ހދ. ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި، ވިއްސަކަށް ގެއަށް މިއަދު ފެން ވަދެ ގެއްލުން ލިބުނު އިރު، ހަތަރު ގެއެއްގައި މީހުން ދިރިނޫޅެވޭ ވަރުވެފައިވާ ކަމަށް އެ ރަށު ކައުންސިލުން މިރޭ ބުނެފި އެވެ.
04 ޖޫން 2019
ހދ. ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި، ވިއްސަކަށް ގެއަށް މިއަދު ފެން ވަދެ ގެއްލުން ލިބުނު އިރު، ހަތަރު ގެއެއްގައި މީހުން ދިރިނޫޅެވޭ ވަރުވެފައިވާ ކަމަށް އެ ރަށު ކައުންސިލުން މިރޭ ބުނެފި އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން "މިހާރު" އަށް ވިދާޅުވީ މިއަދު މެންދުރު ފަހު ކުރި ވިއްސާރައިގައި ކުޅުދުއްފުށީގެ މަގުތަކުގައި ފެން ބޮޑުވެފައިވާ ކަމަށެވެ. އަދި އާންމު ދަތުރުފަތުރުތަކަށް ވެސް ހުރަސް އެޅިފައިވާ ކަމަށް ވެސް އަބްދުއްލަތީފް ވިދާޅުވި އެވެ.
"ފެން ވަނުމުގެ ސަބަބުން، ހަތަރު ގެއެއްގައި ދިރިއުޅޭ މީހުންނަށް ނިދާ ނުލެވޭނެތީ އެހެން ގެތަކަށް މިހާރު ވަނީ ބަދަލުކޮށްފައި. ބާކީ ހުރި ގެތަކަށް މާ ބޮޑެތި ގެއްލުމެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
ބައެއް ގޭގޭގެ ކަރަންޓު ބައެއް ސާމާނާއި އެނދާއި އަލަމާރި ފަދަ ބައެއް ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް އަބްދުއްލަތީފް ވިދާޅުވި އެވެ.
މީގެ އިތުރުން، ނަރުދަމާގެ ނިޒާމް ފެއިލްވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކަށް ނަޖިހުގެ އަސަރު ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަބްދުއްލަތީފް ވިދާޅުވި ގޮތުގައި ގެއްލުން ލިބުނު އާއިލާތަކަށް ޑިޒާސްޓާ މެނޭޖްމަންޓުން އެހީތެރިކަން ފޯރުކޮށްދޭން ވަނީ ފަށައިފަ އެވެ.
އަދި ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ މި ފަހަކަށް އައިސް މި ރަށަށް އެންމެ ބޯކޮށް ވާރޭ ވެހުނު އެއް ފަހަރު،" އަބްދުއްލަތީފް ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރަ 4-5 ދުވަހަށް ދުވަހަށް ދެމިގެން ހިނގައިދާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ވަނީ މިއަދު ބުނެފަ އެވެ. މޫސުން ގޯސްވެ، ރާއްޖޭގެ ކަނޑުތައް ގަދަވާނެތީ މޫސުމާ ބެހޭ އިދާރާ އިން ވަނީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެގެން ދަތުރު ކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.
އާދަޔާ ހިލާފަށް ގަދަ، ހޯރަފުށީ އެއާޕޯޓަށް ރާޅު އަރަނީ
ފެންބޮޑުވެ ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީހިޔާއަށް
ގިނައިން ވާރޭ ވެހުނު ކަމުގެ ރެކޯޑު ދިއްފުއްޓަށް
މޫސުން ގޯސް، ބޮޑު ސަރަހައްދަކަށް އޮރެންޖު އެލާޓް!
މާލޭގެ ބައެއް ސަރަހައްދުތައް ފެނު އަޑީގައި
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވެ ތިބެން އިލްތިމާސްކޮށްފި
މާދަމާއިން ފެށިގެން އަނެއްކާވެސް މޫސުން ގޯސްވާނެ
މާލޭގެ ގޭގޭގައި ނަޖިސް ލީކުވެ ދިރިއުޅުމަށް ދަތިވެއްޖެ
މިއަދު ވެސް ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް!