އެމްޑީޕީގެ އެންމެ ވަރުގަދަ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ ތެރޭގައި ހިމެނޭ ޝައްމޫން ޖަލީލް (ލޫކަސް) އާއި އަހްމަދު އަންވަރު (ސިމްވާ)ގެ އިތުރުން ވެސް ދެ މީހަކު ސިޔާސީ މަގާމްތަކަށް އައްޔަންކޮށްފި އެވެ.
26 ޖޫން 2019
އެމްޑީޕީގެ އެންމެ ވަރުގަދަ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ ތެރޭގައި ހިމެނޭ ޝައްމޫން ޖަލީލް (ލޫކަސް) އާއި އަހްމަދު އަންވަރު (ސިމްވާ)ގެ އިތުރުން ވެސް ދެ މީހަކު ސިޔާސީ މަގާމްތަކަށް އައްޔަންކޮށްފި އެވެ.
ހެރިޓޭޖް އެންޑް ކަލްޗަރަލް މިނިސްޓްރީގެ ޑިރެކްޓަރަކަށް ލޫކަސް ހަމަޖެއްސި އިރު، ސިމްވާ އައްޔަންކުރީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރަކަށެވެ. ޕްލޭނިން މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ސިޔާސީ މަގާމްތަކަށް ވެސް ދެ މީހަކު ހަމަޖައްސާފައިވެ އެވެ.
ތާރީޚާއި ތަރިކަ އަދި ޘަގާފަތާ ގުޅޭ މައުލޫމާތު އެއްކޮށް ލިޔުމުގެ މަސައްކަތް އަޅުގަނޑު ކުރާތާ އަހަރުތަކެއް ވެއްޖެ. ސަރުކާރުގައި މަސައްކަތްކުރުުމުގެ ދައުވަތުދެއްވައި @MACH_MV ގެ Cultural Heritage Director ކަމަށް އައްޔަންކުރެއްވުމަކީ ލިބުނު ހިތްވަރެއް، އުފަލެއް، ރައީސް @ibusolih ? pic.twitter.com/DjpgF4viVg
— Luke (@Lucasjalyl) June 26, 2019
ކުރީގެ ސަރުކާރުގައި ހިންގި އެކި ކަންކަމަށް ލޫކަސް އާއި ސިމްވާ ފާޑުކިޔައި ޓުވީޓް ކުރަން ފެށުމުން ޕޮލިހަށް ހާޒިރުކޮށް ސުވާލުކުރި އެވެ. ހައްޔަރު ކުރުމުގެ އިންޒާރު ލިބެެން ފެށުމުން އަމިއްލަ އަށް އަރުވާލެވިގެން ދިރިއުޅެމުން އައީ ސްރީ ލަންކާގަ އެވެ.
Economic ministry ge Senior Executive Director kamah Raees @ibusolih alhugand ayyan kurehvumaky libunu ufaleh. Magaam ge massooliyyathu adhaa kurumuga heevaagi kamaai eku dhemi hunnaanan. Shukuriyyaa Raees Solih ? pic.twitter.com/QFma6V3plO
— Sim (@Simwarr) June 26, 2019
އެ ގައުމުގައި ތިބެގެން ވެސް އެ ދެ މީހުން ދިޔައީ، ކުރީގެ ސަރުކާރުގެ އެކި ކަންކަމަށް ފާޑުކިޔައި އަދި ލަންކާގައި ސަރުކާރާ ދެކޮޅަށް ހިންގަމުން ދިޔަ ހަރަކާތްތަކުގެ މައުލޫމާތު އިދިކޮޅުގެ ސަޕޯޓަރުންނާ ހިއްސާކުރަމުންނެވެ. ދެ މީހުން ވެސް އެނބުރި ރާއްޖެ އައީ ސަރުކާރު ބަދަލުވުމުންނެވެ.
ވާދަވެރި ކެންޑިޑޭޓުގެ ކެމްޕޭން ވެސް ސަރުކާރު ތެރެއިން؟
އެމްޑީޕީން އެދުނު ބަޔަކު ސިޔާސީ މަގާމުތަކުން ވަކިކޮށްފި
ހައުސިން އުވާލުން: "ހިލުންގަނޑަކުން" ސަލާމަތްވުންތަ؟
ނަފްރަތު އުފައްދާ ވާހަކަތައް ހުއްޓުވަންޖެހޭ: އެމްޑީޕީ
މަބްރޫކް ރައީސް އޮފީހުގެ އިިސް މަގާމަކަށް
އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ބޯޑް އެކުލަވާލައިފި
ތުހުމަތުތައް ބަލައިދިނުމަށް އެދި އަފްޒަލް އޭސީސީއަށް
ފޮރިން ސެކްރެޓަރީއަކަށް ޣަފޫރު އައްޔަން ކުރައްވައިފި
ސްޓޭޓް މިނިސްޓަރު އަނީސް އިސްތިއުފާ ދެއްވައިފި
މަހުދީ ޓްރާންސްޕޯޓަށް، ނާފިޒު އިކޮނޮމިކް މިނިސްޓްރީއަށް