Roadha Mihaaru
ނިކެލޯޑިއަންގެ ޝޯތައް މިހާރު ދިރާގު ޓީވީން!

ނިކެލޯޑިއަންގެ ޝޯތައް މިހާރު ދިރާގު ޓީވީން!

26 ޖޫން 2019

ދުނިޔޭގެ އެއްވަނަ ކުޑަކުދިންގެ ޓީވީ ޗެނަލް ކަމަށްވާ ނިކެލޯޑިއަންގެ ޝޯތައް މިހާރު ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ޕްލެޓްފޯމް މެދުވެރިކޮށް ބެލޭނެ ކަމަށް ދިރާގުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދުނިޔޭގެ އެއްވަނަ ކުޑަކުދިންގެ ޓީވީ ޗެނަލް ކަމަށްވާ ނިކެލޯޑިއަންގެ ޝޯތައް މިހާރު ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ޕްލެޓްފޯމް މެދުވެރިކޮށް ބެލޭނެ ކަމަށް ދިރާގުން ބުނެފި އެވެ.

ނިކެލޯޑިއަންއަކީ ކުޑަކުދިންނާއި އާއިލާތަކުގެ މެދުގައި ބައިނަލް އަގްވާމީ ފެންވަރުގައި އެންމެ މަގުބޫލު އެއް ޗެނަލެވެ. ނިކެލޯޑިއަން އަކީ ވައިކޮމް އިންޓަނޭޝަނަލް މީޑިއާ ނެޓްވޯކްސްގެ ދަށުން ހިންގާ ޗެނަލެކެވެ.

ވީއޯޑީ އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުން ތަނެއްގައި ބަލާލުމުގެ ފުރުސަތު ފަހިވެފައިވާ ޒަމާނީ ޕްލެޓްފޯމެކެވެ.

ދިރާގު ޓީވީން މަސައްކަތްކުރަމުން ދަނީ ވީއޯޑީ ލައިބްރަރީ އިތުރަށް ފުޅާކޮށް، މުއްސަނދިކުރުމަށެވެ.

ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމަށް ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން ދިރާގު ޓީވީގެ "އިންޓްރޯ އޮފާ" އަދި "ބޭސިކް ޕެކޭޖް" ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް މި އަހަރުގެ ނިޔަލަށް ހިލޭ ބޭނުން ކުރެވޭނެ އެވެ.

ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމް ފަރުމާކޮށްފައި ވަނީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އެގޮތުން ދިރާގު ޓީވީގެ "ހޯމް ސްކްރީން" ގައި ވާ "ވީއޯޑީ" ޖަހާފައިވާ ބަޓަނަށް ފިއްތަވާލުމުން ވީއޯޑީ ކޮންޓެންޓްތައް ބެލޭނެ އެވެ.

ދިރާގު ޓީވީ ތަޢާރަފް ކުރިތާ ދެ އަހަރު ތެރޭ ރާއްޖޭގެ އާބާދީގެ 72 ޕަސެންޓަށް ޓީވީ ހިދުމަތް ވަނީ ފޯރުކޮށްދީފަ އެވެ.