29 ޖޫން 2019
މިއީ ތަމަޅަ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ގެ ޓެރަރިސްޓުންގެ ބަޔަކާ އެކު ރާއްޖެ އަރައި ދިވެހިންގެ އެތައް ބަޔަކު ޝަހީދުކޮށްލި މުޖުރިމެއްގެ ގޮތުގައި ތާރީޚުގައި ލިޔެފައިވާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީގެ މައްޗަށް އޯގަސްޓް 12، 1989 ގައި އޭރުގެ ހައި ކޯޓުން ކޮށްފައިވާ ހުކުމުގެ ހަނދާން އާކޮށްލުމެކެވެ. ނޮވެމްބަރު 3، 1988 ގައި ދިން އުދުވާނީ ހަމަލަޔާ ގުޅިގެން އުފުލި ދައުވާތަކުގެ ހުކުމް އިއްވި އިރު ލުތުފީގެ އުމުރަކީ 40 އަހަރެވެ. އޭނާގެ މައްޗަށް އޭރުގެ އެޓާނީ ޖެނަރަލް އޮފީހުން ދައުވާ ކުރީ މާޗް 7، 1989 ގަ އެވެ.
މިއީ ތަމަޅަ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ގެ ޓެރަރިސްޓުންގެ ބަޔަކާ އެކު ރާއްޖެ އަރައި ދިވެހިންގެ އެތައް ބަޔަކު ޝަހީދުކޮށްލި މުޖުރިމެއްގެ ގޮތުގައި ތާރީޚުގައި ލިޔެފައިވާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީގެ މައްޗަށް އޯގަސްޓް 12، 1989 ގައި އޭރުގެ ހައި ކޯޓުން ކޮށްފައިވާ ހުކުމުގެ ހަނދާން އާކޮށްލުމެކެވެ. ނޮވެމްބަރު 3، 1988 ގައި ދިން އުދުވާނީ ހަމަލަޔާ ގުޅިގެން އުފުލި ދައުވާތަކުގެ ހުކުމް އިއްވި އިރު ލުތުފީގެ އުމުރަކީ 40 އަހަރެވެ. އޭނާގެ މައްޗަށް އޭރުގެ އެޓާނީ ޖެނަރަލް އޮފީހުން ދައުވާ ކުރީ މާޗް 7، 1989 ގަ އެވެ.
ލިބެން ހުރި މައުލޫމާތަށް ބަލާއިރު ލުތުފީގެ އުމުރުން މިހާރު 69 އަހަރެވެ. އަންނަ ނޮވެމްބަރު 9 ގައި 70 އަހަރު ފުރޭނެ އެވެ.
ޖެނުއަރީ، 16، 2010 ގައި ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވުމުން ފިލައިގެން އުޅުމަށް ފަހު ލުތުފީ ވަނީ މިދިޔަ މެއި 1 ގައި، ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ގޮސް އަމިއްލައަށް އަމާންދީފަ އެވެ. އެކަމަކު އޭނާ ހަވާލުވި ކަމުގެ މައުލޫމާތު ސަރުކާރުން ސިއްރުކޮށް އަދި އޭނާ ރާއްޖެ އަށް ނުގެނެވިގެން އުޅޭ ކަމަށް ބުނާ ސަބަބުތަކާ ހެދި ފާޑުކިޔުންތައް ވަނީ ބޮޑުވެފަ އެވެ.
ލުތުފީގެ މައުލޫ އަލުން ފެށިފައި ވާތީ މި ލިޔެލަނީ ހުކުމުގެ ހުލާސާއެކެވެ.
"ދިވެހި ދައުލަތުގެ އެޓާނީ ޖެނެރަލްގެ ފަރާތްޕުޅުން ހ، ހާޖަރާގޭ އަބްދުﷲ ލުތުފީގެ މައްޗަށް ދައުވާކުރައްވަނީ ހަތިޔާރު އެޅި ބިދޭސީންގެ އައްޑިހަ ވަރަކަށް މީހުންނާ އެކު 3 ނޮވެމްބަރު 1988 ދުވަހު އަބްދުﷲ ލުތުފީ މާލެ އަށް އަރައި ރާއްޖޭގެ އަމަންއަމާންކަން ނަގާލައި، ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ބަދަލުކުރަން މަސައްކަތްކޮށް ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި އަދި އާންމުންގެ އެތައް ބައެއްގެ ފުރާނަ އަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް ހަތިޔާރުންގެ ބޭނުންކޮށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުން ލިބިދާ ފަދަ ގޮތަކަށް ދައުލަތާ ދެކޮޅަށް އަބްދުﷲ ލުތުފީ ހިންގި ކުށްވެރި އަމަލުތަކުގެ މައްޗަށެވެ."
