ބޮޑެތި ޑިސްކައުންޓްތަކާ އެކު އެސްޓީއޯ އިން ކޮންމެ އަހަރަކު ބާއްވާ ވެއާހައުސް ސޭލް މިރޭ ފަށައިފި އެވެ.
03 ޖުލައި 2019
ބޮޑެތި ޑިސްކައުންޓްތަކާ އެކު އެސްޓީއޯ އިން ކޮންމެ އަހަރަކު ބާއްވާ ވެއާހައުސް ސޭލް މިރޭ ފަށައިފި އެވެ.
އެހެން އަހަރުތަކޭ އެއްފަދައިން މި އަހަރުގެ ސޭލް ވެސް ކުރިއަށް ގެންދަނީ އަމީނީމަގުގައި ހުންނަ އެ ކުންފުނީގެ ސުޕަމާޓުގެ ގުދަނުގަ އެވެ.
މި ފެއާ މިރެއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ރެއަކު 8:00 އިން 11:00 އަށް ކުރިއަށް ގެންދާނެ އެވެ.، ހުކުރާއި ހޮނިހިރު ދުވަހު ހަވީރު 4:00 އިން 6:00 އަށް ވެސް ސޭލް ހުޅުވިފައި ހުންނާނެ އެވެ.
އެސްޓީއޯ އިން ވިއްކާ ކަރަންޓު ސާމާނާއި ގޭގައި ހިފައި ގެންގުޅޭ ސާމާނުތަކުން ބޮޑެތި ޑިސްކައުންޓްތައް މި ސޭލް ގައި ލިބޭނެ އެވެ.
ފިލިޕްސް އާއި ހިޓާޗީ އާއި ނިޕޯން އަދި މަކިޓާ ބްރޭންޑްގެ ސާމާނު އެސްޓީއޯ އިން ވިއްކަ އެވެ.
ވެއާހައުސް ސޭލް ކުރިއަށް ގެންދާއިރު އެތަނަށް ޒިޔާރަތް ކުރާ ކޮންމެ މީހަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި ކޮންމެ ރެއަކު ހޮވޭ ނަސީބުވެރިންނަށް އަގުހުރި އިނާމުތަކެއް ލިބޭނެ އެވެ.
އެސްޓީއޯ ވެއާހައުސް ސޭލް އަންނަ މަހު ބާއްވަނީ
ކާޑު ގުދަން އެހެން ތަނަކަށް ބަދަލުކުރަން ޖެހޭ: އަމްރު
އެސްޓީއޯ ކާޑު ގުދަން އިންޑަސްޓްރިއަލް ވިލެޖަށް
މަސްދަޅު ކޭސްތަކާއެކު އެމްއެސްއެސްގެ ބޯޓެއް ލަންކާއަށް
އެސްޓީއޯގެ ހޯލްސޭލް ސެންޓަރެއް ބާޒާރުމަތީގައި ހުޅުވައިފި
އެސްޓީއޯ އާއި ހިޓާޗީގެ ގުޅުމަށް 25 އަހަރު
"ޑައިސަން" ބްރޭންޑުގެ އުފެއްދުންތައް ރާއްޖެއަށް
ތިންވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަން ފައިދާ
ހޮޓެލް އޭޝިއާގައި އެސްޓީއޯގެ ހާއްސަ ސްޓޯލެއް
އެސްޓީއޯއިން މޭވާ ވިއްކަނީ ވާދަޔަކަށްނޫން: ސައީދު