20 ޖޫން 2019
ޔުއެފާގެ އެހީގައި އެފްއޭއެމުން އަންނަ މަހު އައްޑޫގައި ބާއްވާ 15 އަހަރުން ދަށުގެ ޔޫތު ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގެ ފުޓްބޯޅައިގައި އުއްމީދީ މަސައްކަތެއް ކަމަށާއި މުސްތަގުބަލުގައި ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމާއި ސްޕޯޓްސް މިނިސްޓްރީން އެކުގައި މަސައްކަތްކުރުމުގެ ވިސްނުން އިސްކުރާނެ ކަމަށް އެ ދެ ތަނުން ބުނެފި އެވެ.
ޔުއެފާގެ އެހީގައި އެފްއޭއެމުން އަންނަ މަހު އައްޑޫގައި ބާއްވާ 15 އަހަރުން ދަށުގެ ޔޫތު ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގެ ފުޓްބޯޅައިގައި އުއްމީދީ މަސައްކަތެއް ކަމަށާއި މުސްތަގުބަލުގައި ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމާއި ސްޕޯޓްސް މިނިސްޓްރީން އެކުގައި މަސައްކަތްކުރުމުގެ ވިސްނުން އިސްކުރާނެ ކަމަށް އެ ދެ ތަނުން ބުނެފި އެވެ.
އައްޑޫގައި ބާއްވާ މުބާރާތް އިއުލާނުކުރުމުގެ ގޮތުން އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ބައިވެރިވެވަޑައިގެންނެވިއިރު، މިއީ މި ދެ ބޭފުޅުން އެކުގައި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފެނުނު ފުރަތަމަ ފަހަރެވެ.
އައްޑޫގައި އަންނަ މަހު 20-29 އަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ސައުދީ އަރަބިއްޔާ އާއި ލެޓްވިއާ އަދި ބޫޓާން އެވެ. މިއީ ޔުއެފާގެ އެހީގައި އެފްއޭއެމުން ގިނަ މަސައްކަތްތަކެއް ކޮށްގެން ލިބުނު މުބާރާތެއް ކަމަށް އެފްއޭއެމުން މައުލޫމާތުދެ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމުން ކުރާ މަސައްކަތުގައި މިނިސްޓްރީގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
"ދިވެހި ސަރުކާރާއި އެފްއޭއެމާ ގުޅިގެން ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދަން ކުރާ މަސައްކަތުގައި މިއީ ވަރަށް ހާއްސަ ދުވަހެއް. މިއީ ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި އޭޖް ގްރޫޕް (އުމުރުފުރާ)ގެ މުބާރާތެއް ރާއްޖޭގައި މި ގޮތަށް ބޭއްވޭ ފުރަތަމަ ފަހަރު. މީގެ ކުރިން އަޅުގަނޑު ހަނދާންވަނީ 1990 ގެ ކުރީކޮޅުގައޭ އުމުރު ފުރާގެ އިންޓަނޭޝަނަލް މުބާރާތެއް ބޭއްވިފައިވަނީ. މިއީ އަޅުގަނޑުމެން ޒުވާނުން އުފެއްދުމަށް މި ބޭނުންކުރާ ބެނާ ޓުވާޑްސް ފިއުޗާގެ ދަށުން ޒުވާން ޖީލުތަކެއް ބިނާކުރަން ކުރެވޭ މަސައްކަތެއް،" ބައްސާމް ވިދާޅުވި އެވެ.
ރާއްޖެ އަށް ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއް ގެންނަން މަސައްކަތްކުރާ ކަމަށާއި އެ ގޮތުން ސްޕޯޓްސް މިނިސްޓްރީގެ އެއްބާރުލުމާ އެކު އިތުރު މަސައްކަތްތަކެއް ކުރާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.
"އަންނަ އަހަރު ސާފްގެ 16 އަހަރުން ދަށުގެ މުބާރާތެއް ބޭއްވުމަށް މަސައްކަތް އެބަކުރަން. އަޅުގަނޑުމެން ބޭނުން ނެޝަނަލް އޭ ޓީމުގެ އިންޓަނޭޝަނަލް މުބާރާތް ވެސް މާލޭގައި ބާއްވަން. އެކަމަކު ބައެއް ކަހަލަ ކަންތައްތަކެއް ދިމާވެގެން ނުބޭއްވި މިދަނީ. މިއީ ފެށުމެކޭ އަޅުގަނޑު ދަންނަވާނީ،" ބައްސާމް ވިދާޅުވި އެވެ.