ލުތުފީ ހައްޔަރުކޮށް ސިފައިންގެ ބެލުމުގެ ދަށުގައި ގެންދަނީ
"އަބްދުﷲ ލުތުފީގެ މައްޗަށް ދިވެހި ދައުލަތުން ދައުވާކުރެއްވި ކުށްތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ އިސްލާމީ ވެރިކަމާއި ސިޔާދަތާއި މިނިވަންކަމަށް އުނިކަން ލިބި ބޭރު ބައެއްގެ އަތްދަށުގައި ދިވެހިރާއްޖެ އަޅުވެތި ވެދާނެ ފަދަ އަމަލެއް ކުރި ކަމުގެ ކުށާއި ގާނޫނާ ހިލާފަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މަގާމުން ވަކިކޮށް ސަރުކާރު ބަދަލުކުރާން އުޅުމުގެ ކުށާއި ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ގެކޮޅު، ތީމުގެ އަށް ހަމަލާދީ އެތާނގެ ސެކިއުރިޓީ އަށް ތިބި މީހުންގެ އަތުން ހަތިޔާރު އަތުލާން އުޅުމުގެ ކުށާއި ކެބިނެޓް މިިނިސްޓަރުން އަތުލައިގަންނާން އުޅުމާއި އެ ބޭފުޅުން އަދާކުރައްވާން ޖެހިވަޑައިގަންނަވާ ވާޖިބުތައް އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް އަމަލުކޮށް، ބައެއް މިނިސްޓަރުން އުޅުއްވާ ގޭގެޔަށް ހަމަލާ ދިނުމުގެ ކުށާއި، އެން.އެސް.އެސްގެ ހެޑްކުއާޓަރަށް ހަމަލާދީ އެ ހެޑްކުއާޓަރުގެ ތަންތަން ހަލާކުކޮށް ސިފައިންގެ ބައެއް މީހުން މެރުމުގެ ކުށާއި އަބްދުﷲ ލުތުފީ ގެނައި މީހުން ދިވެހިންގެ ބައެއް މީސްމީހުން މަރައި އަދި ޒަޚަމްކޮށް ހަތިޔާރުގެ ބިރު ދައްކައިގެން މީސްމީހުން ތަންތަނަށް ޖަމާކޮށް މީހުންނަށް އަނިޔާކޮށް ހެދުމާއި އިސްލާމީ މަރުކަޒާއި އެތާގެ މިސްކިތަށް ވަދެ އެތާގެ ހުރުމަތް ކަނޑައި އެ ތަންތަނަށް ގެއްލުން ދީ ސަރުކާރާއި މީސްމީހުންގެ މިލްކު އިމާރާތާއި ތަކެއްޗަށް ގެއްލުންދީ ހެދުމުގެ ކުށާއި މިބައި މީހުންގެ ހަމަލާގެ ސަބަބުން އާންމު ރައްޔިތުންގެ ސިކުނޑި އަށް ބިރުވެރިކަން ވަދެ ނަފްސާނީ ގޮތުން މީސްމީހުންނަށް ލިބިފައިވާ ގެއްލުމާއި ދިވެހި ސަރުކާރުގެ ބޯޓެއް ހައިޖެކް ކުރުމާއި މުދާ ފޭރުމާއި އަދި ގާނޫނާ ހިލާފަށް ރާއްޖެ އަށް ހަނގުރާމާއިގެ ހަތިޔާރު އެތެރެކުރުމާއި ގާނޫނާ ހިލާފަށް، އައުޓްވާޑް ކްލިއަރެންސް ނުހޯދައި ދިވެހިރާއްޖެ އިން ދިއުމާއި ކަސްޓަމްސްގެ ހުއްދަ ނެތި ބަނދަރުގައިވާ ބޯޓުފަހަރަށް އަރައިހެދުމާއި ގާނޫނާ ހިލާފަށް ދިވެހިންގެ ގޯތި ގެދޮރަށް ވަދެ ދިވެހިންގެ ފުރާދުއްވާ ތަކެއްޗަށް ގަދަކަމުން އަރައި އެ ތަކެތީގެ ބޭނުންކޮށް ހެދުމުގެ ކުށާއި މީހުން މެރުމުގެ ކުށާއި އަދި ބަނގުރާ ބުއިމުގެ ކުށެވެ."
