ބޭރުގެ އިއްޒަތްތެރިންނަށް، ދައުލަތުން މިހާރު ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަރުއްވައިފި އެވެ.
ބޭރުގެ އިއްޒަތްތެރިންނަށް، ދައުލަތުން މިހާރު ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަރުއްވައިފި އެވެ.
މި ޝަރަފް މޯދީ އަށް އެރުވީ ވެރިކަމުގެ ދެ ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެން ރަސްމީ ފުރަތަމަ ދަތުރުފުޅުގައި މިއަދު ރާއްޖެ އަށް ވަޑައިގަތުމުންނެވެ. ދެ ގައުމުގެ ރަސްމީ ވާހަކަތަކަށް ފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ނިޝާން އިއްޒުއްދީންގެ ޝަރަފްގެ ސޭޝް މޯދީގެ ކަރުފުޅުގައި އަޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި ބޮޑުވަޒީރާ އެކު ވަޑައިގަތް ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
#WATCH President of Maldives, Ibrahim Mohamed Solih confers upon PM Narendra Modi, Maldives' highest honour accorded to foreign dignitaries, 'The Most Honourable Order of the Distinguished Rule of Nishan Izzuddeen'. pic.twitter.com/dzl79XZXzN
— ANI (@ANI) June 8, 2019
މޯދީ އަށް އިއްޒަތް އަރުވަނީ
ރައީސަށް ގާނޫނުއަސާސީގެ ދަށުން ލިބިދޭ ބާރުގެ ދަށުން މި ޝަރަފް މޯދީއަށް އަރުވަން ނިންމީ، ރައީސް އޮފީހުން ބުނިގޮތުގައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށެވެ. އަދި ގައުމުގެ ކުރިއެރުމަށާއި ދިވެހި ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް މޯދީ ދެއްވާ ހާއްސަ އަހައްމިއްޔަތާއި އެކި ރޮނގުރޮނގުން ރާއްޖެއަށް ދެމުން އަންނަ ދީލަތި އެހީތެރިކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް މީގެ ކުރިން ވެސް ބޭރުގެ ބައެއް އިއްޒަތްތެރިންނަށް ވަނީ އަރުވާފަ އެވެ. އެ ގޮތުން އެންމެ ފުރަތަމަ މި ޝަރަފް އެރުވީ މާޗު 15، 1972 ގައި، އިނގިރޭސި ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް ނުވަތަ ޑިއުކް އޮފް އެޑިންބަރާ އަށާއި އޭނާގެ ބޮޑުބޭބެ އާލް މައުންޓްބެޓަންއަށެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ އަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު މިއަދު އެރުވުމަށް ފަހު، އެމަނިކުފާނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
އޭގެ ފަހުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޮކްޓޯބަރު 30، 1984 ގައި ދެކުނު ކޮރެއާގެ ރައީސް ޗުންޑޫ ހުވާން އަށާއި ނޮވެމްބަރު 16، 1989 ގައި ކޮމަންވެލްތުގެ ސެކެރެޓަރީ ޖެނެރަލް ޝްރީދަތު ރާމްޕާލްއަށް އެރުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ވަނީ ޑިސެމްބަރު 2، 2009 ގައި، ފޯ ސީޒަން ގްރޫޕްގެ ވެރިޔާ ސައުދީ އަރަބިއްޔާގެ ޕްރިންސް އަލްވަލީދު ބިން ތަލާލް ބިން އަބްދުލްއަޒީޒް އާލްސައުދަށް ވެސް އެ ލަގަބު އަރުވައިފަ އެވެ.
މި ޝަރަފް އެންމެ ފަހުން އެރުވީ 2013 ގައި، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި، ފަލަސްތީނުގެ ރައީސް ޑރ. މަހުމޫދު އައްބާހަށެވެ.
އިންޑިއާގެ ކޮންސިއުލޭޓާއެކު އައްޑޫ ތަރައްގީވުން، ޖޯކެއް
އިންޑިއާއަކީ ދުނިޔެއަށް އުއްމީދެއް: ރައީސް
ރާއްޖެ އަށް އެހީވާން އިންޑިއާ އޮންނާނީ ތައްޔާރަށް:މޯދީ
"މިއީ ތެދުވެރި އެކުވެރިއެއް، ގާތް ކަމަށް ޝުކުރިއްޔާ"
އިންޑިޔާ އާއި ރާއްޖޭން އެމްއޯޔޫތަކެއްގައި ސޮއިކޮށްފި
ރައީސަށް މޯދީ ރަމްޒީ ކްރިކެޓް ބެޓެއް ހަދިޔާކުރައްވައިފި
އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖޭގައި 14 މަޝްރޫއެއް
މޯދީގެ ދަތުރުގައި މުހިއްމު ދެ މަޝްރޫއު އިފްތިތާހުކުރަނީ
ރާއްޖެ-އިންޑިއާ ގުޅުމުގެ އަގު ވަޒަންކުރަން: މޯދީ
ރައީސް، އިންޑިއާއަށް ފުރާވަޑައިގެންފި