Roadha Mihaaru
ލުތުފީއަށް ކުރީ ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ދައުވާ

ލުތުފީ އަށް ކުރީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާ

02 މާޗް 2020

ނޮވެމްބަރު، 3 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި އަބްދުﷲ ލުތުފީ ފިލައިގެން ރާއްޖެ އިން ބޭރުގައި އުޅުނު މައްސަލާގައި އޭނާގެ މައްޗަށް ކުރީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ގާނޫނުލް އުގޫބާތުގެ 537 ވަނަ މާއްދާގެ ދަށުން މި ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހެޅީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ބޭސްފަރުވާ އަށް 2010 ވަނަ އަހަރު ރާއްޖޭން ބޭރަށް ފޮނުވުމުން ފިލި މައްސަލައިގަ އެވެ.

މި ކުށުގެ އަދަބަކަށް ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ. އެންމެ ކުޑަކޮށް ދެވޭނީ 4 މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ.

ލުތުފީ ފިލައިގެން އުޅުނީ ސްރީ ލަންކާގަ އެވެ. އެކަމަކު ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް މިދިޔަ އަހަރު ލުތުފީ ގޮސް ހިމާޔަތް ހޯދުމުން އޭނާ ރާއްޖެ ގެނެސް، ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ.

ލަންކާގެ ޕްލޯޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުކޮށްލައި، ހިނގި އެ ހާދިސާގައި ލުތުފީ އާއި އިތުރު ބަޔަކު މަރަން ހުކުމްކުރި އެވެ. އެކަމަކު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފަހުން ވަނީ ހުރިހާ އެންމެންގެ މަރުގެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށް ދެއްވައިފަ އެވެ.