ހަމަލާގައި ބައިވެރިވި ބައެއް މީހުން ހައްޔަރުކޮށް ކަނުބަނދެގެން ގެންދަނީ
ހުކުމުގައިވާ ގޮތުން، ދައުލަތުން ޝަރީއަތުގެ މަޖިލީހަށް ހުށަހެޅި ލުތުފީގެ އިއުތިރާފު ބަޔާނަކީ އޭނާ ދިން ބަޔާނެއް ކަމަށާއި އެ ބަޔާނުގައި ސޮއިކުރި ކަމަށާއި އިނގިލީގެ ނިޝާން ވެސް ޖެހި ކަމަށް ޝަރީއަތުގެ މަޖިލީހުގައި ލުތުފީ ވަނީ އިއުތިރާފުވެ އެއްބަސްވެފަ އެވެ. އަދި ޝަރީއަތުގައި މި ކަންކަމަށް އެއްބަސްވުމާ އެކު ލުތުފީ ވަނީ، ރާއްޖެ އަށް ހަމަލާ ދޭން އިސްނެގީ އޭނާ ނޫން ކަމަށާއި ޕްލޯޓް ޖަމާއަތުގެ ވެރިޔާ އުމާ މަހޭޝްވަރަމް ކަމަށް ބުނެފަ އެވެ.
ޝަރީއަތުގައި ލުތުފީ ބުނި ގޮތުން ނަމަ އުމާ މަހޭޝްވަރަމް އިސްވެ ލުތުފީ އަށް ގުޅުމަށް ފަހު "އޭނާގެ ކިބައިން ސަލާމަތް ނުވެވުނީ" އެވެ. އުމާ މަހޭޝްވަރަމް ރާއްޖެ ހިފަން ރޭވި ރޭވުމުގައި ބައިވެރިވެފައި ވާނެ ކަމަށާއި އޭނާ އަންގާ ގޮތަށް ކަންތައް ކޮށް، ހަތިޔާރު އެޅި އަށްޑިހަ ވަރަކަށް މީހުންނާ އެކު މާލެ އަރައި ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް އޭނާ ވަނީ ޝަރީއަތުގައި އެއްބަސްވެފަ އެވެ. އޭނާ ބުނީ ހަމަލާ ރޭވުމުގެ ގޮތުން، ސިފައިންގެ ކުރީގެ މޭޖައެއް ކަމަށްވާ ކަރޯ އައްބާސް އާއި އެން.އެސް.އެސް. ގެ ލާންސް ކޯޕްރަލް އަކަށް ހުރި އަބްދުﷲ ޝާހިދުއާ ބައްދަލުކޮށް ސަރުކާރާ ދެކޮޅުވެރިވުމުގެ ވާހަކަ ދައްކައި ޝާހިދު ލައްވައި އެން.އެސް.އެސްގެ ހެޑްކުއާޓަރުގެ ޗާޓެއް ކުރެއްސި ކަމަށެވެ. އަދި ސިފައިންގެ އަށް ހަމަލާ ދޭން ބޭނުންވާނެ ހަތިޔާރާ ބެހޭ ގޮތުން ޕްލޯޓް ޖަމާއަތުގެ އިސް މީހުންނާ އެކު މަޝްވަރާކުރި ކަމަށް ވެސް ވަނީ އިއުތިރާފު ވެފަ އެވެ.
ލުތުފީ ކަނުބަނދެފައި: އޭނާ ބުނަނީ ރާއްޖެ އަށް ހަމަލާ ދޭން އިސްވެ ބުނީ ޕްލޯޓް ޖަމާއަތުގެ ލީޑަރު ކަމަށް
ހުކުމުގައިވާ ގޮތުން، މާލެ އަށް ފޭބުމަށް ފަހު ލުތުފީ އުޅުނީ ޕްލޯޓް ޖަމާއަތުގެ "ސެވަލް ކޮޑި" ގްރޫޕާ އެކުގަ އެވެ. މި ގްރޫޕު މީހުންނަށް، އޭރުގެ މިނިސްޓަ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އަދި ސިފައިންގެ ވެރިޔާގެ ނައިބު އިލްޔާސް އިބްރާހިމް ހުންނަވާ މއ. ކިނބިގަސްދޮށުގެ ދެއްކީ ލުތުފީ އެވެ. އަދި ބަޑި ހިފައިގެން ހުރެ، މި ގްރޫޕް މީހުންނާ އެކު އޭރުގެ މިނިސްޓަ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަން އަބްދުﷲ ހަމީދު އުޅުއްވާ ހ. މީނާޒަށް ގޮސް އެ ގެޔަށް ބަޑި ވެސް ޖެހި ކަމަށް ވަނީ އެއްބަސްވެފަ އެވެ.
މީނާޒަށް ދިއުމަށް ފަހު، އިލެކްޓްރިސިޓީ ބޯޑުގެ ޕަވަ ހައުސް އަށް ގޮސް އެތަނުގައި ތިބި މީހުންނަށް މަޖުބޫރުކޮށްގެން އިންޖީނުތައް ނިއްވާލި އެވެ. މުޅި މާލެ އިން ކަރަންޓު ކަނޑާލުމަށް ފަހު މަގުމަތިން އާންމު މީހެއްގެ ކާރެއް އަތުލައިގަނެ، ހަނގުރާމަވެރިންނާ އެކު ލުތުފީ ދިޔައީ ޕޯސްޓަލް ބިލްޑިންގަށެވެ. އެތަނުގެ ދޮރަށް ބަޑި ޖަހައިގެން ނުހުޅުވުމުން، ކުޑަދޮރަކުން ވަދެ އެތަނުގެ އިންޖީނު ނިއްވާލަން ވެސް މަސައްކަތްކޮށްފައިވެ އެވެ.
ހަނގުރާމަވެރިން ގޮވައިގެން މާލޭގެ އެކި ތަންތަނަށް ގޮސް މީހުންނަށް ބިރު ދައްކައި ކުށުގެ އަމަލުތައް ހިންގުމުގައި އުޅުނު އިރު، ބަޑީގެ ބިރު ދައްކައިގެން އާންމުންގެ އެތައް ބަޔަކު ޖުމްހޫރީ މައިދާނަށް އެއްކޮށް ހަނގުރާމަވެރިންގެ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަތަން ފެނުނު ކަމަށް ލުތުފީ ވަނީ ޝަރީއަތުގައި އިއުތިރާފުވެފަ އެވެ. އެކަމަކު އޭނާ ބުނީ އެކަން ހުއްޓުވަން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި އޭނާ ގޮސް އިނީ، މަންޒަރު ފެންނަ ހިސާބުގައި ހުރި ފިހާރައެއްގެ ގާގަނޑު މަތީ އިށީނދެގެން ކަމަށެވެ. ލުތުފީގެ އަނެއް ބައިވެރިޔާ ސަގަރު އަހްމަދު ނާސިރު ފިހާރަތައް ފަޅައި ލޫޓުވައިގެން ގެނައި ދަޅު ބޮއެ ބިސްކޯދު ކާން އެތަނުގައި އިނީ ކަމަށް ލުތުފީ ބުންޏެވެ.
