06 ޖުލައި 2019
ޗައިނާއަކީ އިގްތިސާދީ ގޮތުން ވަރަށް ވަރުގަދަ ގައުމަކަށް ވިޔަސް، އެ ގައުމުގެ އަސްކަރިއްޔާއެއް ރާއްޖޭގައި ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އިއްޔެ ވިދާޅުވެއްޖެ އެވެ.
ޗައިނާއަކީ އިގްތިސާދީ ގޮތުން ވަރަށް ވަރުގަދަ ގައުމަކަށް ވިޔަސް، އެ ގައުމުގެ އަސްކަރިއްޔާއެއް ރާއްޖޭގައި ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އިއްޔެ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އަސްކަރިއްޔާގެ ޗީފް ޝަމާލް މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި، އެ ގައުމުގެ ސްޓްރެޓިޖިކް ނިއުސް ޗެނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޗައިނާ އަކީ ދުނިޔޭގެ އެކިއެކި ގައުމުތަކުގެ އެހީތެރިވަމުން އަންނަ ގައުމެއް ކަމަށެވެ. އެގޮތުން، އިންޑިއާ އާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ގުޅުން ގާއިމުކޮށްފައި އޮންނަ ކަމަށް ޝަމާލް ވިދާޅުވި އެވެ.
ރާއްޖެ އާއި ސްރީ ލަންކާ އިން ޗައިނާއާ އެކު ވިޔަފާރީގެ ގުޅުން ގާއިމުކޮށްފައި އޮތް ކަން ފާހަގަ ކުރައްވައި ޝަމާލް ވިދާޅުވީ ޗައިނާގެ އިގްތިސާދު ވަރަށް ބޮޑަށް ފުޅާވެފައި އޮތް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އާއި ޗައިނާއާ ދެމެދުގައި ވަރަށް ގާތް ގުޅުމެއް އޮތެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ނަތީޖާއެއްގެ ގޮތުން ޗައިނާ އިން ވަނީ ރާއްޖޭގައި ބިޔަ މަޝްރޫއުތަކެއް ހިންގައިފަ އެވެ. އެގޮތުން މާލެ އާއި ހުޅުލެ ގުޅުވައިލުމަށް ހެދި ސިނަމާލެ ބްރިޖާއި ލ. އަތޮޅުގެ ހުރިހާ ރަށްތަކެއް ގުޅުވައިލަން ހެދި ލިންކް ރޯޑް ހެއްކަކަށް ފުދެ އެވެ.
ޝަމާލް ވިދާޅުވި ގޮތުގައި ރާއްޖެ އޮތީ ބޭރުގެ އެކިއެކި ގައުމުތަކަށް ބަރޯސާވެފަ އެވެ. އެކިއެކި ގައުމުތަކަށް ބަރޯސާވުމަކީ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، ގައުމަށް ދިމާވެދާނެ ނުރައްކާތެރި ކަމަކުން ސަލާމަތް ވުމުގައި އެކި ގައުމުތަކުގެ އެހީ ހޯދުން މުހިންމު ކަމަށް ވިދާޅުވި އެވެ.
"No Chinese Military Presence In Maldives, But There Is Interdependence In Development, Security" https://t.co/MdaKZeqgbL via @StratNewsInt
— Chief of Defence Force MG.Abdulla Shamaal (@CDFofMNDF) July 5, 2019
ޗީފް ޝަމާލް އެސްއެންއައި އަށް އިންޓަވިއު ދެއްވަނީ.
