ޗައިނާގެ ފާސްޓް ފެޝަން އެޕް ޝީއިން އިންޑިއާގައި މަނާކުރިތާ ފަސް އަހަރު ފަހުން އަލުން ހުއްދަ ދީ ބޭނުންކުރަން ފަށައިފި އެވެ.
ޗައިނާގެ ފާސްޓް ފެޝަން އެޕް ޝީއިން އިންޑިއާގައި މަނާކުރިތާ ފަސް އަހަރު ފަހުން އަލުން ހުއްދަ ދީ ބޭނުންކުރަން ފަށައިފި އެވެ.
މި އެޕް އިންޑިއާގައި ބޭނުންކުރަން އަލުން ހުއްދަ ދިނީ އިންޑިއާގެ ރިލަޔަންސް ރީޓެއިލްއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
ރިލަޔަންސް ރީޓެއިލްގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބީބީސީއަށް ކިޔައިދީފައިވާ ގޮތުގައި އެ ޕްލެޓްފޯމުގައި، އިންޑިއާގެ އުފެއްދުންތައް ވިއްކުމަށް މައި ކުންފުންޏާ އެކު ދިގު މުއްދަތުގެ ލައިސަންސް އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. ނަމަވެސް މިކަން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.
އިންޑިއާގެ ކޮމާސް މިނިސްޓަރު ޕިއުޝް ގޯޔަލް މިދިޔަ ޑިސެމްބަރު މަހު ވިދާޅުވެފައި ވަނީ ޝީއިން އަލުން އިންޑިއާގެ މާކެޓަށް ހުއްދަ ދިނީ ހަރުކަށި ޝަރުތުތަކަކާ އެކު ކަމަށާއި އޭގެ ތެރޭގައި ހުރިހާ ޑޭޓާއެއް އިންޑިއާގައި ރައްކާކުރުން ހިމެނޭ ކަމަށެވެ.
އިންޑިއާގައި 2020 ވަނަ އަހަރު ޝީއިން އާއި ޓިކްޓޮކް ފަދަ ޗައިނާގެ ގިނަ އެޕްލިކޭޝަންތަކެއް މަނާކުރި އެވެ. އޭރު ބުނެފައިވަނީ އެއީ ޑޭޓާ ސެކިއުރިޓީގެ ކަންބޮޑުވުންތަކާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށެވެ. އެކަމަކު އެ ނިންމުން އައީ ދެ ގައުމުން އިމުގެ މައްސަލައިގައި ހިޔާލު ތަފާތުވާ ހިމާލިއާ ބޯޑަރު ސަރަހައްދުގައި ދެ ގައުމުގެ އަސްކަރިއްޔާއާ ދެމެދު ހިނގި ކުރިމަތިލުންތަކަކަށް ފަހު އެވެ.
ހުކުރު ދުވަހުގެ ރޭ އިންޑިއާގައި ޝީއިން އަލުން ދޫކޮށްފައި ވާއިރު މިހާތަނަށް އެތައް ހާސް ބަޔަކު ވަނީ ޑައުންލޯޑްކޮށްފަ އެވެ. އޭގައި 199 ރުޕީސް (2.30 ޑޮލަރު) އިން ފެށިގެން ހެޔޮ އަގުތަކުގައި ފެޝަންގެ އެކި އުފެއްދުންތައް ލިބެން އެބަހުއްޓެވެ.
ޝީއިން އިން މިވަގުތު ޑެލިވަރީ ކޮށްދެނީ ހަމައެކަނި ދިއްލީ، މުމްބާއީ އަދި ބެންގަލޫރުގަ އެވެ. ނަމަވެސް ވަރަށް އަވަހަށް އިންޑިއާގެ އެކި ކަންކޮޅުތަކުގައި ހިދުމަތް ދޭނެ ކަމަށް އެ އެޕްލިކޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މިދިޔަ ދިހަ ވަރަކަށް އަހަރުތެރޭ މުޅި ދުނިޔެއަށް މަޝްހޫރުވި ޝީއިން އިން 150 ގައުމަކަށް މުދާ ފޮނުވައިދެ އެވެ.
އުތުރުތިލަފަޅަށް ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް
ބަންގްލާދޭޝްއަށް ޗައިނާގެ ހޮސްޕިޓަލްތަކެއް ހާއްސަކުރަނީ
ރާއްޖެ-ޗައިނާ އެފްޓީއޭއާ މެދު އިންޑިއާގެ ނުތަނަވަސްކަން
އިންޑިއާ-ޗައިނާގެ ވައިގެ ދަތުރުތައް އަލުން ފަށަނީ
ދަނޑުވެރިކަމުގެ މަޝްރޫއު ފުށިދިއްގަރުފަޅަށް ބަދަލުކޮށްފި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
"އިންޑިއާ-ޗައިނާ މަޝްވަރާކޮށް ގުޅުން ބަދަހިކުރަންޖެހޭ"
އިމުގެ މައްސަލާގައި އިންޑިއާ-ޗައިނާ އެއްބަސްވުމަކަށް
"ގައުމުތަކުން އެހީވަނީ ރިފޯމް އެޖެންޑާ ހަރުދަނާ ވީމާ"
އިންޑިއާ/ޗައިނާގެ މުދަލަށް ރުފިޔާ ދެއްކޭ ގޮތް ހަދަނީ