މީހުން ރަހީނުކޮށްގެން، ހަނގުރާމަވެރިން ފިލަން ބޭނުންކުރި އެމްވީ. ޕްރޮގްރެސް ލައިޓް ހުއްޓުވަން އިންޑިއާ ސިފައިން ހަމަލާ ދެނީ
ހަނގުރާމާގައި ބަލިވުމުން ޕްލޯޓް ޖަމާއަތުގެ މީހުންނާ އެކު ފިލައިގެން ދާން ލުތުފީ އެރީ މާލޭ ބަނދަރުގައި އޮތް، ސަރުކާރު ބޯޓެއް ކަމަށްވާ އެމްވީ. ޕްރޮގްރެސް ލައިޓަށެވެ. ބާރުގެ ބޭނުންކޮށްގެން އެ ބޯޓަށް އެރުމަށް ފަހު ބޯޓުގެ ކެޕްޓަނާއި އޮފިސަރުންނާއި ފަޅުވެރިން އަމަލުކުރަން ޖެހޭނީ ލުތުފީ އަންގާ ގޮތަކަށް ކަމަށް އޭނާ އިންޒާރު ދިނެވެ. ލުތުފީ މިކަމަށް ވެސް އިއުތިރާފުވި އެވެ.
ބޯޓު ހައިޖެކް ކުރުމަށް ފަހު ރަހީނުންގެ ގޮތުގައި ބޯޓަށް އަރުވަން ޖެހޭ މީހުންގެ ލިސްޓެއް ތައްޔާރުކުރީ ލުތުފީ އެވެ. ލުތުފީ އެއްބަސްވި ގޮތުގައި، އެ ލިސްޓު، ބާބޫ ކިޔާ ހަނގުރާމަވެރިޔަކު މެދުވެރިކޮށް ސަގަރު ނާސިރަށް ރައްދުކޮށް އާންމުންގެ އެތައް ބަޔަކާއި ވަޒީރަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކިޑްނެޕްކުރި އެވެ.
ލުތުފީ ވަނީ، ސިފައިންނާއި އާންމުންގެ ތެރެއިން އެތައް ބަޔަކު ޝަހީދުވީ ޕްލޯޓް ޖަމާއަތުގެ މީހުންނާ އޭނާ ބައިވެރިވެގެން ހިންގި އަމަލުތަކުގެ ސަބަބުން ކަމަށް އެއްބަސްވެފަ އެވެ. އެހެންކަމުން އެ ކުށްތައް ސާބިތުވާ ކަމަށް ހުކުމްކުރި އެވެ.
އޭރުގެ އުއްތަމަ ފަނޑިޔާރު މޫސާ ފަތުހީ އާއި ފަނޑިޔާރު އިބްރާހިމް ނަސީރު އަދި ފަނޑިޔާރު އަބްދުﷲ އާދަމް، މި ކުށްތަކުގެ އުގޫބާތެއްގެ ގޮތުން ލުތުފީގެ މައްޗަށް އޭރުގެ ގާނޫނުލްއުގޫބާތުގެ 37 ވަނަ މާއްދާގެ ދަށުން އިއްވެވީ މަރުގެ ހުކުމެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފަހުން ވަނީ މި ހުކުމް، އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ލުއިކޮށްދެއްވައިފަ އެވެ.
ނޮވެމްބަރު 3އާ ބެހޭ ފިލްމުގެ ވާހަކަ އަލުން ދައްކައިފި
ފިލި މައްސަލައިގައި ލުތުފީއަށް 7 މަހުގެ ޖަލު ހުކުމެއް
ފިލުމުގެ ދައުވާއަށް ލުތުފީ އެއްބަސްވެއްޖެ
ލުތުފީގެ ޝަރީއަތް: ވަކީލަކު ހަމަޖައްސަން 10 ދުވަސް
ލުތުފީ ފިލި މައްސަލައިގެ އަޑުއެހުމެއް މާދަމާ
ލުތުފީއަށް ކުރީ ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ދައުވާ
މިއީ އެ ދުވަސް: ނޮވެމްބަރު 3 އަބަދުވެސް އެގޮތުގައި
ނޮވެމްބަރު ތިނަކާ ގުޅިގެން އުމަރުގެ ތައުރީފް މައުމޫނަށް
ލުތުފީއާ މެދު އަމަލުކުރާ ގޮތެއް ސާފުވާން ޖެހޭ: އަދުރޭ
އުމަރުގެ ޖަލްސާ ބާއްވަން ކާނިވާ ސަރަހައްދު ދީފި