05 ޖޫން 2019
ހުޅުމާލޭގެ ގެއަކުން ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު އިއްޔެ ރޭ ފުލުހުން ހައްޔަރު ކުރި ދެމީހުން ކޯޓުން ދޫކޮށްލުމުން ދެ ވަނަ ފަހަރަށް ހައްޔަރު ކުރުމުން ވެސް ކޯޓުން އެ މީހުން ދޫކޮށްލައިފި އެވެ.
ހުޅުމާލޭގެ ގެއަކުން ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު އިއްޔެ ރޭ ފުލުހުން ހައްޔަރު ކުރި ދެމީހުން ކޯޓުން ދޫކޮށްލުމުން ދެ ވަނަ ފަހަރަށް ހައްޔަރު ކުރުމުން ވެސް ކޯޓުން އެ މީހުން ދޫކޮށްލައިފި އެވެ.
އެ މީހުން ދޫކޮށްލިކަން ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް އެއީ ކީއްވެ ކަމެއް އަދި ނޭނގެ އެވެ. އެ މީހުން ދޫކޮށްލީ ހުޅުމާލޭ ކޯޓުގެ އަމުރަކަށް އަލުން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަން މިއަދު ހުޅުމާލޭ ކޯޓަށް ގެންދިއުމުންނެވެ.
ފުލުހުން ބުނީ ބަންދުން ދޫކޮށްލި ސަބަބެއް ކޯޓުން ސާފުކުރުމަށެވެ.
ހުޅުމާލޭ ގެޔަކުން އިއްޔެ ރޭގެ ވަގުތެއްގައި ތިން ކިލޯ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރީ 25 އަހަރުގެ ފިރިހެނަކާއި 52 އަހަރުގެ އަންހެނެކެވެ. ނަމަވެސް އެ ގެ ފާސްކުރުމަށާއި މީހުން ހައްޔަރުކުރަން ހުޅުމާލޭ ކޯޓުން ނެރުނު އަމުރުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ކަންކަން ފުރިހަމަވެފައި ނެތުމުން ކްރިމިނަލް ކޯޓުން އެ މީހުން އިއްޔެ އެ މީހުން ދޫކޮށްލީ ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް އެ މީހުން ހާޒިރުކުރުމުންނެވެ.
މި ދެ މީހުން އަލުން ހައްޔަރުކުރީ، ފުލުހުން ބުނި ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން ރޭ މެންދަމުން އަލިވެ 3:17 ހާ އިރު، އެ މީހުން ދިރިއުޅޭ ގެއިންނެވެ. މިފަހަރު މި މީހުން ހައްޔަރުކުރި އަމުރު ނެރުނީ ކޮން ކޯޓަކުން ކަމެއް ފުލުހުން ނުބުނެ އެވެ.
ބަންދުގައި ބައިތިއްބަން އަމުރު ނެރެވެން ނެތް ކަމަށް ބުނެ، މައްސަލާގައި ހިމެނޭ އެކަކަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި އޮތީ އެ މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ކަމަށް ބުނެފައި ވާއިރު، އޭނާ އަށް ދިން އަމުރުގެ ކޮޕީގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 41 ވަނަ މާއްދާގެ (ށ) ގައި ބުނާ، ކޯޓު އަމުރެއްގައި ހުންނަން ޖެހޭ ކަންކަން ފުރިހަމަވެފައި ނެތް ކަމަށެވެ. އެހެންވެ އެ މީހާ ހައްޔަރުކުރީ ސައްހަ ކޯޓު އަމުރެއްގެ ދަށުން ކަމަށް ނުވާތީ ބަންދުގައި ބަހައްޓަން އަމުރު ކުރެވެން ނެތް ކަމަށް ގާޒީ ނިންމެވީ އެވެ. މި މާއްދާގައި ބުނާ ކަންކަމުގެ ތެރެއިން ކޯޓު އަމުރުގައި ނެތީ ހުއްދަ ދޭ ފަނޑިޔާރުގެ ނަން ކަމަށް އެނގިފައިވެ އެވެ.
ބޮޑު އޮޕަރޭޝަނެއްގައި 11ކިލޯގެ ކެނަބިސް އަތުލައިގެންފި
ޑްރަގް އޮޕަރޭޝަނެއްގައި 12 މީހުން ހައްޔަރުކޮށްފި
ޑްރަގް އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށްފި
ކުއްތާ ބޭނުންކޮށްގެން ހުޅުމާލޭގައި ޑްރަގުގެ އޮޕަރޭޝަނެއް
ޑްރަގްގެ މައްސަލައިގެ ދެ މީހުންގެ ބަންދު އިތުރުކޮށްފި
ޑްރަގާއެކު ހައްޔަރު ކުރި މީހުންގެ ފޮޓޯ އާންމުކޮށްފި
ފިލްމީ ތަރި މަލް އަށް އިތުރު ދައުވާއެއް ކޮށްފި
ބަންދަށް އެދުނީ މައްސަލަ ބަލާ އޮފިސަރު: ޕޮލިސް
10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
ދެ ޒުވާނުންގެ މަރުގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް