Roadha Mihaaru
ވަފުދަކުން ގޮސް ދެކުނު ގޮފީގެ ޝަރީއަތްތައް ހިންގަނީ

ފަނޑިޔާރުންގެ ވަފުދަކުން ދެކުނު ގޮފީގެ ޝަރީއަތްތައް ހިންގަން ފަށައިފި

16 ޖޫން 2019

ހައި ކޯޓުގެ ފަނޑިޔާރުންގެ ވަފުދަކުން، އެ ކޯޓުގެ ދެކުނު ގޮފީގެ ޝަރީއަތްތައް މިއަދު ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓުގެ ފަނޑިޔާރުންގެ ވަފުދަކުން، އެ ކޯޓުގެ ދެކުނު ގޮފީގެ ޝަރީއަތްތައް މިއަދު ފަށައިފި އެވެ.

ކޯޓުތަކުގެ ގާނޫނަށް 2014 ގައި ގެނައި އިސްލާހެއްގެ ދަށުން ހައި ކޯޓުގެ އުތުރާއި ދެކުނުގައި ގޮފިތައް ގާއިމް ކޮށްފައި ވާއިރު، ދެކުނު ގޮފި ހުންނަނީ އައްޑޫ ހުޅުމީދޫގަ އެވެ. ގޮފިތަކުގައި މައްސަލަ ބަލަނީ މާލޭގެ ހައި ކޯޓުގެ ފަނޑިޔާރުންގެ ވަފުދަކުން ގޮފިތަކަށް ގޮސްގެންނެވެ.

ހައި ކޯޓުން ބުނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ކޯޓުގެ ފަނޑިޔާރުންގެ ވަފުދެއް ދެކުނު ގޮފީގައި މައްސަލަތައް ބައްލަވާނެ ކަމަށެވެ. އެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

ހައި ކޯޓުގެ ގޮފިތައް ފުރަތަމަ އުފެއްދިއިރު އޮތީ ގޮފިތަކުގައި ދާއިމީކޮށް ފަނޑިޔާރުން ތިއްބަވާ ގޮތަށެވެ. އެކަމަކު އެގޮތަށް ބަދަލު ކުރުމުން މާލޭގެ ހައި ކޯޓުގައި ފަނޑިޔާރުން މަދުވެ، މައްސަލަތައް ކުރިއަށް ގެންދަން ދަތިތަކާ ކުރިމަތިވާން ފެށުމުން ސުޕްރީމް ކޯޓުން ފަހުން ހަމަޖެއްސީ ފަނޑިޔާރުން ގޮފިތަކުގައި ދާއިމީކޮށް ތިބުމުގެ ބަދަލުގައި މައްސަލަތައް ބެލުމަށް މާލެއިން ފަނޑިޔާރުންގެ ވަފުދުތައް ގޮފިތަކަށް ދާ ގޮތަށެވެ.