Roadha Mihaaru
"ވެޖެޓޭރިއަން ވޯޓާ" ބޮޑު ޖޯކަކަށް

"ވެޖެޓޭރިއަން ވޯޓާ" ބޮޑު ޖޯކަކަށް

24 ޖޫން 2019

މަހުގެ ބާވަތްތައް ދޫކޮށްލައި، ވަރަށް ގިނަ މީހުންނަކީ މިހާރު ތަކުރާރީގެ ބާވަތްތަކުގެ ޑައިޓްތަކަށް ބަރޯސާވާ މީހުންނެވެ. އެގޮތުން ވެޖެޓޭރިއަނުންނަށް ހާއްސަ އުފެއްދުންތައް މިހާރު އާންމުކޮށް ގަންނަން ވެސް ލިބޭނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަހުގެ ބާވަތްތައް ދޫކޮށްލައި، ވަރަށް ގިނަ މީހުންނަކީ މިހާރު ތަކުރާރީގެ ބާވަތްތަކުގެ ޑައިޓްތަކަށް ބަރޯސާވާ މީހުންނެވެ. އެގޮތުން ވެޖެޓޭރިއަނުންނަށް ހާއްސަ އުފެއްދުންތައް މިހާރު އާންމުކޮށް ގަންނަން ވެސް ލިބޭނެ އެވެ.

އެކަމަކު މިއީ މިއީ މި ޒާތުގެ މުޅިން އާ "އުފެއްދުމެއް" ގެ ވާހަކަ އެވެ. ފެނެވެ. "ޕިޔޯ ވެޖެޓޭރިއަން ވޯޓާ" އެވެ. އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޕްރިސްޓީޖް ގްރޫޕުން ބޯފެން ފިލްޓާކުރާ ޕިއުރިފަޔާ "ލައިފް ސްޓްރޯ" ގެ އާ މޮޑެލެއް ވިއްކަން ފަށާފައި އިރު، އެ އުފެއްދުން ޕްރޮމޯޓް ކުރަނީ "ޕިޔޯ ވެޖެޓޭރިއަން ވޯޓާ" އުފައްދައިދޭ އެއްޗެއްގެ ގޮތުގަ އެވެ.

އެ ކުންފުނިން ނެރެފައިވާ އިޝްތިހާރެއް ވެސް ޓްވިޓާގައި ދައުރުވަމުން އަންނަ އިރު މި ޕިއުރިފަޔާ ސިފަކޮށްފައި ވަނީ "ޕިޔޯ އެންޑް ވެޖެޓޭރިއަން" ފެން ފޯރުކޮށް ދޭނެ އެއްޗެއްގެ ގޮތުގަ އެވެ.

ޕްރިސްޓީޖުން ބުނި ގޮތުގައި އާ ޕިއުރިފަޔާ އިން ސާފުކުރާ ފެނަކީ އެއްވެސް ވަރަކަށް ޖަރާސީމުގެ އަސަރު ނުހުންނާނެކަން ކަށަވަރުކޮށް ދޭނެ އުފެއްދުމެކެވެ. އެގޮތުން އާންމުކޮށް ފެން ކައްކައި ބޭނުން ކުރިޔަސް ޖަރާސީމު އެއްކޮށް ނައްތައި ނުލެވޭ ކަމަށް ބުންޏެވެ. އަދި ބާޒާރުގައި އާންމުކޮށް ވިއްކަން ހުންނަ ޕިއުރިފަޔާތަކުން ވެސް 100 ޕަސެންޓް ހައްލެއް ނުލިބޭ ކަމަށް ބުންޏެވެ.

ނަމަވެސް ޕްރިސްޓީޖްގެ އާ ޕިއުރިފަޔާއަކީ ޖަރާސީމުތަކުން ސައްތަ އިން ސައްތަ ސާފުކޮށް ދޭނެ އުފެއްދުމަކަށް ވާތީ މިއީ ސީދާ "ޕިޔޯ ވެޖެޓޭރިއަން ވޯޓާ" ކަމަށް ބުންޏެވެ.

ޕްރިސްޓީޖްގެ މި އިޝްތިހާރާ ގުޅިގެން ޓްވީޓާގައި ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ މިކަމަށް ޖޯކް ވެސް ޖަހަމުންނެވެ. ބައެއް މީހުން ބުނީ މާކެޓް ކުރަން އުޅުނަސް މި ދެން ބޮޑުވަރު ކަމަށެވެ.

އަދި އެއް ބަޔަކު ޕްރިސްޓީޖްގެ އިޝްތިހާރު ސިފަކޮށްފައި ވަނީ ކަސްޓަމަރުން ގުނބޯ ހައްދަންކޮށްފައިވާ ކަމެއްގެ ގޮތުގަ އެވެ.