Roadha Mihaaru
އެގްރިމަންޓްތައް ބާތިލްކުރަން ޔާމީނަށް ވެރިކަމެއް ނުދޭނެ

އެގްރިމެންޓްތައް "އެފުށްމިފުށަށް" ޖެހުމަކީ ޔާމީނަށް ރައްޔިތުން ވެރިކަން ނުދޭނެ ސަބަބެއް: ނަޝީދު

05 ޖުލައި 2019

ވެރިކަމުގެ ބާރުލިބޭ ދުވަހަކުން، މި ސަރުކާރުން ހަދާފައިވާ އެގްރިމެންޓްތައް އެފުށް މިފުށަށް ޖަހާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދު ދެއްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ވެރިކަމުގެ ބާރުލިބޭ ދުވަހަކުން، މި ސަރުކާރުން ހަދާފައިވާ އެގްރިމެންޓްތައް އެފުށް މިފުށަށް ޖަހާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދު ދެއްވައިފި އެވެ.

ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ޒިންމާދާރުކަމެއް ނެތި އެގްރީމެންޓްތައް އެފުށް މިފުށަށް ޖެހުމުން ދައުލަތަށް ލިބުނު މާލީ ގެއްލުންތައް އެތައް ބިލިއަނަކަށް އަރާ ކަމަށެވެ. އެހެންވެ ދެން އެ ފުރުސަތު ރައްޔިތުން ނުދޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ރައްޔިތުންނަށް ލިބޭ ގެއްލުމަށް ބަލައިލުމެއް ނެތި އަނެއްކާވެސް އެގްރީމެންޓްތައް އެފުށް މިފުށަށް ޖަހަން ވިދާޅުވުމީ ރައީސް ޔާމީނަށް ރައްޔިތުން ވެރިކަން ނުދޭނެ އެއް ސަބަބު،" ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

ޔާމީނަށް ފާޑު ވިދާޅުވެ ނަޝީދު ކުރެއްވި ޓްވީޓް--

ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް މާލޭ އެއާޕޯޓް ދީފައިވާ އެގްރީމެންޓް ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ބާތިލް ކުރި އެވެ. އޭގެ ބަދަލުގެ ގޮތުގައި ޔާމީންގެ ސަރުކާރުގައި ވަނީ ޖީއެމްއާރަށް 271 މިލިއަން ޑޮލަރު ދައްކައިފަ އެވެ. އަދި އެމްޑީޕީ ސަރުކާރުގައި އެކި ކުންފުނިތަކުގައި ވެފައިވާ އެއްބަސްވުންތައް އުވާލުމާއި އެއްބަސްވުންތަކަށް އަމަލު ނުކުރި މައްސަލަތަކުގައި މިހާރު ވެސް ދައުލަތުން ވަނީ އެތައް މިލިއަން ރުފިޔާއެއް ދައްކަން ޖެހިފަ އެވެ.

ވެރިކަން ގެއްލުނު ފަހުން ސަރުކާރާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީން ބޭއްވި ފުރަތަމަ ޖަލްސާގައި ޔާމީން ރޭ ވިދާޅުވީ މީގެ ކުރިން ވެސް އެންމެ ބޮޑަށް ވަކާލާތުކުރެއްވީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ހަރުމުދާ ދިނުމާ ދެކޮޅަށް ކަމަށެވެ.

Baaru libey dhuvahakun agreement thah efuh mifushah jahaanan: Yamin

Baaru libey dhuvahakun agreement thah efuh mifushah jahaanan: Yamin

The most trusted news source in the Maldives

Mihaaru

ބާރު ލިބިއްޖެ ނަމަ އެގްރީމެންޓްތައް ބަދަލު ކުރާނެ ކަމަށް ޔާމީން ވިދާޅުވުން--

ޔާމީން ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް ވަކިވަކި އެގްރީމެންޓްތަކުގެ ތަފްސީލެއް ނުދެއްވަ އެވެ.

ޔާމީންގެ ވެރިކަމުގައި ގުޅުން ގޯސްވި އިންޑިއާއާ މިސަރުކާރުން އަންނަނީ ގުޅުން ބަދަހި ކުރަމުންނެވެ. އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކާއި ވިޔަފާރި އާއި އިގްތިސާދާއި ތަރައްގީގެ ކަންކަމާ ގުޅުން ހުރި އެއްބަސްވުންތައް ވެސް އިންޑިއާއާ އެކު ވަނީ ގާއިމުކޮށްފަ އެވެ.