Roadha Mihaaru
އިންޑިއާގެ ޗެންނާއީ ފެނަށް ޖެހިއްޖެ

އިންޑިއާގެ ޗެންނާއީ ފެނަށް ޖެހިއްޖެ

19 ޖޫން 2019

ޗެންނާއި (ޖޫން 19) - އިންޑިއާގެ ދެކުނުގެ ޗެންނާއީގެ މައި ހަތަރު ރިޒޮވަޔާ އިން މުޅިން ފެން ހުސްވުމާ ގުޅިގެން އެ ސިޓީ ފެނަށް ޖެހިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޗެންނާއި (ޖޫން 19) - އިންޑިއާގެ ދެކުނުގެ ޗެންނާއީގެ މައި ހަތަރު ރިޒޮވަޔާ އިން މުޅިން ފެން ހުސްވުމާ ގުޅިގެން އެ ސިޓީ ފެނަށް ޖެހިއްޖެ އެވެ.

އިންޑިއާގެ ހަ ވަނަ އަށް އެންމެ ބޮޑު ސިޓީން ފެން ހުސްވުމާ ގާތަށް ޖެހުމުން، މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން އިތުރު ބޯހޯލްތައް ވަނީ ތޮރުފަން ފަށައިފަ އެވެ. ސަރުކާރުން ބަހައްޓާފައި ހުރި ޓޭންކްތަކުން ފެން ހޯދުމަށް އެތައް ބަޔަކު ކޮންމެ ދުވަހަކުވެސް ދިގު ކިޔޫތަކުގައި އެތައް ގަޑިއިރަކު ތިބެން ޖެހެ އެވެ. ފެން ނުލިބޭތީ ގިނަ ރެސްޓޯރެންޓްތައް ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ.

"މި ހާލަތުން ޗެންނާއީ ސަލާމަތްވާން އޮތް ހަމައެކަނި ގޮތަކީ ވާރޭ ވެހުން،" އެ ސިޓީގެ އޮފިޝަލަކު ބީބީސީ ޓަމިލް އަށް ވިދާޅުވި އެވެ.

ޗެންނާއީގައި ފެން ހޯދަން ފެން ލޮރީއެއްގެ ކައިރީ މީހުން ކިޔޫ ހަދައިގެން. --ފޮޓޯ:ގެޓީ އިމޭޖަސް

ޗެންނާއީގައި ފެން ހޯދަން ފެން ލޮރީއެއްގެ ކައިރީ މީހުން ކިޔޫ ހަދައިގެން. --ފޮޓޯ:ގެޓީ އިމޭޖަސް

ޗެންނާއީ އިން ފެން ހުސްވަން ފެށުމުން މީގެ ކުރިން ވެސް ވަނީ ބައެއް ހޮޓާތަކާއި ރެސްޓޯރެންޓްތައް ވަގުތީ ގޮތުން ބަންދު ކުރަން ފަށައިފަ އެވެ. ޗެންނާއީ މެޓްރޯ ސްޓޭޝަންތަކުގެ އެއާ ކަންޑިޝަންތައް ވެސް މިހާރު ވަނީ ނިއްވާލައިފަ އެވެ. ބައެއް އޮފީސްތަކުން ވަނީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރަން އަންގައިފަ އެވެ.

އައިޓީ ވޯކާސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ވިނޮތު ކަލިގާއި ވިދާޅުވީ ބައެއް މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރަން ބަލާއިރު ގޭގެއިން ވެސް ވަނީ ފެން ހުސްވެފައި ކަމަށެވެ. އެހެންވެ ކުރެވޭނެ ކަމެއް ދެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޗެންނާއީގައި ވަޅަކުން މީހުން ފެން ނަގަނީ. --ފޮޓޯ:ގެޓީ އިމޭޖަސް

ޗެންނާއީގައި ވަޅަކުން މީހުން ފެން ނަގަނީ. --ފޮޓޯ:ގެޓީ އިމޭޖަސް

ޗެންނާއީގެ ފެނާ ބެހޭ ޑިޕާޓްމަންޓުން ދަނީ ފެނުގެ މައްސަލަ އަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ޗެންނާއީ އަށް މީގެ ކުރިން ފެނުމުގެ މައްސަލަ ދިމާވާ ފަހަރުތަކުގައި ފެން ނަގަނީ ބިމުންނެވެ. ނަމަވެސް ބިމުން ފެން ނަގަން މި ފަހަރު އުނދަގޫވެފައި ވަނީ ފެނުގެ ލެވެލް ދަށްވުމުންނެވެ.

"އަވަސް މުއްދަތެއްގައި ވާރޭ ނުވެހިއްޖެ ނަމަ އަހަރެމެންގެ ކަންތައް ދިޔައީ،" އެ ސިޓީގެ އޮފިޝަލަކު ވިދާޅުވި އެވެ.