ސަރުކާރުން އަތޮޅުތެރޭގެ ފުޓްބޯޅައިގެ ކަންތައްތައް ރަނގަޅުކުރުމަށް ގެންގުޅޭ ސިޔާސަތަށް އެފްއޭއެމުން ތާއީދުކުރާ ކަމަށާއި މާލޭގެ ބަދަލުގައި ރާއްޖޭގެ އެކި ސަރަހައްދުގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމުގެ ވިސްނުން ވެސް ރަނގަޅުކަން ބައްސާމް ފާހަގަކުރެއްވި އެވެ.
"މާލޭން ބޭރަށް އެބަ ފޯކަސް އަންނަން ޖެހޭ. ހުރިހާ ކަމެއް މާލެ އަށް އޮތުމުގެ ބަދަލުގައި. ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާ އާއި ކުޅިވަރު ތަރައްގީ ކުރުމުގެ ޕްލޭނެއް އޮތީމަ ވަރަށް ގިނަ މުބާރާތްތަކެއް އަތޮޅު ތެރޭގައި އޮންނާނެ ކަމުގެ އުއްމީދު އެބައޮތް،" ބައްސާމް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު މަހުލޫފް (ކ) އާއި ބައްސާމް ސަލާމްކުރަނީ. -- ފޮޓޯ: އެފްއޭއެމް
ޔުއެފާއާ ގުޅިގެން ބާއްވާ މުބާރާތް އެންމެ ފުރަތަމަ ތާވަލުކުރީ މާލޭގައި ކުރިއަށް ގެންދިއުމަށެވެ. އެކަމަކު ގަލޮޅު ދަނޑުގައި ޖުލައި 26 ގެ ހަރަކާތްތައް ކުރިއަށްގެންދަން ނިންމާފައިވާތީ އެ މުބާރާތް އައްޑޫ އަށް ބަދަލުކުރަން ނިންމީ އެވެ. މިނިސްޓަރު މަހުލޫފު ވިދާޅުވީ އެ ގޮތަށް ދިމާވުމަކީ ހަގީގަތުގައި ލިބިގެންދިޔަ ހިތްހަމަ ޖެހުމެއް ކަމަށެވެ.
"އަޅުގަނޑު ވަރަށް އުފާވާކަމެއް އެއީ އަބަދު މާލޭގައި ކުރާ ކަންތައްތައް މާލޭން ބޭރަށް ގެންދިއުމަކީ. މި ވަގުތު މި މުބާރާތް ބޭއްވެން އޮތީ އައްޑޫގައި. މިއީ ޒުވާން ޓީމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް. އެންމެ މުހިއްމު އެއް ބައެއްގެ ގޮތުގައި ވެސް މި ފެންނަނީ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް. އޭގެތެރެއިން ވީހާވެސް ގިނަ ފުރުސަތު ލިބުމަކީ އަޅުގަނޑުމެންގެ އެދުމަކީ. މިހެން ހުރި ހުރިހާ ކުޅިވަރެއްގައި އަޅުގަނޑުމެން ސަޕޯޓް ދޭނަން،" މަހުލޫފް ވިދާޅުވި އެވެ.
ޕްލޭނިން މިނިސްޓްރީން ގަލޮޅު ދަނޑުގެ ދެ ސިޑިބަރިއެއް ބޭނުންކުރުން ސަލާމަތީ ގޮތުން ރަނގަޅު ނޫން ކަމަށް ބުނެފައިވާއިރު، އެ ކަންތައްތައް އެންމެ ރަނގަޅަށް ދިރާސާ ކުރަމުން އަންނަ ކަމަށާއި ސަލާމަތީ ކަންތައްތައް އެ ގޮތަށް އޮއްވައި ގަލޮޅު ދަނޑުގެ އެ ދެ ސިޑިބަރި ބޭނުންނުކުރާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.
