Roadha Mihaaru
އެހެން ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީ އަށް

ސުޕްރީމް ކޯޓުގެ އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

18 ޖޫން 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން އެ ކޯޓުގެ އެހެން ތިން ފަނޑިޔާރެއްގެ މައްސަލަ ވެސް ލިބިފައިވާ ކަމަށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން އެ ކޯޓުގެ އެހެން ތިން ފަނޑިޔާރެއްގެ މައްސަލަ ވެސް ލިބިފައިވާ ކަމަށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ބުނެފި އެވެ.

ޖޭއެސްސީން ބުނީ، އެ ތިން ފަނޑިޔާރުންގެ މައްސަލަތައް ބެލުމާ މެދު ކޮމިޝަނުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އެހެންވެ، އެއީ ކޮން ފަނޑިޔާރުންތަކެއް ކަމެއް އަދި ހުށަހެޅި މައްސަލަތަކުގެ ތަފުސީލެއް ޖޭއެސްސީ އަކުން އަދި ހާމައެއް ނުކުރެ އެވެ.

ޖޭއެސްސީން މިހެން ބުނި އިރު މިދިޔަ އަހަރުގެ ފެބްރުއަރީ އެކެއްގެ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ އެ ކޮމިޝަނަށް ހުށަަހެޅި ކަމަށް ކުރިން އަޑު ފެތުރެނެވެ. އެކަމަކު، އޭގެ ފަހުން ޖޭއެސްސީން އެކަން ދޮގުކުރި އެވެ.

ސުޕްރީމް ކޯޓުގެ އެހެން ތިން ފަނޑިޔާރަކާ ގުޅޭ ގޮތުން އަލަށް ހުށަހެޅި ތިން މައްސަލަ ބެލުމާ މެދު އަދި ގޮތެއް ނުނިންމައި އޮތް ނަމަވެސް އެ ކޯޓުގެ ފަނޑިޔާރު ޑީޑީގެ ފަސް މައްސަލައެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އެމަނިކުފާނަށް ތުހުމަތުކޮށް ފުރަތަމަ ހުށަހެޅި ދެ މައްސަލަ ބެލުން އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އެދިވަޑައިގެންނެވުމުން އެގޮތަށް އަމަލުކުރަން ޖޭއެސްސީން ވަނީ ނިންމައިފަ އެވެ. އެމަނިކުފާނަށް ތުހުމަތުކޮށް އާ ތިން މައްސަލައެއް ވެސް ލިބިފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުންޏެވެ. އަދި އެ ތިން މައްސަލަ ވެސް ބަލަން ނިންމާފަިއވާ ކަމަށް ޖޭއެސްސީން ބުންޏެވެ.