Roadha Mihaaru
ރިސައިކަލް ކުރި ޕްލާސްޓިކުން ޕްރާޑާގެ ދަބަސް ކަލެކްޝަނެއް

ރިސައިކަލް ކުރި ޕްލާސްޓިކުން ޕްރާޑާގެ ދަބަސް ކަލެކްޝަނެއް ނެރެނީ

26 ޖޫން 2019

އިޓަލީގެ މަޝްހޫރު ފެޝަން ކުންފުނި ޕްރާޑާ އިން 2021 އިން ފެށިގެން، ރިސައިކަލް ކުރި ނައިލޮން ބޭނުން ކުރަން ނިންމައި، ކަނޑަށް އުކާލާފައިވާ ޕްލާސްޓިކް ރިސައިކަލްކޮށްގެން ތައްޔާރުކޮށްފައިވާ ދަބަސް ކަލެކްޝަނެއް ނެރެން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިޓަލީގެ މަޝްހޫރު ފެޝަން ކުންފުނި ޕްރާޑާ އިން 2021 އިން ފެށިގެން، ރިސައިކަލް ކުރި ނައިލޮން ބޭނުން ކުރަން ނިންމައި، ކަނޑަށް އުކާލާފައިވާ ޕްލާސްޓިކް ރިސައިކަލްކޮށްގެން ތައްޔާރުކޮށްފައިވާ ދަބަސް ކަލެކްޝަނެއް ނެރެން ތައްޔާރުވެއްޖެ އެވެ.

މޫދާއި ކަނޑަށް ކުނީގެ ގޮތުގައި އުކާލާފައި ހުރި ގިނަ އަދަދެއްގެ ޕްލާސްޓިކާއި މަސް ހިފާ ދަލާއި ޓެކްސްޓައިލް ފައިބަރު ރިސައިކަލްކޮށްގެން ނެރޭ ދަބަސް ކަލެކްޝަނަށް ދީފައިވާ ނަމަކީ "ރި-ނައިލޮން" އެވެ. ޕްރާޑާ އިން ބުނި ގޮތުގައި މި ކަލެކްޝަނުގެ ދަށުން ހަ ރޭންޖެއްގެ އަތްދަބަަސް ނެރޭނެ އެވެ.

ކަލެކްޝަނުގައި ބެލްޓް ބޭގް، ޝުޑާ ބޭގް، އަދި ދެ ވައްތަރެއްގެ ބެކްޕެކް ވެސް ހިމެނެ އެވެ.

ރިސައިކަލް ކުރި ނައިލޮން ބޭނުން ކުރުމާ ބެހޭ ގޮތުން ޕްރާޑާ ގްރޫޕްގެ މާކެޓިން އެންޑް ކޮމިއުނިކޭޝަން ހެޑް ލޮރެންޒޯ ބާޓެލީ "ބިޒްނެސް އޮފް ފެޝަން" އަށް ބުނީ ޓްރެޑިޝަނަލް ނައިލޮން ބޭނުން ކުރުން ހުއްޓައިލުމަކީ ދެމަހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދާނެ ކަމެއް ކަމަށެވެ.

"އަދި މީގެ ސަބަބުން ތިމާވެއްޓަށް ޕްޑާރާ އިން ދޭ ސަމާލުކަން ވެސް އިތުރަށް ބޮޑުވެގެން ދާނެ،" އޭނާ ބުންޏެވެ. "މިއީ ހަމަ އެކަނި އުފެއްދުންތައް މާކެޓް ކުރަން ކުރުމުގެ ގޮތުން ކުރާ ކަމެއް ނޫން. މިއީ ހަމަ ސީރިއަސްކޮށް ވެސް ތިމާވެއްޓަށް އެހީވުމުގެ ގޮތުން ކުރާ ކަމެއް."

ލޮރެންޒް ސިފަ ކުރި ގޮތުގައި ޕްރާޑާ އިން ރިސައިލް ކުރި ޕްލާސްޓިކް ބޭނުން ކުރަން ފެށުމަކީ ކުންފުނީގެ މަސައްކަތުގެ އާ ދައުރެއްގެ ފެށުމެވެ.

ރިސައިކަލް ކުރި ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ ނައިލޮންގެ ވައްތަރެއް ކަމަށްވާ "އެކޮނީލް" ބޭނުންކޮށްގެން މިހާރު ވެސް އުފެއްދުންތައް ފެޝަން ބްރޭންޑްތަކުގެ ތެރޭގައި އެޑިޑާސް، ޓްރަމްފް އަދި ސްޓެލާ މެކާޓްނީ ހިމެނެ އެވެ.

ޕްރާޑާ އިން ވަނީ އަންނަ އަހަރުން ފެށިގެން ޖަނަވާރުންގެ ކެހެރި ބޭނުން ކުރުން ހުއްޓައިލާކަން ވެސް މިދިޔަ އަހަރު އިއުލާންކޮށްފަ އެވެ.