އައްޑޫގެ ހިތަދޫ ސްޓޭޑިއަމްގައި 2014 ވަނަ އަހަރު އޭއެފްސީ ޗެލެންޖް ކަޕްގެ މެޗުތަކެއް ކުޅުނުއިރު، އޭގެ ފަހުން 2015 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕްގެ މެޗުތައް ވެސް ކުރިއަށް ދިޔަ އެވެ. އޭގެ ފަހުން އެ ސްޓޭޑިއަމަށް ގެއްލުންތަކެއް ލިބިފައިވާއިރު، އަންނަ މަހު ބާއްވާ މުބާރާތަށް ގިނަ މަރާމާތުތަކެއް ވަނީ ކުރަން ޖެހިފަ އެވެ. މިނިސްޓްރީން އެކަމާ ހަވާލުވާން ނިންމާފައިވާއިރު، އެކަން ވަގުތު އޮއްވައި ނިމޭނެކަމަށް ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ފުޓްބޯޅަ އަށް ހަމައެކަނި އޮތް ހައްލަކީ ގަލޮޅު ދަނޑުކަމަށް ވެގެން ނުވާނެ ކަމަށް މަހުލޫފް ވަނީ ވިދާޅުވެފަ އެވެ. އަދި އެފްއޭއެމުން މިދިޔަ އަހަރު އިއުލާނުކޮށްފައިވާ ނެޗުރަލް ގްރާސް ދަނޑުތަކުގެ މަސައްކަތާއި ސަރުކާރުން އަޅާ ޓާފް ދަނޑުތަކުގެ ކަންތައްތައް ކުރިއަށްދާނީ ދެ ފަަރާތުގެ މެދުގައި މަޝްވަރާތަކެއް ކުރެވިގެން ކަމަށް ވެސް ވިދާޅުވި އެވެ.
"މިސާލަކަށް ދިއްދޫގައި އެފްއޭއެމުން ނެޗުރަލް ގްރާސް ދަނޑެއް އަޅާއިރު އަޅުގަނޑުމެން މިނިސްޓްރީން އެބައޮތް ޓާފް ދަނޑެއް އަޅަން ނިންމާފައި. މިނިސްޓްރީންނާއި އެފްއޭއެމުން މި ދަނީ މަޝްވަރާ ކުރަމުން މި ކަންތައްތަކާ ބެހޭގޮތުން. ވެވޭ އެއްބަސްވުމެއްގެ ދަށުން އެފްއޭއެމަށް ދަނޑުތައް ހަވާލުކުރެވިގެންދާނީ،" މަހުލޫފް ވިދާޅުވި އެވެ.
މުޅި ރާއްޖެ އަށް ބާއްވާ ލީގެއް ކުރިއަށްގެންދިއުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށާއި ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ބޭއްވުމަށް ކުރަން ޖެހޭ މަސައްކަތުގައި އެފްއޭއެމާއި ސަރުކާރު ގުޅިގެން މަސައްކަތްކުރަންޖެހޭކަން މަހުލޫފް ފާހަގަކުރެއްވި އެވެ.
އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރަން ބައެއް ކްލަބްތަކުން ކުރި މަސައްކަތުގައި މިނިސްޓަރު މަހުލޫފާ އެފްއޭއެމްގެ ލީޑަޝިޕާ ދެމެދު މައްސަލަތަކެއް ޖެހުނެވެ. މަހުލޫފް ވިދާޅުވީ އެކުގައި މަސައްކަތްކޮށްގެން ހުރި ކަންތައްތައް ރަނގަޅުކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ރަށްރަށަށް ދަނޑު، ފުޓްބޯޅައިގެ ބާރު މާލޭ ޓީމުތަކަށް
އެފްއޭއެމަށް ދަނޑެއް ނޭޅޭނެ، އުންމީދު ކަނޑާލައިފި!
ފުޓުބޯޅައިގެ މަޝްރޫއުތައް "ގުދަންކޮށްފައި"!
ފުޓުބޯޅަ ހަލާކުވެއްޖެ، ޒިންމާ ނަގާނެ ބަޔަކު ނެތް!
"އެފްއޭއެމްގެ ދަރަންޏަށް ސަރުކާރު ޒިންމާވާކަށް ނުޖެހޭ"
"އެފްއޭއެމްގެ ދަނޑުތައް ކުރިއަށް ނުދާތީ ކަންބޮޑުވޭ"
ކަސިޔަސްގެ އެކެޑަމީ ހުޅުވައިފި، ރާއްޖެއަށް އެހީ ލިބޭނެ
އެފްއޭއެމްގެ ދަނޑުތައް އަޅާނެ ރަށްރަށް އިއުލާންކޮށްފި
އޭއެފްސީ ކަޕްގެ ފިޔަވަޅުތައް މާ ރަނގަޅު: މަހްލޫފް
"ގަމުގައި އޭއެފްސީ ކަޕް މެޗު ކުޅުމުގެ ފުރުސަތު ބޮޑު"