮނގު ކައިރިން، 13 މީހުންނާ އެކު، މިއަދު ގެއްލިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިންޑިއާގެ ވައިގެ ސިފައިންގެ މަތިންދާބޯޓެއް ޗައިނާ އާއި އިންޑިއާ ގުޅޭ ސަރަހައްދީ ރޮނގު ކައިރިން، 13 މީހުންނާ އެކު، މިއަދު ގެއްލިއްޖެ އެވެ.

އިންޑިއާގެ ވައިގެ ސިފައިންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނީ އޭއެން-32 މަރުކާގެ މަތިންދާބޯޓް އައްސާމް ސްޓޭޓްގެ އަރުނަޗަލް ޕްރަދޭޝްއިން ފުރީ މިއަދު މެންދުރު ފަހު އިންޑިއާ ގަޑިން 12:27 ގައި ކަމަށާއި ބޯޓްގެ ހަބަރެއް އެންމެ ފަހުން ވެފައި ވަނީ 1:00 ގައި ކަމަށެވެ. އެއަށް ފަހު އެ ބޯޓްގެ ހަބަރެއް ނުވާތީ އާއި ދާން ޖެހޭ މަންޒިލަށް ގޮސްފައި ނުވާތީ ބޯޓު ހޯދުމުގެ މަސައްކަތް ވަނީ ފަށައިފައި ކަމަށް ވެސް އިންޑިއާގެ މީޑިއާތަކުން ބުނެ އެއެވެ.

އެގޮތުން ސީ-13 ޖޭ މަރުކާގެ މަތިންދާބޯޓަކާއި އޭ އެން-32 މަރުކާގެ މަތިންދާބޯޓެއް އަދި އެމްއައި-17 މަރުކާގެ ހެލިކޮޕްޓަރެއް މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވައިފަ އެވެ.

މި ބޯޓުން ދަތުރުކުރީ އަށް ފަޅުވެރިންގެ އިތުރުން ފަސް ފަސިންޖަރުންނެވެ.