Roadha Mihaaru
މުސާރަ ބޮޑުކޮށް، އިނާޔަތް ދޭން ޕްރިންސިޕަލުން އެދެފި

މުސާރަ ބޮޑުކޮށް އިނާޔަތްތައް ހަމަޖައްސައިދޭން ޕްރިންސިޕަލުން އެދެފި

04 ޖުލައި 2019

ޕްރިންސިޕަލުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެނެސް އިތުރު އިނާޔަތްތައް ހަމަޖައްސައިދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމަށް މިއަދު ހުށަހަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕްރިންސިޕަލުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެނެސް އިތުރު އިނާޔަތްތައް ހަމަޖައްސައިދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމަށް މިއަދު ހުށަހަޅައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނާއި މާލެ ސަރަހައްދުގެ ޕްރިންސިޕަލުންނާއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި، ޕްރިންސިޕަލުން ވަނީ އެ ބޭފުޅުންގެ ކަންބޮޑުވުންތަކާއި ސްކޫލުގެ މަސައްކަތްތައް ހަރުދަނާކުރުމާ ބެހޭ ގޮތުން ކުރަންޖެހޭ ކަންކަން ހިއްސާކުރައްވައިފަ އެވެ.

ރައީސް އޮފީހުން ބުނީ ޕްރިންސިޕަލުންގެ މުސާރަ އާއި އިނާޔަތްތައް މުރާޖައާކޮށް އެކަށީގެންވާ ބަދަލެއް ގެނެސްދޭން އެދިފައިވާ ކަމަށާއި އޭގެ އިތުރުން އެ ބޭފުޅުންނަށް ހާއްސަ ބޯހިޔާވަހިކަމުގެ ސްކީމްތަކާއި އިންޝުއަރެންސް ޕެކޭޖުތައް ތައާރަފްކުރުމަށް ވެސް އެދިވަޑައިގެންނެވި ކަމަށެވެ.

ނައިބު ރައީސް ފައިސަލް ނަސީމާއެކު ބޭއްވި ބައްދަލުވުމުގައި ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ (ވ) އަދި ސީއެޗްއެސްއީގެ ޕްރިންސިޕަލް ސޮފޫރާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް ނަސީމާއެކު ބޭއްވި ބައްދަލުވުމުގައި ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ (ވ) އަދި ސީއެޗްއެސްއީގެ ޕްރިންސިޕަލް ސޮފޫރާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން ބުނި ގޮތުގައި ނައިބު ރައީސް ވަނީ ޕްރިންސިޕަލުން އެދިވަޑައިގެންނެވި ކަންތައްތައް ވަރަށް ގާތުން ބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އަވަސް ހައްލުތަކެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވި ކަމަށް ބުންޏެވެ.

ޕްރިންސިޕަލުންގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރެއްވުމަށް އެދިވަޑައިގެން އެކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވެސް ނައިބު ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް އެމީހުންގެ ބޭނުންތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ޕްރިންސިޕަލުންގެ އަރިހުން އެދިވަޑައިގަތެވެ.

ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު 2015 ވަނަ އަހަރު ބަދަލުކުރިއިރު ޓީޗަރުންގެ މުސާރަ ވަނީ ބޮޑުވެފަ އެވެ. އެހެންވެ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރަ ބޮޑުކޮށްދޭނެ ކަމަށް ކުރީގެ ސަރުކާރުން ވެސް ބުންޏެވެ. ނަމަވެސް ދައުރު ނިމުނުއިރު ވެސް އެކަމެއް ނުކުރެ އެވެ.