ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކް މަނާކުރުމުގެ ލިސްޓުގެ ދަށުން މަނާކުރާ އެންމެ ފަހު ބާވަތް ކަމަށްވާ ޕްލާސްޓިކް ކުދި ފެންފުޅި މަނާކުރާ ތާރީހު 2028 ވަނަ އަހަރަށް ފަސްކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ. މިއީ އެ ތާރީހު ފަސްކުރި ތިން ވަނަ ފަހަރެވެ.
ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކް މަނާކުރުމުގެ ލިސްޓުގެ ދަށުން މަނާކުރާ އެންމެ ފަހު ބާވަތް ކަމަށްވާ ޕްލާސްޓިކް ކުދި ފެންފުޅި މަނާކުރާ ތާރީހު 2028 ވަނަ އަހަރަށް ފަސްކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ. މިއީ އެ ތާރީހު ފަސްކުރި ތިން ވަނަ ފަހަރެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައިވާ ގޮތުން އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިމީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުން މަނާވާނީ ޑިސެމްބަރު 1، 2027 އިން ފެށިގެންނެވެ. އެ ސައިޒުގެ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖޭގެ ބާޒާރަށް ނެރުން ދެން މަނާވާނީ ޖޫން 1، 2028 ގައި ކަމަށް ގަރާރުގައި ވެ އެވެ.
ކުރިން އަމަލު ކުރަން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން ނަމަ އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިމީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުން ވެސް އިއްޔެ އިން ފެށިގެން މަނާވާނެ އެވެ. އަދި ރާއްޖޭގެ ބާޒާރަށް ނެރުން މަނާވާނީ އޭރު ހަމަޖެއްސި ގޮތުން މާޗު 1، 2026 ގަ އެވެ.
މިއަދު ނެރުއްވި ގަރާރަށް އަމަލު ކުރަން ފެށުމާ އެކު، އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިމީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖޭގައި މަނާކުރުން ދެ އަހަރަށް ފަސްވީ އެވެ.
ރާއްޖެ އަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ، އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓެއް އެކުލަވާލީ ކުރީގެ ސަރުކާރުގަ އެވެ. އޭގެ ދަށުން އެކި ތާރީހުތަކަށް ބަހާލައިގެން ޖުމްލަ 14 ބާވަތެއްގެ ޕްލާސްޓިކް މަނާކުރަން ލިސްޓުގައި ކަނޑައަޅާފައިވެ އެވެ. އެންމެ ފަހުގެ ބާވަތަކަށް އޮތީ އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިމީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅި އެވެ.
އެ ލިސްޓުގައި ހިމެނޭ 14 ބާވަތުގެ ތެރެއިން 13 ބާވަތެއް މިހާރު ވަނީ މަނާކޮށްފަ އެވެ.
ޕްލާސްޓިކުގެ ބަދަލުގައި ބޭނުންކުރާނެ ތަކެތީގެ ދިރާސާއެއް
ވެށި ހިމާޔަތްކުރުމަކީ ގައުމީ ޒިންމާއެއް: ރައީސް
ޕްލާސްޓިކް ކުދި ފެންފުޅި މަނާކުރުން އަލުން ފަސްކޮށްފި
އަންނަ މަހުން ފަށައިގެން ކުދި ޕްލާސްޓިކް ފެންފުޅި މަނާ
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
ބަރަވެއްޔަށް ވެސް ޕްލާސްޓިކް ނޫން ގޮތެއް ބޭނުންވެއްޖެ
ޕްލާސްޓިކް ދިރާސާތަކުން ހައިރާންވާ ވަރުގެ އަދަދެއް!
ކެޔޮދޫ ސްކޫލުން 12،000 ކިލޯ ޕްލާސްޓިކް އެއްކޮށްފި
ކުޅިވަރަށް ހާއްސަ އުފެއްދުންތަކެއް ޕްލާސްޓިކް ފުޅިން
ސުޕާރީ ޕެކެެޓު އެތެރެކުރުން މިއަދުން ފެށިގެން މަނާ