އެސްޓީއޯއިން ކޮންމެ އަހަރަކު ބާއްވާ ވެއާހައުސް ސޭލް އަންނަ މަހުގެ 2-7 އަށް ބާއްވަން ނިންމައިފި އެވެ.
26 ޖޫން 2019
އެސްޓީއޯއިން ކޮންމެ އަހަރަކު ބާއްވާ ވެއާހައުސް ސޭލް އަންނަ މަހުގެ 2-7 އަށް ބާއްވަން ނިންމައިފި އެވެ.
އެހެން އަހަރުތަކޭ އެއްފަދައިން މި އަހަރުގެ ސޭލް ވެސް ބާއްވަނީ އަމީނީމަގުގައި ހުންނަ އެ ކުންފުނީގެ ސުޕަމާޓް ގުދަނުގަ އެވެ. ކޮންމެ ރެއެއްގެ 8:00 އިން 11:00 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވީ ނަމަވެސް ހުކުރު ހޮނިހިރު ދެ ދުވަހު ހަވީރު 4:00 އިން 6:00 އަށް މި ސޭލް ކުރިއަށް ދާނެ އެވެ.
މި ވެއާހައުސް ސޭލްގައި އިލެކްޓްރޯނިކް ސާމާނާއި ގޭތެރޭގެ ސާމާނުތަކުން 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އެގޮތުން ފިލިޕްސް އާއި ހިޓާޗީ އާއި، ނިޕޯން އަދި މަކިޓާ ބްރޭންޑްގެ ސާމާނު ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.
އެސްޓީއޯއިން ބުނީި ސޭލް ކުރިއަށްދާއިރު އެތަނަށް ޒިޔާރަތް ކުރާ ކޮންމެ މީހަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. އަދި ކޮންމެ ރެއަކު ނަސީބުވެރިން ހޮވާ ހާއްސަ އިނާމްތަކެއް ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން މީގެ ކުރިން ބޭއްވި ވެއާހައުސް ސޭލްތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.
އެސްޓީއޯގެ ވެއާހައުސް ސޭލް ފަށައިފި
ކާޑު ގުދަން އެހެން ތަނަކަށް ބަދަލުކުރަން ޖެހޭ: އަމްރު
އެސްޓީއޯ ކާޑު ގުދަން އިންޑަސްޓްރިއަލް ވިލެޖަށް
މަސްދަޅު ކޭސްތަކާއެކު އެމްއެސްއެސްގެ ބޯޓެއް ލަންކާއަށް
އެސްޓީއޯގެ ހޯލްސޭލް ސެންޓަރެއް ބާޒާރުމަތީގައި ހުޅުވައިފި
އެސްޓީއޯ އާއި ހިޓާޗީގެ ގުޅުމަށް 25 އަހަރު
"ޑައިސަން" ބްރޭންޑުގެ އުފެއްދުންތައް ރާއްޖެއަށް
ތިންވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަން ފައިދާ
ހޮޓެލް އޭޝިއާގައި އެސްޓީއޯގެ ހާއްސަ ސްޓޯލެއް
އެސްޓީއޯއިން މޭވާ ވިއްކަނީ ވާދަޔަކަށްނޫން: ސައީދު