"ރާއްޖެ އިން އެކި ކަންކަމުގައި (ގައުމުތަކާ) ގުޅިގެން މަސައްކަތް ކުރަން އެބަ ޖެހޭ. އަޅުގަނޑުމެން ވަކިވެ ގަނެގެން ތިބުމަކީ ކުރާނެ ކަމެއް ނޫން،" ޗައިނާގެ އަސްކަރީ ބޭސްއެއް ހަދަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ނޫސްވެރިޔާ ކުރި ސުވާލުގެ ޖަވާބުގައި ޝަމާލް ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު އެމްއެންޑީއެފްގެ ހެޑްކުއާޓާޒްގައި އެތަނުގައި ލީޑަޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ޝަމާލް ވިދާޅުވީ ރާއްޖޭގެ އެއްވެސް ތަނެއް ބޭރު ގައުމެއްގެ އަސްކަރީ މަރުކަޒަކަށް ދޫކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
އުތުރު ތިލަފަޅު އިންޑިއާގެ ސިފައިންގެ އަސްކަރީ މަރުކަޒެއް ހަދަން ދޭން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވާތީ އެ ތުހުމަތުތައް ދޮގު ކުރައްވައި ޝަމާލް ވިދާޅުވީ، އެ ތަނުން ބައެއްގައި ކޯސްޓް ގާޑުގެ އުޅަނދުތައް އަޅާފައި ބޭއްވުމަށާއި މެއިންޓަނަންސް މަސައްކަތް ކުރެވޭ ގޮތަށް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
Delivered a lecture at @IDSAIndia on small state security implications and challenges. Had interesting and fruitful discussions on IOR, Indo-Pacific, national security & defense issues. pic.twitter.com/NEhxadE8jC
— Chief of Defence Force MG.Abdulla Shamaal (@CDFofMNDF) July 5, 2019
ޗީފް ޝަމާލް އިންޑިއާގައި އިއްޔެ ލެކްޗާއެއް ދެއްވަނީ.
އިންޑިއާގެ ޗެއާމަން އޮފް ދަ ޗީފް އޮފް ސްޓާފް ކޮމެޓީގެ ދައުވަތަކަށް ޝަމާލް، އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެސްއެންއައި އަށް ދެއްވި އިންޓަވިއުގައި ޝަމާލް ވިދާޅުވި ގޮތުގައި ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށްވުމަކީ ވެސް ބޭރު ގައުމުގެ އެހީ ހޯދަން ޖެހޭ ކަމެކެވެ.
ސްރީ ލަންކާގައި މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލަތަކާ ގުޅިގެން ރާއްޖޭގެ ރިސޯޓުތައް ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޝަމާލް ވިދާޅުވި އެވެ. އަދި އެކަމުގައި ފުލުހުންގެ ބޮޑު ދައުރެއް އަދާ ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުލުހުން އިސް ނަގައިގެން އެހެން މުއައްސަސާތަކާ ގުޅިގެން ރިސޯޓުތަކުގައި ސަލާމަތީ ކަންކަން ހުރިތޯ ބެލުމުގެ މަސައްކަތް ކުރަމުން އެބަދޭ،" ޝަމާލް ވިދާޅުވި އެވެ.
Also today called on the Hon. Defence Minister of India Shri Rajnath Singh and the National Security Adviser Shri Ajit Doval and discussed about further strengthening the defence and security cooperation between two countries. pic.twitter.com/ShtmUqWxw0
— Chief of Defence Force MG.Abdulla Shamaal (@CDFofMNDF) July 4, 2019
ޗީފް ޝަމާލް، އިންޑިއާގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވަނީ.
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެ ޓީވީގައި ވިދާޅުވީ ރާއްޖޭން ޗައިނާއާ އެކު އަސްކަރީ ގުޅުން ދެމެހެއްޓެން އޮތީ ރާއްޖޭގައި ޗައިނާގެ އަސްކަރީ މަރުކަޒެއް ހެދުމުގެ ފުރުސަތު ދީގެން ކަމަށާއި އެފަދަ ހުއްދައެއް ގައުމަކަށް ދިނުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށެވެ.
ބޭރުގެ އަސްކަރީ ބަނދަރަކަށް ޖާގައެއް ނުދޭނަން: ޝާހިދު
އިންޑިއާ-ޗައިނާގެ ވާދަވެރިކަމުގެ ގޮންޖެހުން ރާއްޖެ އަށް
މިއީ އަސްކަރީ ތަނަކަށް ވާން ބޭނުމެއް ނޫން: ޔާމީން
ޗައިނާއާ އެކު ބޭނުންވަނީ މަޝްވަރާ
ސިފައިންގެ ޗީފް ޝަމާލް އިންޑިއާގައި
އިންޑިއާގެ އަސްކަރިއްޔާގެ ވަފުދެއް ވެސް ރާއްޖޭގައި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
"ގައުމުތަކުން އެހީވަނީ ރިފޯމް އެޖެންޑާ ހަރުދަނާ ވީމާ"
އިންޑިއާ/ޗައިނާގެ މުދަލަށް ރުފިޔާ ދެއްކޭ ގޮތް ހަދަނީ
ޗައިނާއާ އެކު އެއްބަސްވީ އަސްކަރީ އާލަތްތައް ހޯދަން