ދުނިޔޭގެ މި އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން 'ޓްރޭޝްޓެގްއެމްވީ' ގެ ނަމުގައި ފެށި ކެންޕެއިންގެ ބައިވެރިންގެ ފަރާތުން އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ 'ސޭވް ދަ ބީޗް' އަށް 30،000ރ. މިއަދު ދީފި އެވެ.
13 ޖޫން 2019
ދުނިޔޭގެ މި އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން 'ޓްރޭޝްޓެގްއެމްވީ' ގެ ނަމުގައި ފެށި ކެންޕެއިންގެ ބައިވެރިންގެ ފަރާތުން އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ 'ސޭވް ދަ ބީޗް' އަށް 30،000ރ. މިއަދު ދީފި އެވެ.
ތިމާވެށި ރައްކާތެރިކޮށް، ރާއްޖޭގެ ގޮނޑުދޮށްތައް ސާފުކޮށް، ބަލަހައްޓާ ސޭވް ދަ ބީޗު ޖަމިއްޔާ އަށް ފައިސާގެ އެހީ ދިނީ ވިލިމާލޭގައި ބީއެމްއެލުން ބޭއްވި ހަފުލާއެއްގަ އެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، ޓްރޭޝްޓެގް ޗެލެންޖަށް ގިނަ ބައެއްގެ ފަރާތުން ތަރުހީބު ލިބުނު ކަމަށެވެ.
ސޭވް ދަ ބީޗަށް ބީއެމްއެލްގެ މުވައްޒަފުންގެ ފަރާތުން 30،000ރ. ދިންކަން އަންގައިދޭ ބޯޑަކާ އެކު އެ ޖަމިއްޔާގެ އިސް ބޭފުޅަކު މިއަދު ވިލިމާލޭގެ ބީޗް ސަރަހައްދުގައި ފޮޓޯ އަކަށް ހުއްޓިގެން.---ފޮޓޯ: ބީއެމްއެލް
"މިއަދު އަޅުގަނޑުމެން ފޯރުކޮށްދޭ އެހީތެރި ކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށްޓަށް ފައިދާކުރުވަނިވި ހަރަކާތްތަކެއް ހިންގުމަށް ދެވޭ އެހީތެރިކަމެއް. ޒުވާނުން އިސް ނަގައިގެން މިފަދަ މުހިންމު މަސައްކަތެއް ކުރާ ޖަމިއްޔާއަކަށް ބީއެމްއެލްގެ ނަމުގައި އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ވެސް މެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތް ކުރާ ބީއެމްއެލްގެ މުވައްޒަފުންނާއި މިދިޔަ ފިތުރު އީދު ބަންދަށް އެކި ރަށްރަށަށް ދިޔަ މުވައްޒަފުން އިސްނަގައިގެން ފެށި 'ޓްރޭޝްޓެގްއެމްވީ' ގައި ވަނީ ރަށްރަށް ސާފުކޮށް، ގެނެސްފައިވާ ރީތިކަން ހުށަހަޅައިދީފަ އެވެ. ސާފުކުރުމުގެ ކުރިން މާހައުލު އޮތް ގޮތް އަދި އެ އަށް ފަހު ނަގާފައިވާ ފޮޓޯތައް #ޓްރޭޝްޓެގްއެމްވީ މެދުވެރިކޮށް ސޯޝަލް މީޑިއާ ގައި ބީއެމްއެލް އިން ވަނީ ހިއްސާކޮށްފަ އެވެ.
މި ހަރަކާތް ތިމާވެއްޓާ ބެހޭ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވެސް ވަނީ އެންޑޯސް ކުރައްވައިފަ އެވެ.
ބީއެމްއެލްގެ ތިމާވެށި ކެމްޕެއިން 'ޓްރޭޝްޓެގްއެމްވީ'
ބީއެމްއެލްއިން ގްރީން ރިސޯޓް ފައިނޭންސިން ތައާރަފްކޮށްފި
ބީއެމްއެލްގެ ފެހި ޕްރޮޖެކްޓްގެ ރަށްތައް އިއުލާނުކޮށްފި
ހުޅުމާލޭގައި ބައިސިކަލް ކުއްޔަށް ދޭ ޕްރޮޖެކްޓެއް
ޗެންޕިއަންސް ލީގުގައި ދަނޑަށް އެރުމުގެ ފުރުސަތު
ބީއެމްއެލް އެޕާއި ޕޯޓަލްއިން ފިތުރު ޒަކާތް ދެއްކޭނެ
ބީއެމްއެލް "ރަން ފުރުސަތު" އިތުރު ތިން ފިހާރައެއްގައި
ސިކުންތުކޮޅެއްގެ ތެރޭގައި ބީއެމްއެލްގެ ކޮންމެ ހިދުމަތެއް
ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި
އެސްޓީއޯއާ ގުޅިގެން ބީއެމްއެލްގެ ހާއްސަ ޕްރޮމޯޝަނެއް