އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ގައުމުން ހަ އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
08 ޖޫން 2019
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ގައުމުން ހަ އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މޯދީ ރައީސް އޮފީހުގައި ބޭއްވެވި ރަސްމީ ވާހަކަފުޅުތަކަށް ފަހު ދެ ގައުމުން ސޮއިކުރި މެމަރަމް އޮފް އަންޑަސްޓޭންޑިން )އެމްއޯޔޫ( ގައި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ސަންޖޭ ސުދިރެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެއްބަސްވުން ގާއިމްކުރާ ދާއިރާއާ ގުޅުން ހުރި ދާއިރާތަކުގެ ވެރިންނެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު މިއަދު ސޮއިކުރި އެއް އެމްއޯޔޫއަކީ ހައިޑްރޯގްރަފީގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެކެވެ. ހައިޑްރޯގްރަފީއަކީ ކަނޑުތަކާއި ކޯރުތަކާއި ކުޅިތައް ދިރާސާކޮށް ޗާޓް ކުރެހުމުގެ ދާއިރާ އެވެ. ސޮއިކުރި އެމްއޯޔޫގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއް އެމްއޯޔޫއަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ކާގޯ އަދި ޕެސެންޖާ ފެރީގެ ހިދުމަތް ފެށުމުގެ އެއްބަސްވުމެވެ. އެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ.
ކަސްޓަމްސްގެ ދާއިރާއިން އެއްބާރުލުމުގެ އެމްއޯޔޫއަކާއި ސިވިލް ސާވަންޓުން ތަމްރީނު ކުރުމުގެ އެމްއޯޔޫއަކާއި ސިއްހީ ދާއިރާއިން އެއްބާރުލުމުގެ އެމްއޯޔޫއެއްގައި ވެސް ސޮއިކުރި އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު އަސްކަރީ ދާއިރާއިން ސޮއިކުރީ ސަރަހައްދުގައި ދަތުރުކުރާ ކޮމާޝަލް އުޅަނދުތަކާ ބެހޭ މައުލޫމާތު ހިއްސާކުރުމުގެ އެމްއޯޔޫއެއްގަ އެވެ. "އެގްރިމެންޓް އޮން ޝެއަރިން ވައިޓް ޝިޕިން އިންފޮމޭޝަން ބިޓްވީން އިންޑިއަން ނޭވީ އެންޑް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް"ގެ ނަމުގައި ގާއިމް ކުރި އެ އެމްއޯޔޫގައި ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.
އެމްއޯޔޫތަކުގައި ސޮއި ކުރުމަށް ފަހު މޯދީ އާއި ރައީސް ވަނީ މާފިލާފުށީގައި ގާއިމްކޮށްފައިވާ ކޮމްޕޮސިޓް ޓްރޭނިން ސެންޓަރާއި ކޯސްޓަލް ސަވައިލެންސް ރާޑާ ސިސްޓަމް އިފްތިތާހުކޮށް ދެއްވައިފަ އެވެ. އެ ކަންތައް ކުރިއަށް ގެންދެވީ ރިމޯޓް ލިންކަކުންނެވެ.
ރައީސް، އަންނަ މަހު އިންޑިއާ އަށް ވަޑައިގަންނަވަނީ
ރައީސާއި މޯދީ ޕްރޮޖެކްޓްތަކުގެ މަޝްވަރާ ކުރައްވައިފި
އިންޑިއާގެ ކޮންސިއުލޭޓާއެކު އައްޑޫ ތަރައްގީވުން، ޖޯކެއް
އިންޑިއާގެ ބޭނުމަކީ ދެކުނަށް އަތްގަދަކުރުން؟
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހަދަނީ
އިންޑިއާއަކީ ދުނިޔެއަށް އުއްމީދެއް: ރައީސް
ރާއްޖެ-ކޮޗިން ފެރީ ދަތުރުތައް 3 މަސްތެރޭގައި ފަށަނީ
އިންޑިއާއަކީ ހަގީގީ އެކުވެރިއެއްކަން ދައްކައިދީފި:ރައީސް
ރާއްޖެ އަށް އެހީވާން އިންޑިއާ އޮންނާނީ ތައްޔާރަށް:މޯދީ
"މިއީ ތެދުވެރި އެކުވެރިއެއް، ގާތް ކަމަށް ޝުކުރިއްޔާ"