Roadha Mihaaru
އައްޑޫ އާ ހޮސްޕިޓަލްގެ އެމްއާރްއައި މެޝިން ގެނެސްފި

އައްޑޫ އާ ހޮސްޕިޓަލްގެ އެމްއާރްއައި މެޝިން ގެނެސްފި

25 ޖޫން 2019

އައްޑޫ އާ ހޮސްޕިޓަލަށް ބޭނުންވާ އެމްއާރްއައި މެޝިން ރޭ ފަތިހު އައްޑު އަށް ގެނެސްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ އާ ހޮސްޕިޓަލަށް ބޭނުންވާ އެމްއާރްއައި މެޝިން ރޭ ފަތިހު އައްޑު އަށް ގެނެސްފި އެވެ.

ޗާޓަރުކޮށްގެން ގެނައި މެކްސިމަސްގެ ބިޔަ ކާގޯ ފްލައިޓެއްގައި އައްޑު އަށް އެމްއާރްއައި މެޝިން ގެނައި އިރު، އާ ހޮސްޕިޓަލް ހުޅުވުމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. އެގޮތުން އަންނަ އޮގަސްޓް މަހުގެ ތެރޭގައި ހުޅުވަން އަމާޒު ހިފާފައިވާ ހޮސްޕިޓަލްގެ އެކި ޑިޕާޓްމަންޓްތަކަށް ބޭނުންވާ ސާމާނު އިންސްޓޯލް ކުރުމުގެ މަސައްކަތްތައް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ އޮފިޝަލަކު ވިދާޅުވީ އާ ހޮސްޕިޓަލަށް ގެނައި އެމްއާރްއައި މެޝިން ވެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި މަސައްކަތްތައް މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާ އިރު، އާ ހޮސްޕިޓަލުން އޮގަސްޓް މަހުގެ ތެރޭގައި ހިދުމަތް ދޭން ފެށޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ވިދާޅުވި އެވެ.

ރޭ ފަތިހު ގަން އެއާޕޯޓަށް ޖެއްސި މެކްސިމަސްގެ ކާގޯ ފްލައިޓް. ފޮޓޯ/ ކިޔުންތެރިއެއް.

ރޭ ފަތިހު ގަން އެއާޕޯޓަށް ޖެއްސި މެކްސިމަސްގެ ކާގޯ ފްލައިޓް. ފޮޓޯ/ ކިޔުންތެރިއެއް.

އައްޑޫގައި ހުޅުވަން ތައްޔާރުވަމުން އަންނަ އާ ހޮސްޕިޓަލަކީ 100 އެނދުގަ ތަނެެކެވެ. އަދި މި ހޮސްޕިޓަލް ހިންގާނީ 2011 ގައި އައްޑޫގައި 17 ވަނަ ސާކް ސަމިޓް ބާއްވަން އިމާރާތް ކުރި އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގަ އެވެ.

އެ އިމާރާތްް ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް އެލިއާ ކޮންސްޓްރަކްޝަނާ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކުރީ ނޮވެމްބަރު 14، 2016 ގަ އެވެ.

ރޭ ފަތިހު ގަން އެއާޕޯޓަށް ޖެއްސި މެކްސިމަސްގެ ކާގޯ ފްލައިޓް. ފޮޓޯ/ ކިޔުންތެރިއެއް.

ރޭ ފަތިހު ގަން އެއާޕޯޓަށް ޖެއްސި މެކްސިމަސްގެ ކާގޯ ފްލައިޓް. ފޮޓޯ/ ކިޔުންތެރިއެއް.

އެޗްއާރްއެޗުން ބުނި ގޮތުގައި އާ ހޮސްޕިޓަލް ބޭނުން ކުރަން ފެށުމާ އެކު، މިހާރު ހިދުމަތް ދެމުން އަންނަ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ލިބިގެން ދާނެ އެވެ. އޭގެ ތެރޭގައި ޖާގައިގެ ދަތިކަމާއި އިމާރާތް ބާވުމާއި ވަސީލަތްތަކުގެ މައްސަލަ ހިމެނެ އެވެ.