Roadha Mihaaru
ހަތަރު ދުވަހުން "ބާރަތު" އަށް 100 ކްރޯޑް

ހަތަރު ދުވަހުން "ބާރަތު" އަށް 100 ކްރޯޑް

10 ޖޫން 2019

ރިލީޒް ކުރިތާ ހަތަރު ދުވަހުގެ ތެރޭގައި ސަލްމާން ހާންގެ އެންމެ ފަހުގެ ފިލްމު "ބާރަތު" 100 ކްރޯޑް ރުޕީސް (14 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރިލީޒް ކުރިތާ ހަތަރު ދުވަހުގެ ތެރޭގައި ސަލްމާން ހާންގެ އެންމެ ފަހުގެ ފިލްމު "ބާރަތު" 100 ކްރޯޑް ރުޕީސް (14 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައިފި އެވެ.

ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި މި މަހުގެ 5 ވަނަ ދުވަހު ރިލީޒް ކުރި ފިލްމަށް ހޮނިހިރު ދުވަހާ ހަމައަށް އިންޑިއާ އިން އެކަނި ލިބުނު އާމްދަނީ ވަނީ 122.20 ކްރޯޑް ރުޕީސް (17,322,623 ޑޮލަރު) ހޯދައިފަ އެވެ.

"ބާރަތު" އަކީ މި އަހަރު އެންމެ ރަނގަޅު ފެށުމެއް ވެސް ލިބުނު ފިލްމެވެ. ފިލްމު ރިލީޒްކުރި ދުވަހު އެކަނި ވެސް 42.30 ކްރޯޑް ރުޕީސް (6,096,064.50 ޑޮލަރު) ލިބިފައިވެ އެވެ.

ކުރިން އެ މަގާމު އޮތީ އެޕްރީލް މަހު ރިލީޒް ކުރި ކަރަން ޖޯހަރުގެ "ކަލަންކް" ގެ އަތުގަ އެވެ. އެ ފިލްމު ވަނީ ރިލީޒް ކުރި ދުވަހު އެކަނި 21.60 ކްރޯޑް ރުޕީސް (3,112,884 ޑޮލަރު) ހޯދައިފަ އެވެ.

ސަތޭކަ ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި "ބާރަތު" އަކީ 100 ކްރޯޑް ކުލަބުން ޖާގަ ހޯދި ސަލްމާންގެ 14 ވަނަ ފިލްމެވެ. އޭނާއަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން 100 ކްރޯޑް ރުޕީސްގެ ފިލްމުތައް އެންމެ ގިނަ އެކްޓަރު ވެސް މެ އެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރި "ބާރަތު" އަކީ ގައުމަށްޓަކައި ގުރުބާންވާ މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އަދި މި ފިލްމަކީ 2014 ގައި ރިލީޒް ކުރި ކޮރެއާ ފިލްމު "އޯޑް ޓް މައި ފާދާ" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

ސަލްމާނާ އެކު "ބާރަތު" ގެ ބަތަލާގެ ރޯލް ކުޅުނީ ކެޓްރީނާ ކެއިފެވެ.